Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއާރުސީއެމަށް 18 އަހަރު ފުރުން

ދެ ޑޯޒް ފުރިހަމަކުރީ 79،313 ބިދޭސީން

ވެކްސިން ދިނުމުގައިވެސް، އަދި ކޮވިޑް ޖެހިގެން ފަރުވާ ދިނުމުގައިވެސް، އެއްވެސް ދިވެއްސަކާ ބިދޭސީއަކާ ތަފާތެއް ނުކުރާނެކަމަށް ރައީސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޑިސެމްބަރު 2021 | އާދީއްތަ 19:42
ވެކްސިން ޖެހުމަށް އިސްލާމީ މަރުކަޒުގެ ބޭރުގައި ހަދާފައިވާ ކިއު

ވެކްސިން ޖެހުމަށް އިސްލާމީ މަރުކަޒުގެ ބޭރުގައި ހަދާފައިވާ ކިއު

ކޮވިޑް-19ން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ޖަހަމުން އަންނައިރު މިހާތަނަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން 79،313 ބިދޭސީން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާއި، ހިއުމަން ރައިޓްސް ކޮމިޝަންގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމުގައި، ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރެވޭނެ ގޮތަށް ފިޔަވަޅުތައް އެޅުން ކަމަށެވެ. ވެކްސިން ދިނުމުގައިވެސް، އަދި ކޮވިޑް ޖެހިގެން ފަރުވާ ދިނުމުގައިވެސް، އެއްވެސް ދިވެއްސަކާ ބިދޭސީއަކާ ތަފާތެއް ނުކުރާނެ ކަަމަށާއި ކުރިމަގުގައިވެސް އެކަން ކުރިއަށްދާނީ އެގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ އިންސާނީ ޙައްޤުތަކުގެ ދުވަހަށް، އ.ދ. މަޖިލީހުން ކަނޑައަޅާފައި އޮތީ ވަރަށް މުހިންމު ޝިޢާރެއް ކަމަށެވެ. އޯލް ހިޔުމަން، އޯލް އީކުއަލް މިޝިއާރަކީ މުޅި ދުނިޔެ މިއަދު  އޮތް ޙާލަތާވެސް ވަރަށް ގުޅޭ ޝިޢާރެއް ކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި، މި ހޭދަވި ދެ އަހަރެއްހާ ދުވަހުގެ ތަޖުރިބާއިން މުޅި ދުނިޔެއަށްވެސް މިހާރު ޤަބޫލު ކުރެވެނީ، މި ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި، އެންމެންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަންކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރަކީ، މި ފަހުގެ ތާރީޚުގައި ރާއްޖެ ނުދެކޭފަދަ އިޤްތިޞާދީ ދަތިތަކާ ކުރިމަތިލާންޖެހުނު ދެ އަހަރުކަމަށެވެ. ނަމަވެސް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުތައް މެދުކެނޑުމެއްނެތި ކުރިޔަށް ގެންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިޙައްޤުތަކަކީ މީގެ ކުރިން ހަމައެކަނި ޤާނޫނުއަސާސީގެ ދެލިގަނޑުގައި ހުރި ޙައްޤުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. ލިޔުމުގައި އޮންނަ، ކިޔުމުގައި ނޯންނަ ޙައްޤުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. މިއަދު ސަރުކާރުގެ އަމާޒަކީ، މި ޙައްޤުތަކަކީ ރައްޔިތުންނަށް ފުރިހަމައަށް ލިބޭ ޙައްޤުތަކެއް ކަމުގައި ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2017

އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

18 ޖުލައި 2017
އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
16 ޖުލައި 2017

ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ޖޫރިމަނާކުރުން ފަސްކޮށްފި

16 ޖުލައި 2017
ބިދޭސީންގެ މުސާރަ އެކައުންޓަށް ޖަމާނުކުރުމުން ޖޫރިމަނާކުރުން ފަސްކޮށްފި
02 ޖުލައި 2017

އިސްމާއިލްގެ މަރު: 6 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި

02 ޖުލައި 2017
އިސްމާއިލްގެ މަރު: 6 ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި
26 ޖޫން 2017

ގަދަކަމުން ބަދްއަޚްލާގީ އަމަލު ހިންގި މައްސަލައަކާ ދެ ބިދޭސީން ހައްޔަރުކޮށްފި

26 ޖޫން 2017
ގަދަކަމުން ބަދްއަޚްލާގީ އަމަލު ހިންގި މައްސަލައަކާ ދެ ބިދޭސީން ހައްޔަރުކޮށްފި
22 ޖޫން 2017

މަހެއްހާ ދުވަހުގެ ތެރޭގައި އޯވަރ ޑޯޒް ވެގެން ތިން މީހުން މަރުވެއްޖެ

22 ޖޫން 2017
މަހެއްހާ ދުވަހުގެ ތެރޭގައި އޯވަރ ޑޯޒް ވެގެން ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު