Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމައިންބަފައިން

އެތަނަށް ވެއްދުމަށްފަހު ދެން ނެރެން ޖެހެނީ އެމީހާގެ ސަންދޯއް

9 ޑިސެމްބަރު 2021 | ބުރާސްފަތި 12:06

އަޅާލުމާއި އޯގާތެރިކަން އެންމެ ބޭނުންވާ ދުވަހު އެމީހުން ބާކީކޮށް، ނިކަމެތިކޮށް، އެއްލާލާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޑިސެމްބަރު 2021 | ބުރާސްފަތި 12:06
މަރުވި ދެމަފިރިއެއްގެ ދެ މަހާނަ

މަރުވި ދެމަފިރިއެއްގެ ދެ މަހާނަ

ގިނަ ފަހަރަށް މި ކުޑަ މުޖުތަމައަށް ބަލާލިޔަސް އެކަކު އަނެކަކާމެދު އިހުމާލުވާތަން އެބަ ފެނިގެންދެއެވެ. ގިނަ ގުޅުންތަކަށް ބަލައިލިޔަސް ވާ އިހުމާލެއްގެ ބޮޑުކަމުން އެ ގުޅުމުގައި ކޮންމެވެސް އެކަކަށް ހިތާމަޔާ ކުރިމަތިލާން ޖެހެއެވެ. ދުނިޔޭގެ ބާކީ ދުވަސްތައް ވޭނުގައި ތަހައްމަލު ކުރަން ޖެހެއެވެ.

މުސްކުޅި މައިންބަފައިންނަކީ އެއްވެސް ބަޔެކޭ ހީނުކުރެވޭ ފަހަރުވެސް އާދައެވެ. އެމީހުންނަށް ދަރިންގެ އަޅާލުމާއި އޯގާތެރިކަން އެންމެ ބޭނުންވާ ދުވަހު އެމީހުން ބާކީކޮށް، ނިކަމެތިކޮށް، އެއްލާލައެވެ. މިއަދު އެމީހުން އުމުރުން ދުވަސްވެ، ގައިގެ ބާރު ދެރަވެ، އެނދުމަތިވި ނަމަވެސް އެމީހުންވެސް އެހިސާބަށް ގޮސް އެތިބީ ޒުވާން އުމުރަކަށް ފަހުގައެވެ.

ހަގީގަތަށް ބުނާނަމަ އިސް ރަށްވެހިންނަކީ ކޮންމެ ގައުމެއްގެވެސް އަގުބޮޑު ރައުސްމާލެކެވެ. މާޒީއަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑޭ ބުނާ ބީދައިން އެމީހުންގެ ތަޖުރިބާއަކީ މިއަދުގެ ޖީލުތައް ބިނާ ކުރުމަށް ނުހަނު އަގުބޮޑު އެއްޗެއްވެސް މެއެވެ.

އެހެންނަމަވެސް މި ރައުސްމާލާ ދޭތެރޭ ފަރުވާ ކުޑަކުރެވޭތަން އެބައާދެއެވެ. އަޅާނުލެވޭ ތަން އެބައާދެއެވެ. ކުޑައިރު އިނގިލީގައި ހިފައިގެން އެމީހުން އަހަރުމެންނަށް މަގު ދައްކައެވެ. މަގުން ކައްސާލައިފިނަމަ ހެޔޮ މަގަށް އަނބުރާ ރުޖޫއަވަންދެން، އަލިމަގު ދައްކާ އެމަގަށް ދިޔުމަށް ހިތްވަރުދެއެވެ. އެކަމަކު މިއަދު އެމީހުން އަހަރުމެންގެ އިނގިލީގައި ހިފަން ބޭނުންވުމުން، އެ އިނގިލި ދިއްކޮށް ނުލެވޭތާ އެމީހުން ދުނިޔޭގެ ދިރި ތިބިތޯވެސް ބަލާނުލެވެއެވެ. އެމީހުން މަރުވުމަށްފަހު ވަޅުލުމުން ތިންމުށް ވެލި ލާންވެސް ނުދެވޭ މީހުން އެބައުޅެއެވެ. އެކަމަކު ތަރިކަ މުދަލުން ބައި ހޯދަން ވުމުން ކޯޓުގެ ދޮރުމައްޗަށް އެބަ ދެއެވެ. މިއީ ލަދުގަންނަން ޖެހޭ ކަމެކެވެ.

އެމީހުންނާމެދު ވެވޭ އިހުމާލު ބޮޑެވެ. އިސް ރަށްވެހިން ބާކީ ކޮށްލެވޭތަން އެބަ އާދެއެވެ. އެމީހުންގެ އުމުރު މައްޗަށް ދިޔުމުން އުމުރުގެ ދެން ބާކީ އޮތް ބައިގައި ވެސް އެމީހުން ބެލުމަކީ ބޮޑު ވޭނަކަށް ވެގެންދެއެވެ. ގިނަފަހަރަށް ސަރުކާރުން އެމީހުންނަށް ދޭ ފައިސާގެ ދަހިވެތި ކަމުގައި އެމީހުންނަށް ގޭގެ ކުޑަކޮޓަރިން ޖާގަ ދޭ ތަން ވެސް އެބަ ފެނެއެވެ. މިގޮތަށް އެމީހުންނަށް ލިބޭ ފައިސާގައި އެމީހުން ގެންގުޅޭއިރު ވެސް އެމީހުންނާއި ހިނިތުންވުމަށް ފަހު ހިތްހެޔޮކަމާއެކު ބަހެއް ނުބުނެވޭތާ، ބުނެލާ ރަހުމްކުޑަ ބަސްތަކުން އެމީހުންގެ އަޖަލު އަވަހަށް ޖެހިގެންދާނެ ނަމައޭ ހިތަށް އަރާ މީހުން ވެސް މަދެއް ނޫނެވެ. ދެ ފަހަރު އެއްކަމަކު އެމީހުން ބުނެފިނަމަ ކުނި މޫނު ދައްކައިގެން، އެއްތައް ހާސަރުތަކެއް ދެމުމަށްފަހު ނޫނީ އެބުނާ ކުޑަ ކަންތައް ވެސް ކޮށްދެވެނީ މަދު ފަހަރަކުއެވެ.

އެމީހުން ބަލަން ބޮޑު ވޭނަކަށް ވެގެން ސަރުކާރަށް ނަގާ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އިހުމާލުވެގެން ނަގާ މީހުންނާއި އާއިލާއިން ނުބަލައިގެން އެތަނަށް ނަގާ މީހުންގެ އަދަދު ގިނައެވެ. ގިނަ ފަހަރަށް އެތަނަށް އެމީހާ ލުމަށްފަހު، އެމީހާގެ ހާލު ބަލާކަށް ގުޅާ ވެސް ނަހަދައެވެ. އެމީހާ އެދިގެން އާއިލާއަށް ގުޅަން މަސައްކަތް ކުރިޔަސް ގިނަ ފަހަރަށް ގުޅޭތަނެއް ނާދެއެވެ. ގިނަފަހަރަށް މަރުކަޒަށް ލުމަށްފަހު އާއިލާއިން ހަވާލުވާ މީހުންގެ އަދަދު މަދުކަމަށް ވެސް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނާގޮތުން ނަމަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެމީހާ ވެއްދުމަށްފަހު ދެން ނެރެން ޖެހެނީ އެމީހާގެ ސަންދޯކެވެ. މިއީ ނުހަނު ހިތާމަވެރި އަދި ލަދުގަންނަން ޖެހޭ ކަމެކެވެ. މިއަދު މައިންބަފައިންނާއި ދޭތެރޭގައި ވާ އިހުމާލަކުން، މާދަމާ ތިމާގެ ސަންދޯއް އެހާލަތުގައި ނެރެން ނުޖެހޭނެކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ؟

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2021

"ކުނިމީހާ" އޭ ހެއްޔެވެ؟ އިހަށް ތާހިރު ކުރަންޖެހެނީ އަނގައެވެ.

12 ޑިސެމްބަރު 2021
"ކުނިމީހާ" އޭ ހެއްޔެވެ؟ އިހަށް ތާހިރު ކުރަންޖެހެނީ އަނގައެވެ.
01 ޑިސެމްބަރު 2021

އެއިޑްސް ޖެހެނީ ވަކި ބަޔަކަށް ނޫން، އެމީހުން ބާކީ ނުކުރޭ!

01 ޑިސެމްބަރު 2021
އެއިޑްސް ޖެހެނީ ވަކި ބަޔަކަށް ނޫން، އެމީހުން ބާކީ ނުކުރޭ!
10 ފެބުރުއަރީ 2021

މަގޭ ރިޕޯޓް: ބައިކޮޅަށް ގޯލު ޖަހަންޖެހެނީ އިދިކޮޅަށް ގޯލު ނުޖެހޭތީނޫންތޯއެވެ

10 ފެބުރުއަރީ 2021
މަގޭ ރިޕޯޓް: ބައިކޮޅަށް ގޯލު ޖަހަންޖެހެނީ އިދިކޮޅަށް ގޯލު ނުޖެހޭތީނޫންތޯއެވެ
15 ޖެނުއަރީ 2021

އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟

15 ޖެނުއަރީ 2021
އިނގިރޭސިވިލާތް، ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑްގެ އައު ވޭރިއަންޓްތައް: ކަންބޮޑުވާންޖެހެނީ ކިހާ މިންވަރަކަށް؟
12 ސެޕްޓެމްބަރު 2020

ޕާޕާއެވެ! ހަތިޔާރު ހުންނަން ޖެހެނީ ހިބަޅިދޫ ފަޅު ތެރޭގަތޯއެވެ؟

12 ސެޕްޓެމްބަރު 2020
ޕާޕާއެވެ! ހަތިޔާރު ހުންނަން ޖެހެނީ ހިބަޅިދޫ ފަޅު ތެރޭގަތޯއެވެ؟
03 ޑިސެމްބަރު 2018

ނަމުން އެދުމެއްނެތި ޚިދުމަތްކުރަން، މަރުދަން ޖެހެނީ މަޖިލީހު ގޮނޑިތަކަށް

03 ޑިސެމްބަރު 2018
ނަމުން އެދުމެއްނެތި ޚިދުމަތްކުރަން، މަރުދަން ޖެހެނީ މަޖިލީހު ގޮނޑިތަކަށް
30 ނޮވެމްބަރު 2018

ސުވާލުތައް ފުނިނުޖެހެނީސް، މީޑިއާގެ ކުރިމައްޗަށް ވަޑައިގަންނަވާ!

30 ނޮވެމްބަރު 2018
ސުވާލުތައް ފުނިނުޖެހެނީސް، މީޑިއާގެ ކުރިމައްޗަށް ވަޑައިގަންނަވާ!
26 ޖުލައި 2018

ގޮނޑިއާމެދު ފަހު ބަސް ބުނަން ޖެހެނީ ކޯޓުންކަން ނޭނގިގެނެއް ނޫޅޭ، މި އުޅެނީ ގޮތެއް ނުނިންމައިގެން

26 ޖުލައި 2018
ގޮނޑިއާމެދު ފަހު ބަސް ބުނަން ޖެހެނީ ކޯޓުންކަން ނޭނގިގެނެއް ނޫޅޭ، މި އުޅެނީ ގޮތެއް ނުނިންމައިގެން
25 އޮކްޓޯބަރު 2017

ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

25 އޮކްޓޯބަރު 2017
ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!
24 މާރިޗު 2017

ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ

24 މާރިޗު 2017
ފުރަތަމަ ޑިވިޝަން ކްލަބްތަކަށް ފައިސާ ހޯދޭނެ މަގު ބަންދުވެ ހާލުގައި ޖެހެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް