Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނާއިބު ރައީސް

ކުޑަކަމެއް ކުރިޔޭ ކިޔާފައި އަޅުގަނޑުމެން ސްޓޭޖަށް އަރައި އެކަމަށް ހަޖޫއެއް ނުޖަހާނަން: ނާއިބުރައީސް

މި ސަރުކާރުން މަސައްކަތް ކުރަނީ ރަނގަޅު ޕްލޭނަކާއެކު، ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ބަލައިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2021 | އާދީއްތަ 17:42
ނާއިބު ރައީސް

ނާއިބު ރައީސް

ކޮންމެ ބަޔަކު ކުރިއަސް، ކުޑަކަމެކޭ ކިޔައި، ސްޓޭޖަށް އަރައި އެކަމަށް މި ސަރުކާރުން ހަޖޫ ނުޖަހާނެ ކަމަށް ނާއިބުރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ރޭ އޮތް، ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނާއިބުރައީސް ވިދާޅުވީ، ކޮންމެ ބަޔަކު ކުރިނަމަވެސް ރަނގަޅު ކަމެއް ވިޔަސް ގޯސް ކަމެއް ވިޔަސް މި ސަރުކާރުން އެކަން ބަލައިގަންނާނެ ކަމަށެވެ.

Advertisement - newsAdvertisement

މި ސަރުކާރުން މަސައްކަތް ކުރަނީ ރަނގަޅު ޕްލޭނަކާއެކު ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ބަލައިގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ ކުރާ ކަންތައްތައް ނޭނގި ކުރާ ބަޔެއް ނޫން ކަމަށާއި، އެނގިގެން މަސައްކަތްތައް ކުރިއަށް ގެންދާ ސަރުކާރެއް ކަމަށް ވެސް ނާއިބުރައީސް ވިދާޅުވިއެވެ.

ގައުމަށް ކޮންމެވެސް އިރަކުން ހަމަޖެހުން އަންނަން ޖެހޭ ކަމަށާއި، ތަނެއްގެ ފުރާޅު ނަގުމާއި ޓިނު ނެގުމަކީ ނާތަހުޒީބު މީހުން ހިންގާނެ އަމަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރަކީ ރައްޔިތުންގެ ފައިސާގައި އަތްލައި، އެ ފައިސާ ނުހައްގުން ބޭނުން ކުރާނެ ސަރުކާރެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއަކީ ފުވައްމުލަކަށް ނުހަނު ބޭނުންވެފައިވާ މަޝްރޫއެއްކަން ފާހަގަ ކުރައްވައި، ފުވައްމުލަކު ރައްޔިތުންނަށް އެންމެ ބޭނުންވެގެން ދިޔަ މަސައްކަތަކީ ބަނދަރުގެ މަސައްކަތް ކަމަށާއި ބަނދަރު ލިބުމާއެކު ރަށް ވަރަށް ބޮޑަށް ތަރައްގީވެގެން ދިޔަކަމަށް ނާއިބުރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ އަތޮޅުތެރޭގެ ރަށްތަކަށް ތަރައްގީ ގެނެސްދެއްވައި، އެކަމަށް އިންގިލާބީ ބަދަލެއް ގެނެސްދެއްވަމުންދާ ބޭފުޅެއް ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. މި ސަރުކާރުން، އުތުރުން ފެށިގެން ދެކުނަށް މަޝްރޫއުތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ކޮވިޑުގެ ހާލަތުގައި ވެސް އެތައް މަޝްރޫއެއް ސަރުކާރުން ކުރިއަށް ގެންދިޔަ ކަމަށެވެ.

ކޮވިޑުގެ ހާލަތުގައި ވެސް ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ރައީސް ސާލިހް ކުރެއްވި މަސްކަތްޕުޅު ގާތުން ފެނިވަޑައިގަތް ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ ރައީސެއް ކަމަށް ފައިސަލް ވިދާޅުވިއެވެ. ކުދި ރަށްތައް ވެސް ދަންނަ ވެރިޔެއް ހޯދަން ޖެހޭ ކަމަށާއި، ލާމަޒުކަޒީ ނިޒާމު ދަންނަ ވެރިޔެއް ހޯދަން ޖެހޭ ކަމަސް ވިދާޅުވެ، އަދި އެ ރައީސްއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ކަމަށް ވިދާޅުވިއެވެ.

މުޅި ފުވައްމުލަކު ސިޓީއަށް ބަލައިލިނަމަވެސް ތަރައްގީގެ ގިނަ މަޝްރޫއުތައް ސަރުކާރުން ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ގިނަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށެވެ. މި ސަރުކާރު އެންމެ އިސްކަންދޭ ކަމަކީ މީހުން ބިނާކުރުން ކަމަށާއި، މި ސަރުކާރުން ކުރާ ކަންތައްތަކުގެ ވާހަކަ ދައްކާ ހުސްނުވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅުގަނޑުމެން ވަކި މީހަކަށް ތާއީދު ނުކުރާތީ ތަފާތު ކުރެވިގެން ނުވާނެ: އަލީ ޒާހިރު

އަޅުގަނޑުމެން ވަކި މީހަކަށް ތާއީދު ނުކުރާތީ ތަފާތު ކުރެވިގެން ނުވާނެ: އަލީ ޒާހިރު

11 އޯގަސްޓު 2017
އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

18 ޖުލައި 2017
އަޅުގަނޑުމެން މި ތިބީ މި މަސައްކަތުގައި ފުރާނަ ދުއްވާލަން ތައްޔާރަށް: ގަފޫރު

އަޅުގަނޑުމެން މި ތިބީ މި މަސައްކަތުގައި ފުރާނަ ދުއްވާލަން ތައްޔާރަށް: ގަފޫރު

13 ޖުލައި 2017
ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރުކުރާނަން: ޖާބިރު

ހުރިހާ ފަނޑިޔާރުންގެ އާއިލާތަކުގެ ރައްކާތެރިކަން އަޅުގަނޑުމެން ކަށަވަރުކުރާނަން: ޖާބިރު

13 ޖުލައި 2017
އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް

އަޅުގަނޑުމެންގެ މެމްބަރުންގެ ގޮނޑިތައް ގެއްލުނަސް މައްސަލައެއް ނެތް: އަބްދުއްރަހީމް

11 ޖުލައި 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު