Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންގެ ލޯންޗުގައި ރޯކޮށްލުން

ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލަ: ދަޢުވާ އުފުލީ ޤާނޫނީ އިންޒާރުގައި އޮތް ތުހުމަތަކަށް ނޫންކަމަށް ބުނެ ދިގު ބަހުސެއް

މި މައްސަލައިގައި 2 މީހަކަށް ދައުވާކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ޑިސެމްބަރު 2021 | ބުދަ 06:02
ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލައިގައި ދަޢުވާ އުފުލާފައިވާ ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް

ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލައިގައި ދަޢުވާ އުފުލާފައިވާ ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދަޢުވާތައް އުފުލި ދެ މީހުންގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދަޢުވާ އުފުލާފައި ވަނީ، ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފަށާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށެެވެ. 

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ވާހަކަ ދެއްކުމެވެ. ނަމަވެސް އެ އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ ބައެއް ލިއެކިއުންތައް ނުލިބޭ ކަމުގެ ޝަކުވާ ކުރައްވާފައެވެ. އަދި ދައުލަތުން ވެސް ވަނީ ދިފާއީ ވަކީލު ހުށަހަޅުއްވާފައިވާ މެއިލް ލިބިފައިވާކަން ކަށަވަރު ކުރުމަށް ވަގުތު ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެކަމާ ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ސަފްވަތު ޙަބީބު ވަނީ ދެން އޮންނަ އަޑުއެހުމެއްގައި ދެފަރާތުން ހުށަހެޅުންތަކަށް ވާހަކަ ދެއްކުމުގެ ބައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެ އެ ދުވަހުގެ އަޑުއެހުން ކުރުކޮށްލައްވާފައެވެ.

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކާއި ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެގޮތުން ދައުލަތުގެ ވަކީލު ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، މި މައްސަލައިގައި އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާއާ ގުޅިގެން ދައުލަތުން ހުށައަޅަނީ އެއް ހުށައެޅުމެއް ކަމަށެވެ. އެއީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ ގޮތުގައި ހުށައަޅާފައިވާ ހެކި ދާއިމީ ގޮތެއްގައި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމެވެ. އެގޮތުން އިންޓެލިޖެންސް މަސައްކަތްތަކަކީ ޤައުމީ ސަލާމަތާއި ގުޅޭ މަސައްކަތްތަކަށްވެފައި، ރިޕޯޓުގައިވެސް ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަންކަން ހުރުމާއި، ރިޕޯޓު އާންމުވެއްޖެނަމަ، މައުލޫމާތު ދިން ފަރާތްތަކަށް ނުރައްކަލެއް އޮތުން އެކަށީގެންވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، ރިޕޯޓުގައިވާ މަޢުލޫމާތު ނޭނގި، އެ މަޢުލޫމާތު ދަޢުވާލިބޭ ފަރާތްތަކާއި ދެކޮޅަށް ބޭނުން ކުރުމުގެ ބަދަލުގައި، ވަކި ޝަރުތުތަކާއެކު ކޯޓުގައި ތިބެ އެ މަޢުލޫމާތުތައް ދިރާސާ ކުރުމުގެ ފުރުސަތު ލިބެންވާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. ދިފާއީ ވަކީލުން ދިފާއު ބިނާ ކުރުމަށްޓަކައިވެސް އެ ހެކިތައް އެނގުން މުހިއްމުކަން ފާހަގަ ކުރައްވާފައެވެ.

ގާޒީ ސޮފްވަތު ޙަބީބް ވަނީ ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު ރިޕޯޓު ދޫކޮށްފިނަމަ، އެކަމާ ގުޅިގެން ނުކުންނާނެ ނަތީޖާތަކާމެދު ދައުލަތަށް ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. އެގޮތުން ގާޒީ ވިދާޅުވީ، މުޅި ރިޕޯޓު ސިއްރުކޮށްފިނަމަ، ދިފާއު ވުމުގެ ޙައްޤަށް އުނިކަމެއް އަންނާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ. ދައުލަތުންވެސް ވަނީ ގާޒީ ކަނޑައަޅުއްވާ ޝަރުތުތަކާއެކު، އޮފިސަރުންގެ ނަން އުނިކޮށް ކޯޓުގައި ރިޕޯޓު ދިރާސާ ކުރުމުގެ ފުރުސަތު ދިނުމާމެދު އިއުތިރާޒު ނުކުރާކަމަށް ބުނެފައެވެ. އެއާއެކު ޝަރީއަތުންވެސް ވަނީ ދައުލަތުން އެދުނު ގޮތަށް، އުނިކުރަން ބޭނުންވާ އޮފިސަރުންގެ މައުލޫމާތުތައް ޝަރީއަތަށް ހިއްސާ ކުރުމަށް އެދިފައެވެ.

ދެން ކުރިއަށް ދިޔައީ ދިފާއުން ހުށައެޅުންތައް ހުށައެޅުމުގެ ބައެވެ. އެގޮތުން ޝަރީއަތުގެ ކުރީގެ ހުށައެޅުމެއްގެ ގޮތުން ވަކީލު ވަނީ 3 ހުށައެޅުމެއް ހުށަހަޅާފައެވެ. އެއީ ތުހުމަތު ނުކުރާ ކުށެއްގެ މައްޗަށް ދައުވާކޮށްފައިވާކަމާއި، ޤާނޫނު އަސާސީގެ 51 ވަނަ މާއްދާއާ ޚިލާފަށް ދައުވާ ކޮށްފައިވާކަމާއި، ހެކި ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށައަޅާފައިވާ ނުކުތާތަކެކެވެ.

ދިފާއުގެ ހުށައެޅުންތައް:

ތުހުމަތު ނުކުރާ ކުށެއްގެ މައްޗަށް ދައުވާކޮށްފައިވާކަން:

ތުހުމަތު ނުކުރާ ކުށެއްގެ މައްޗަށް ދައުވާކޮށްފައިވާކަން ބަޔާންކޮށް ހުށައަޅާފައިވާ ހުށައެޅުމުގެ ތަފްސީލު ހިއްސާކުރަމުން ދިފާއުން ބުނީ، ޤާނޫނީ އިންޒާރުގައި ދައުވާއާ ގުޅޭ ތުހުމަތު ކޮށްފައިނުވާކަން ސާފުކޮށް އެނގޭ ކަމަށެވެ. އެގޮތުން ޤާނޫނީ އިންޒާރުގައި ބަޔާންކޮށްފައިވާ ތުހުމަތަކީ ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާ ގުޅޭ ތުހުމަތުކަން ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ދައުވާ އުފުލާފައިވާ މައްސަލައިގެ ތުހުމަތު އެއްވެސް އިރަކު ކޮށްފައިނުވާކަން ދިފާއީ ވަކީލު ފާހަގަ ކުރެއްވިއެވެ. މިހާރު ކުރިއަށްދާ މައްސަލައިގައި ދައުލަތުން އެމީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ތަހުގީގު މަރުޙަލާގައި އެ ދެމީހުންނަށް ޤާނޫނީ އިންޒާރު ދީފައިވާކަން ލިޔެކިއުމުން ފެންނަން އެބައޮތް ކަމަށެވެ. އެގޮތުން ތަހުގީގު ފަށާ މަރުޙަލާގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ފޯނުން ފެންނާނެ ތަކެތި ފުލުހުންނަށް އެނގިފައި ނެތުމަކީ ވެދާނެކަމެއް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި، އެއާ ގުޅޭ ތުހުމަތުތަކެއް ކުރެވޭކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން ފޯނު ބަލައި ފާސްކުރިއިރު، މިހާރު އުފުލާފައިވާ ދައުވާއާ ގުޅޭ ތަކެތި އެމީހުންގެ ފޯނުން ފެނުމާއެކު، އެ ތުހުމަތާއި ގުޅޭ ޤާނޫނީ އިންޒާރު ދެވިފައިވާކަމަށް ވިދާޅުވިއެވެ.

ކުރެވޭ ތުހުމަތުގެ މައްޗަށް ޤާނޫނީ އިންޒާރު ދީފައިނުވާކަން:

ދެވަނަ ހުށައެޅުމާއި ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، ކުށުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކުރާއިރު ދޭންޖެހޭ ޤާނޫނީ އިންޒާރެއް އޮންނަ ކަމަށާއި، ނަމަވެސް ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާފަދަ ލިއުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ތުހުމަތުގެ މައްޗަށް ޤާނޫނީ އިންޒާރު ދީފައިނުވާކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް، ހައްޔަރު ކުރާތާ 12 ގަޑިއިރުގެ ތެރޭގައި ލިއުމުންވެސް ޤާނޫނީ އިންޒާރު ދީފައިނުވާކަން ދިފާއީ ވަކީލު ވިދާޅުވިއެވެ. އޭރު ފުލުހުން ޤާނޫނީ އިންޒާރު ދީފައިވަނީވެސް ލޯންޗު ރޯކޮށްލި މައްސަލައިގައި ކަަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އެހެންނަމަވެސް ދައުލަތުގެ ވަކީލު ވަނީ 12 ގަޑިއިރުގެ ތެރޭގައި ހައްޔަރުކޮށް ލިއެކިއުމުން އަންގާފައިވާކަން އެނގޭ ލިއުމެއް ޝަރީއަތަށް ހިއްސާ ކޮށްފައެވެ. އެ ލިއުމުގައި ދައުވާލިބޭ ފަރާތްތަކުން ވަނީ ސޮއިވެސް ކޮށްފައެވެ.

ހެކި ހޯދީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށައެޅި ނުކުތާ:

ދިފާއުން ހުށައެޅި ތިންވަނަ ހުށައެޅުމާއި ގުޅޭގޮތުން ދިފާއީ ވަކީލު ވިދާޅުވީ، މި މައްސަލައާ ގުޅިގެން އެ ދެމީހުން ދިރިއުޅުނު ގެއިން ހެކި ހޯދުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައިވެސް މި ދައުވާއާއި ގުޅޭ ތުހުމަތެއް ނެތް ކަމަށެވެ. ވީއިރު އެ ސާރޗް ވޮރެންޓް ބޭނުންކޮށްގެން ހޯދާފައިވާ ހެކިތައް ބަލައިނުގަތުމަށް ދިފާއުން ވަނީ އެދިފައެވެ. އެކަމާ ގުޅޭގޮތުން ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، މައްސަލައިގެ ކޯޓު އަމުރު ހޯދައި ތަހުގީގު ފެށިފައިވަނީ އޭރު ލޯންޗު ރޯކޮށްލި މައްސަލައާ ގުޅިގެން ކަމަށެވެ.

އޭރު ކޯޓު އަމުރެއްގެ ދަށުން އެމީހުންގެ ޑިވައިސްތައް ގެންގޮސް ތަހުލީލު ކުރުމުގެ ތެރޭގައި އިތުރު ތުހުމަތުތަކާ ގުޅޭ ހެކިތައް ފެނުމުން އެމީހުންނަށް އެކަމާ ގުޅޭ ޤާނޫނީ އިންޒާރު ދީފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ބަލައި ފާސް ކުރުމުގެ ތެރޭގައި މީހެއްގެ ފޯނުން އޮރިޔާން ކާޑު ފެނިއްޖެނަމަ، ތަހުގީގު ކުރުމުގެ ބާރުގެ ތެރެއިން އެކަމާގުޅޭ ޤާނޫނީ އިންޒާރުދީ އެކަމާ ގުޅޭ ދައުވާ ކުރުމަށް ފޮނުވުމަށް ހުރަހެއް ނޯންނާނެކަން ދައުލަތުގެ ވަކީލު ފާހަަގަ ކުރެއްވިއެވެ. އަދި ކޯޓު އަމުރަކީ އޭގެ ޒާތުގައި ޤާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރުތަކެއް ކަމަށް ވަކީލު ވިދާޅުވިއެވެ.

ޝަރީއަތުން ވަނީ އެ ނުކުތާތަކާމެދު ޝަރީއަތުން ދެކޭގޮތް ހިއްސާކޮށްފައެވެ. އެގޮތުން ގާޒީ ސޮފްވަތު ޙަބީބް ވިދާޅުވީ، ތުހުމަތު ކުރުމަކީ ހައްޔަރު ކުރާއިރު ތުހުމަތު ކުރުން އެކަނިތޯ ނުވަތަ ފަހުން އައު ތުހުމަތެއް ނުކުމެއްޖެނަމަ އޮންނާނެ ޤާނޫނީ ފަރުވާއަކީ ކޮބައިތޯ ވިސްނާލަން ޖެހޭ ކަމަށެވެ. އެކަމަށް ޤާނޫނޫ ތަން ނުދޭނަމަ، ޤާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން މީހެއްގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކުރާއިރު، ފުރަތަމަ ކުރެވޭނެ ތުހުމަތަކީ ގަސްތުގައި މީހަކު މެރުން ނަމަވެސް، ފަހުން އެއްޖިންސުން ގުޅުން ހިންގުން ފަދަ އިތުރު ކަންކަން ތަހުގީގުގެ ތެރެއިން ފާހަގަވެދާނެ ކަމަށެވެ. އެ ޙާލަތްތަކުގައި ޤާނޫނީ ގޮތުން އެކަން ކުރަން އޮންނަގޮތް ބަލަންޖެހޭނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ. ގާޒީ ވަނީ އެކަންކަމާއި ގުޅިގެން ސާފުކުރައްވަން ބޭނުންވާ ކަންކަން އިތުރަށް ސާފު ކުރައްވާފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުށައެޅުންތަކަށް ގޮތެއް ނިންމުމެވެ.

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވަނީ 22 މާރޗު 2020 ދުވަހުއެވެ. ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލީ އެ ދެމީހުންގެ ތެރެއިން ހަމައެކަނި އިނާސްގެ މައްޗަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު