Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަރަބިއްޔާ ސްކޫލުގެ މައްސަލަ

އަރަބިއްޔާ ބެލެނިވެރިންގެ ކަންބޮޑުވުން: މިނިސްޓްރީގެ ނިންމުން ބަދަލެއް ނުކުރޭ

19 ޑިސެމްބަރު 2021 | އާދީއްތަ 06:40

އަރަބިއްޔާ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ވަނީ ނިންމާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 ޑިސެމްބަރު 2021 | އާދީއްތަ 06:40
އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަނީ

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަނީ

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަަލުކުރަން ނިންމި ނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. މި ނިންމުން ނިންމުމާއެކު ހުކުރު ދުވަހުގެ ހަވީރު އަރަބިއްޔާ ސްކޫލުގެ ކައިރީގައި ގިނަ އަދަދެއްގެ ބެލެނިވެރިން އެއްވެ، ވަނީ ނުރުހުންފާޅު ކޮށްފައެވެ. އަދި އެކި ފަރާތްތަކުން ގެންދަނީ ސޯޝަލް މީޑިއާގައި ވެސް މި ނިންމުމާ ދެކޮޅަށް އެކި ވާހަކަތައް ދައްކަމުންނެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން ރާއްޖެ އެމްވީއަށް މައުލޫމާތުދެމުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ނިންމުމަށް އެއްވެސް ބަދަލެއް ގެންނަން މިހާތަނަށް ނިންމާފައިނުވާކަމަށެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީއާ ވާހަކަ ދެއްކި ބެލެނިވެރިއަކު ބުނީ ހުކުރު ދުވަހުގެ ހަވީރު އެ ސުކޫލުގައި ބެލެނިވެރިން ބައްދަލުވުމެއް ބޭއްވި ކަމަށާއި، ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސުކޫލަށް ބަދަލުކުރަން ގިނަ ބެލެނިވެރިން ބޭނުން ނުވާ ކަމަށެވެ. އަދި އެކަން އެޑިޔުކޭޝަން މިނިސްޓްރީއަށް ވެސް އަންގާފައިވާ ކަމަށާއި، އެނިންމުމަކީ ބެލެނިވެރިންނާ މަޝްވަރާ ކުރުމެއްނެތި ނިންމާފައިވާ ނިންމުމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އަރަބިއްޔާ ސްކޫލަށް ސަރުކާރުތަކުން ދަނީ އިހުމާލުވަމުންކަން ފާހަގަކޮށް ބެލެނިވެރިން ބުނީ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކޮށްފި ކަމުގައިވާނަމަ އުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ އެކި އެކި ބޭބޭފުޅުން ވެސް ގެންދަނީ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ވާހަކަދައްކަމުންނެވެ. އެގޮތުން އަރަބިއްޔާ ސްކޫލަކީ ޚާއްސަ ސްކޫލެއް ކަމަށާއި، ތަފާތު ދެ މީޑިއަމަކަށް ކިޔަވައިދޭ ދެ ސްކޫލު އެއް އިމާރާތެއްގެ ތެރޭގައި އެއްކޮށްލުމަށްވުރެ އެއް މީޑިއަމެއްގެ ދެ ސްކޫލު އެއްތަނަކަށްލުން މާ ބުއްދިވެރިކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ.

އަރަބިއްޔާ ސްކޫލް ހުންނަ އިމާރާތަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަރަބިއްޔާ ސްކޫލްގެ އިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލައި ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެ ސްކޫލްގެ އިމާރާތުގެ ހާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރިކަމެއްނޫން ކަމަށާއި، ޢިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދެންދެން ވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަންޖެހޭ ކަމަށާއި، 700ށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސްކޫލެއް ހިންގުމަށް އިމާރާތްކޮށްފައި ހުރިތަނެއްގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ވަސީލަތްތައް ވެސް ހުންނަންޖެހޭ ކަމަށެވެ.

މިކަންތައްތަކަށް ރިއާޔަތްކޮށް ތިން ކަމެއް ކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން އަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ. އަދި މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސްކޫލްތަކުގެ ތެރެއިން، އެއް ސުކޫލް އަރަބިއްޔާއަށް ޚާއްސަ ކުރުމަށް ވެސް ނިންމާފައިވެއެވެ. މީގެ އިތުރުން މިހާރު އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތުގެ ސްޓްރަކްޗަރަލް އެސެސްމެންޓް ނިމުމުން، އެ އެސެސްމެންޓުގެ ރިކޮމެންޑޭޝަނާ އެއްގޮތަށް މައްސަލަތައް ހައްލުކުރާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. އެ އިމާރާތަކީ އަބަދުވެސް އަރަބިއްޔާ ސްކޫލަށް ޚާއްސަކޮށްފައިހުންނާނެ އިމާރާތެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އަރަބިއްޔާ ސްކޫލްމިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް
10 ސެޕްޓެމްބަރު 2025

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

10 ސެޕްޓެމްބަރު 2025
ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި
10 ޖުލައި 2025

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ
30 ޖޫން 2025

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި
30 ޖޫން 2025

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
04 ޑިސެމްބަރު 2024

އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި

04 ޑިސެމްބަރު 2024
އެޑިއުކޭޝަން މިނިސްޓްރީ އަށް ނޭގި މައުލޫމާތު ނުދޭން ސްކޫލުތަކަށް އަންގައިފި
24 ނޮވެމްބަރު 2024

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން
24 ނޮވެމްބަރު 2024

މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު

24 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގައި ހިންގުމަށް ނިންމާފައިވާ އެއްވެސް މަޝްރޫއެއް ހިންގާފައިނުވޭ: ނައުޝާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް