Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ބިލިއާޑް މުބާރާތް

ގައުމީ ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން އީގަލްސްއަށް

17 ޑިސެމްބަރު 2021 | ހުކުރު 18:33

މުބާރާތުގެ ޓީމު އިވެންޓުގައި ފަސް ޓީމެއް ވަނީ ވާދަކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ޑިސެމްބަރު 2021 | ހުކުރު 18:33
ޗެމްޕިއަން ޓީމު އީގަލްސްއަށް ރައީސް އިނާމު ހަވާލުކޮށްދެއްވަނީ

ޗެމްޕިއަން ޓީމު އީގަލްސްއަށް ރައީސް އިނާމު ހަވާލުކޮށްދެއްވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓްގެ ޗެމްޕިއަންކަން ހޯދައި ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި ކުލަބު އީގަލްސް އުފުލާލައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކުރި މި މުބާރާތަކީ ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު ބިލިއާޑް މުބާރާތެވެ. "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2021" ގެ ނަމުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ ހަ އިވެންޓެއް ކުރިއަށްދެއެވެ. އެއީ ޓީމު އިވެންޓާއި، ފިރިހެން ފުރަތަމަ ޑިވިޝަނާއި، ފިރިހެން ދެވަނަ ޑިވިޝަނާއި، އަންހެން ޑިވިޝަނާއި، ޑަބަލްސް އިވެންޓުގެ އިތުރުން މިކްސް ޑަަބަލްސްއެވެ.

މި މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ޓީމު އިވެންޓުގައި ފަސް ޓީމެއް ވަނީ ވާދަކޮށްފައެވެ. އެއީ އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، ބީޖީ ސްޕޯޓްސް އާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ދިވެހި ސިފައިންގެ ކުލަބެވެ.

ބުރާސްފަތި ދުވަހުގެރޭ ކުރިއަށްދިޔަ މި އިވެންޓުގެ ފޯރިގަދަ ފައިނަލް މެޗުގައި ކަސްޓަމްސް އަތުން އީގަލްސް މޮޅުވީ ސީދާ ތިން ގޭމުންނެވެ. އެގޮތުން ފައިނަލުގެ ޑަބަލްސް ކެޓެގެރީގެ ގޭމް އީގަލްސްއިން ކާމިޔާބުކުރީ 7-4 ފްރޭމުންނެވެ. އަދި އަނެއް ސިންގަލްސް ދެ ގޭމުގެ ތެރެއިން އެއް ގޭމް 7-4 ފްރޭމުން ކާމިޔާބުކުރިއިރު، އަނެއް ގޭމް އީގަލްސްއިން ކާމިޔާބުކުރީ 7-3 ފްރޭމުންނެވެ.

މި މަހުގެ އެއްވަނަ ދުވަހު ފެށި މި މުބާރާތޔގެ ނިމުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހުގެރޭ ގައުމީ ބިލިއާޑް ސެންޓަރުގައި ބޭއްވިއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އީގަލްސް އާއެކު އެކި ކެޓެގެރީތަކުން ޗެމްޕިއަންކަން ހޯދި ކުޅުންތެރިންނަށް ރައީސް ވަނީ އިނާމު ހަވާލުކޮށްދެއްވާފައެވެ.

މި މުބާރާތުގެ ފިރިހެން އެއްވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދިއިރު، އަންހެން ސިންގަލްސް ޗެމްޕިއަނަކީ ދީނާ އަޙްމަދެވެ. އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ދީނާ އާއި އަލީ ފަޔާޒުގެ ޕެއާއިން ހޯދިއިރު، ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ ހުސައިން ފަޔާޒާއި އަލީ ޝާވިންގެ ޕެއާއެވެ. މީގެ އިތުރުން މި މުބާރާތުގެ ދެވަނަ ޑިވިޝަންގެ ސިންގަލްސް ޗެމްޕިއަންކަން ހޯދީ އައްބާސް ސައީދެވެ.

ރާއްޖޭގައި ބޭއްވި އެންމެ އަގުބޮޑު ބިލިއާޑް މުބާރާތުގެ ގޮތުގައި މި މުބާރާތް ފާހަގަކޮށްލެވޭއިރު، ޖުމްލަ ހަ ކެޓަގެރީއަކުން އެތުލީޓުން ވާދަކުރި މި ބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު 150،000 (އެއް ލައްކަ ފަންސާސް ހާސް) އަށްވުރެ މައްޗަށް އަރައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް