Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

މި މަޝްރޫއަކީ 300 މިލިއަން ރުފިޔާގެ މަޝްރޫއެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 ޑިސެމްބަރު 2021 | އާދީއްތަ 16:44
ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޏ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްލޭނިންގ މިނިސްޓްރީގެ ޕަރމަނަންޓް ސެކެޓްރީ ޒީނިޔާ އަހްމަދު ހަމީދެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރ އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޕަރ ވިންތަ ލާސަންއެވެ.

Advertisement - newsAdvertisement

މި މަޝްރޫއު އިފްތިތާހު ކޮށްދެއްވީ ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި ނެދަލޭންޑްސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓާންޔާ ގޮންގްރިޖްއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕްލޭނިންގ މިނިސްޓަރ ވިދާޅުވީ، މި މަޝްރޫއުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވެން ފެށީ 2009 ވަނަ އަހަރު ކަމަށެވެ. 2012 ވަނަ އަހަރު އެ ކުންފުންޏަށް ޕްރޮޕޯޒަލެއް ފޮނުވި ކަމަށް ވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ވާހަކަ ދެކެވޭތާ 10 އަހަރުވެފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، މި ޒާތުގެ ކަންކަން ކުރުމުގެ ކުރިން ޔޫރަޕްގެ ގައުމުތަކުން ވަރަށް ބޮޑަށް ބަލާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ނަފާ ލިބުމާއި، ތިމާވެށީގެ ގޮތުން ވެސް ބަލަންޖެހޭ ކަންތައްތައް ހުންނާނެ ކަމަށާއި، އެ ގައުމެއްގެ ސިޔާސީ މަޝްރަހު އޮންނަ ގޮތް ވެސް ޔޫރަޕްގެ ގައުމުތަކުން ބަލާ ކަމަށެވެ.

ޔޫރަޕްގެ ގައުމުތަކުން ރާއްޖެއަށް އެހީ ދިނުމުގައި އެ ގައުމެއްގައި ސިޔާސީ މަޝްރަހު ރަނގަޅު ނޫން ކަމަށްވާނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުތަކުން ފަހަތު ފަޔަށް ބުރަވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން މި މަޝްރޫއު ވެސް ލަސްވެގެން ދިޔަކަމަށް އަސްލަމް ވިދާޅުވިއެވެ.

މި މަސައްކަތް ފަށަނީ ބާރު ސްޕީޑުގައި ކުރިއަށްދާނެކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ބަނދަރުގައި 2.6 ކިލޯމީޓަރުގެ ތޮށި މި މަޝްރޫއުގެ ދަށުން ލެވިގެންދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ފަށާނެ ބިޔަ މަޝްރޫއެއް ކަމަށާއި 234 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

738 މިލިއަން ރުފިޔާގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ. ރާއްޖެއަކީ މިހާރު ފަގީރު ގައުމުތަކުގެ ލިސްޓުން ކެނޑި، ތަރައްގީވަމުން އަންނަ ގައުމުގެ ލިސްޓަށް އަރާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތަރައްގީވެފައިވާ ލިސްޓަށް ރާއްޖޭގެ ނަން އަރަންދެން މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.    

މި މަޝްރޫއަކީ 300 މިލިއަން ރުފިޔާގެ މަޝްރޫއަކަށްވާއިރު، މި މަޝްރޫއަށް ފަންޑު ކުރަނީ ދިވެހި ސަރުކާރާއި ނެދަރލެންޑްސްގެ އިންވެޓްސް އިންޓަރނޭޝަނަލްއާ ކުވައިތު ފަންޑް ފޯރ އެރެބް އިކޮނޮމިކް ޑިވެލޮޕްމަންޓުންނެވެ.

މި މަޝްރޫއުގެ މަސައްކަތް 606 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ ހަވާލުކޮށްފައެވެ.

2003 ވަނަ އަހަރުން ފެށިގެން، ރަށްގިރުމުގެ މައްސަލަ އިތުރުވިމަށް އެ ރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ފުވައްމުލަކު ކުޅީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

11 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

ސާކް ސަމިޓާ ގުޅިގެން ފުވައްމުލަކުގައި ސެކިއުރިޓީ ބަލަހައްޓަން ބަޔަކާ ހަވާލުކުރުމުގައި ކޮރަޕްޝަނެއްނެތް: އޭސީސީ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު