Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަންވެއިލިންގ ވިޝަންސް 2021

"އަންވެއިލިންގ ވިޝަންސް 2021" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

ކުރެހުންތަކުގެ އަގު ހުރީ 2،000 ރުފިޔާއާ 20،000 ރުފިޔާއާ ދެމެދު

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޑިސެމްބަރު 2021 | އާދީއްތަ 14:35
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، "އަންވެއިލިންގ ވިޝަންސް 2021" މައުރަޒުގައި އާރޓިސްޓެއްގެ މަސައްކަތް ބައްލަވާލައްވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، "އަންވެއިލިންގ ވިޝަންސް 2021" މައުރަޒުގައި އާރޓިސްޓެއްގެ މަސައްކަތް ބައްލަވާލައްވަނީ

"އަންވެއިލިންގ ވިޝަންސް 2021" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.

މި މައުރަޒު ކުރިއަށް ދާނީ އާދިއްތަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މައުރަޒަށް ރައީސް ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ 'މޯސްޓް ވައިބްރަންޓް އާޓިސްޓްސް"އަށް ހޮވުނު 5 ކުރެހުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މި ހަފްލާގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވަނީ ނެޝަނަލް އާރޓް ގެލެރީގެ 'ވަރޗުއަލް ގެލެރީ' އިފްތިތާހުކޮށްދެއްވާފައެވެ.

މޯލްޑިވްސް ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން "އަންވެއިލިންގ ވިޝަންސް 2021"އަކީ މި އަހަރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި މިފަހަރު 67 ކުރެހުންތެރިންގެ ކުރެހުންތައް ދައްކުވައިދެއެވެ. މި ފަހަރުގެ މައުރަޒުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ފަންނާނުން އެއްތަނަކުން ބައްދަލުވެ، އެމީހުންގެ ހުނަރު ދައްކާލައި، އެމީހުންގެ ތަސައްވުރުގެ ތަންކޮޅެއް ހާމަކުރުމެވެ.

މި ހަފްލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެހުމެއް ވެދުމަށް އަރުވާފައެވެ.

މިއަހަރުގެ މައުރަޒަށް ވެސް ގިނަ ބައެއް ތަހުރީބު ލިބިގެންދާނެ ކަމަށް އާޓިސްޓު ކޮމިއުނިޓީން ބުނެއެވެ. ކުރެހުންތަކުގެ އަގު ހުރީ 2،000-20،000 ރުފިޔާއާ ދެމެދުގަ އެވެ.

"އަންވެއިލިންގ ވިޝަން" އާރޓް އެގްޒިބިޝަނަކީ މޯލްޑިވްސް އާރޓިސްޓް ކޮމިއުނިޓީން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ކޮންޓެމްޕަރަރީ އާރޓް އެގްޒިބިޝަނެކެވެ. މިއަހަރުގެ މައުރަޒުން ވެސް އަލަށް ނުކުންނަ އާރޓިސްޓުންނަށް އެ މީހުންގެ މަސައްކަތްތައް ދައްކާލައި އިތުރު ފުރުސަތުތައް ލިބިގެންދާނެއެވެ.

އަންވެއިލިންގ ވިޝަންސްރައީސް ސޯލިހު

އިތުރަށް ކިޔާލަން

21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
21 ޖުލައި 2024

އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފި

21 ޖުލައި 2024
އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފި
25 މާރިޗު 2022

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
24 މާރިޗު 2022

ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި

24 މާރިޗު 2022
ރައީސުލްޖުމްހޫރިއްޔާ، 'ޤަޟާއީ އަހަރު 2022' އިފްތިތާޙުކޮށްދެއްވައިފި
24 މާރިޗު 2022

ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ

24 މާރިޗު 2022
ރައީސް އައްޑޫ އާއި ފުވައްމުލަކަށް ވަޑައިގަންނަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު