Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުރުން ބޭރުގައި ބާއްވާ ޖަލްސާ

އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ހިމަނައި ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާ ބުރާސްފަތި ދުވަހު

ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޑިސެމްބަރު 2021 | ބުދަ 09:00
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ވަކިކުރުމުގެ މައްސަލަ ހިމަނައި ދައުރުން ބޭރުގައި ބާއްވާ ޖަލްސާ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މިއީ ދައުރުން ބޭރުން ބާއްވާ 5 ވަނަ ހާއްސަ ޖަލްސާ ކަމަށެވެ. މި ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ 2 މަސައްކަތެކެވެ. އެއީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ 4 މެންބަރުން މަޤާމުން ވަކިކުރުމުގެ މައްސަލަ، މަޖިލީހުގެ ގަވާއިދުގެ 210 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މަޖިލީހުގައި އިޢުލާންކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވާފައިވާ މައްސަލަ އާއި، ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

Advertisement - newsAdvertisement

ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. އޭސީސީގެ މެންބަރުން ވަކިކުރަން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެޖެންޑާކޮށްފައި ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ތައްޔާރުކޮށްފައިވާ, އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޕަރފޯމެންސް އޮޑިޓް ހުށަހެޅުމެވެ. މި ބައްދަލުވުމުގެ އެއްބައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ކޮމިޓީ ބައްދަލުވުމަށްފަހު މަޖިލީހުގެ މެންބަރުންނަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 11 ވަނަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ޕާރފޯމަންސް އޮޑިޓަކަށްފަހު އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމިއެވެ. މިގޮތަށް ނިންމީ އެ ކޮމިޝަނުން މައްސަލަތައް ބެލުމުގައި ލަސްކަމާއި، ތަކުރާރުކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް ފަހު، ހޯދި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ. މިގޮތަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދުއެވެ.

މެންބަރު ހަސަން ހުށަހެޅުއްވީ، މި ވެރިކަމުގައި އޭސީސީގެ މެމްބަރުން އައްޔަންކުރި ފަހުން މިހާތަނަށް ބެލިފައި ހުރި މައްސަލަތަކުގެ ތަފްސީލް ހޯދުމަށާއި، ކޮމިޓީއަށް ހާޒިރުކޮށްގެން މައުލޫމާތު ހޯދުމަށެވެ. އަދި މިހާތަނަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައި ހުރި މައްސަލަތަކާއި ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ކުރި މަސައްކަތަކީ ކޮބައިތޯ އޮޅުން ފިލުއްވުމަށެވެ.

މި ހުށަހެޅުއްވުމަށް ތާއީދު ކުރައްވައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ހުށަހެޅުއްވީ ޕަރފޯމަންސް އޮޑިޓަކަށް ފަހު، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރައްވާ މެމްބަރުން ވަކިކުރެއްވުމަށެވެ. އަދި ކޮމިޓީއަށް އޭސީސީ އެކި ފަހަރުމަތިން ހާޒިރުކުރުމުން ވެސް މައްސަލަތައް ނިންމަން އެކި މުއްދަތުތަކެއް ދީފައިވާ ކަމަށެވެ. އެކަމަކު ދައުލަތަށް ގެއްލުނު ފައިސާގެ ބޮޑު އެއްވެސް މައްސަލައެއް މިހާތަނަށް ނިންމިފައިވޭތޯ އޭނާ ސުވާލު އުފެއްދެވިއެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ބޮޑެތި މައްސަލަ ވެސް ޕީޖީއަށް ފޮނުވާނެ ކަމަށް ބުނެ ކޮމިޓީއަށް ޑެޑްލައިންތަކެއް ދީފައިވީނަމަވެސް އެކަން ނުވާކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ދައުރުން ބޭރުގެ ހާއްސަ ޖަލްސާއެއް ބާވަން ތާވަލުކޮށްފައިވަނީ އޭސީސީގެ މެމްބަރުން ވަކިކުރުމަށާއި ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން އެދެން ނިންމާ އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުގައި ބޭއްވުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ ރ ގައި ބުނެފައިވަނީ، ދައުރުން ބޭރުގައި ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް، ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، އެހުށަހެޅުމެއް ހުށަހަޅާތާ 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ނުވަތަ ޖަލްސާތައް ބޭއްވޭނެ ގޮތް ހަމަޖައްސައި، އެޖަލްސާއެއް ނުވަތަ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެއެވެ. 14 ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

29 މެއި
ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ކަމަދޫ އީދު އުފާ 1446 ގެ ރަސްމީ ލަވަ ރިލީސްކޮށްފި

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް
20242 އަހަރު ކުރިން
މީހުން

ހާފިޒް: ޓައީ ޑިޒައިން ކުރެއްވުމުގެ މާހިރެއް، ވެލެންސިއާ އާއި ބާސްކެޓްގެ ލެޖެންޑެއް

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!
20233 އަހަރު ކުރިން
ރިޕޯޓު

ޗުއްޓީއަށް ވެސް ދަރައި ވިކިގެން!

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް
20224 އަހަރު ކުރިން
މީހުން

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ
20215 އަހަރު ކުރިން
ރާއްޖެ

ލައްކައެއްހާ ރުފިޔާއަށް އެދުމުންވެސް ރައީސް ޔާމީން ނުދެއްވި - ޑރ ޝައިނީ

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!
20197 އަހަރު ކުރިން
ރިޕޯޓު

ރައުދާގެ މަރުގެ ފައިނަލް ރިޕޯރޓް: އަހަރެން މަރާލީ ކަލޭ!

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު ކުނިއުކުމުގެ މަސައްކަތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު