Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕާކިންގ ސްލޮޓު

ޕާކިންގ ސްލޮޓުގެ ގުރުނެގުމުގައި މައްސަލަ އުޅޭތީ އަލުން ގުރުނަގަނީ

އިދާރީ މައްސަލަތައް ގިނަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2021 | ހުކުރު 07:24
މާލެ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ ގުރުއަތުލުން

މާލެ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ ގުރުއަތުލުން

މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުފަހަރު ޕާކުކުރުމަށް ހާއްސަކޮށް ހުޅުވާލި 211 ޖާގައަށް ކުރިމަތިލީ މީހުންގެ މެދުގައި ނެގި ގުރުއަތުލުމުގައި މައްސަލަ އުޅޭތީ އަލުން ގުރުއަތުލުން ނަގަން މާލެސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ސަންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގުރުނެގުމުގައި ޤަބޫލުކުރެވޭ މައްސަލަތައް ހުރިކަމަށެވެ. އެގޮތުން އިދާރީ މައްސަލަތައް ގިނަކަމަށާއި، އޭސީސީން ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް ހުރިކަމަށް ބުނެފައެއް ނެތް ކަމަށާއި، އަލުން ގުރުއަތުލުން ބޭއްވުމަށް ބުނެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކުރިން ބަރާބަރަށް ފައިސާ ދައްކަމުން އައި ބައެއް ޕާކިން ސްލޮޓުތަކުގެ ވެރިންނަށް، އޮޓޮމެޓިކުން ޖާގަ ލިބޭ ގޮތަށް އޮތް ނަމަވެސް އެ މީހުންގެ ނަންބަރުތައް ވެސް ގުރުއަތުގައި ހިމެނުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމައެހެންމެ ފުރަތަމަ ދޫކުރި ސްލިޕްތަކުގައި ސްލިޕް ނަންބަރު ޖެހިފައި ނުވާ ކަމަށާއި އެހެންނަމަވެސް ސިޓީ ކައުންސިލުން ފޯމު ބަލައިގަތުމަށްފަހު އެކައުންޓު ފޮތުގައި ސްލިޕް ނަންބަރު ނޯޓުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަލުން ގުރުއަތުލުން ނަގަން މާލެސިޓީ ކައުންސިލުން ނިންމާފައިވީނަމަވެސް ގުރުއަތުލުން އަލުން ބާއްވާނެ ތާރީޚެއް އަދި ބުނެފައެއް ނުވެއެވެ.

މާލެ ސިޓީ ކައުންސިލުން އިއުލާނު ކޮށްފައިވާ ޕާކިންގ ސްލޮޓްތަކުގެ ގުރުއަތުލުން ބާއްވާފައިވާއިރު, މި ގުރުލުން ކުރިއަށް ދިޔަ ގޮތާމެދު ވަރަށް ގިނަ ބަޔެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އަދި ޕާކިންގ ސްލޮޓްތަކުގެ ގުރުނެގުން ކުރިއަށް ގެންދިޔަ އުސޫލާމެދު ވެސް ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. އޭރު މި މައްސަލަ ވަނީ އޭސީސީއަށް ވެސް ހުށަހަޅާފައެވެ.

211 ސްލޮޓަށް 969 މީހަކު ކުރިމަތިލާފައިވާއިރު މި ސްލޮޓްތަކަށް ކުރިމަތިލި ކޮންމެ ފަރާތަކަށް ވެސް ސްލިޕެއް ހަވާލުކުރި ކަމަށް މާލެސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ގުރުއަތު ނެގުމަށް ބޭނުންކޮށްފައިވަނީ މި ސްލިޕް ނަންބަރުތައް ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ބައެއް މީހުންނަށް ސްލިޕް ދޫކުރިއިރު ފޯމް ނަންބަރު ކައުންސިލުގެ ފަރާތުން ޖަހާފައި ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އަދި މިފަދަ ގިނަ ސްލިޕްތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ, ނަންބަރުތައް ނެތް ސްލިޕް ހުރެދާނެ ކަމަށެވެ.

މި ސްލޮޓްތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލާއި އެ ސްލޮޓް ލިބޭ ފަރާތަކާމެދު ހެދޭ އެއްބަސްވުމެއްގެ ދަށުން، އެ ސްލޮޓަކީ އެ ވެހިކަލްގެ ގަރާޖުގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅުމަށް 25،000ރ. ކުލީގެ ގޮތުގައި ނަގާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ސްލޮޓަކީ އެ އުޅަނދެއް ދެމިއޮތްހާ ހިނދަކު އޮންނާނެ ސްލޮޓެއް ކަމަށެވެ. އެއީ މުސްތަގުބަލުގައި ހަދާ ޕާކިންގ ސްލޮޓަކުން ކަމަށް ވިޔަސް އެމީހަކަށް އެ ސްލޮޓް ކަށަވަރުވެފައި އޮންނާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު