Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑރ ޖަމީލު

ޖަމީލުގެ ލީކުނުވާ މެސެޖް: "މުޅިން ގޯހެއްނު. މިހެން ވެގެން ނުވާނެ"

ޝަހީމް ވަނީ ޖަމީލަށް ނިސްބަތްކޮށް ރައްދު ދެއްވާފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2021 | އާދީއްތަ 10:28
ޖަމީލް، މަލީހު އަދި އަމީން

ޖަމީލް، މަލީހު އަދި އަމީން

ކުރީގެ ރައީސް ޔާމީން ޖަލުން ސަލާމަތްވުމަކީ ޕީޕީއެމަށް ލިބުނު އުފަލެކެވެ. އެކައުންޓަށް ޖަމާވި ޑޮލަރުތަކުގެ ހަޤީގަތެއް ނޭނގުނަސް ފަރުވާލެއް ނެތެވެ. އެއީ ޕީޕީއެމް މީހުންނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އެކަމާ ގުޅިގެން ޅެންތައްވެސް ކިޔައިފިއެވެ. ފޮޓޯތައްވެސް ނަގައިފިއެވެ. އަޑުން އަޑުނަގާ ރޮއެވެސް ހަދައިފިއެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ. ކަން ހިނގާނެ ގޮތްވެސް މެއެވެ.

އެކަމަކު ވިސްނަ ވިސްނާވެސް މިއުޅެނީ އެމީހުންނަށް ވީ ގޮތެއް ނޭނގިގެންނެވެ. އެޓީމުގެ ހަޤީގީ އިހްސާސްތައް ހުރިގޮތް ފާޅު ނުވެގެންނެވެ. އެވެރިންގެ މެދުގައި ދެކެވުނު ވާހަކަތައް އަދި ހާމަ ނުވެއޮތީތީއެވެ. ދިއުޅި ދިގުކުރާކަށް ހާސަރުތަކެއް ނުދަމާނަމެވެ. ޑރ ޖަމީލާއި މަލީހުމެންގެ ޓީމުގެ ވާހަކައެވެ. އެވެރިންގެ މެދުގައި ދެކެވުނިއްޔާ ދެކެވިފައި އޮތް އަދި ކުރިއްޔާ ކުރި މެސެޖެއް އަދި ލީކު ނުވާތީ އެޙަޤީގަތެވެ.

ހަމަގައިމުވެސް ޔާމީނަށް އެންމެ ހުތުރުކޮށް އެއްޗެހި ގޮވި އެކަކީ ޑރ ޖަމީލެވެ. ޔާމީން އެންމެ ރަނގަޅަށް ސިފަކޮށްދެއްވީވެސް ޖަމީލެވެ. ވަގަށް ގޮވިއެކޭ ފިރުއައުނެކޭ، އޭއްޗެކޭ މީއްޗެކޭ ކިޔާކަށް މަށަކު ނެތީމެވެ. އަދި ޖަމީލް ދެއްކެވި ވާހަކަތައް ކޮންމެހެން ފަށްފަށްކޮށްފައި ނަކަލު ކުރާކަށްވެސް ނޫޅެމެވެ. އަދުގެ ދުނިޔޭގައި ބޭނުން އިރަކު ބޭނުން މީހަކަށް އެހުރީ ބަލާލެވޭށެވެ.

ޖަމީލް އެހެން އެވާހަކަ ނުދައްކާވަރެއް ނޫނެވެ. މިހާތަނަށް ހައްޤުން ކަމަކާނުލައި އެންމެ ހަޑިގޮތަކަށް ނައިބު ރައީސް ކަމުން ދުރުކުރެވުނީ ޖަމީލެވެ. ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ މުށުތެރޭގައި އޮތް ރައްޔިތުންގެ މަޖިލީހުންނެވެ. އެމަޖިލީހުން ޖަމީލަށް ނުގޮވާކަށް އެއްޗެއް ނެތެވެ. ރަތްމަހަކަށް ނުބަވާވަރަށް އެއޮށްބޮޑު މަޖިލީހުގައި ޔާމީންއަށް ވަފާތެރި އިއްޒަތްތެރި މެންބަރުން ގޮވާނެގީ ހަމަ އެންމެ ކަމަކަށެވެ. ޔާމީން ބޭނުން ގޮތަކަށް ކަންކުރައްވާ އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބަށް ނައިބު ރައީސްކަން ދިނުމަށެވެ. ޖަމީލު އެމަޤާމުގައި ހުއްޓައި ދެވެން ނެތިގެންނެވެ. އެކަން ކުރާން ބަހަނާއަކަށް ޖަމީލުގެ ފަސްބައި އާއްމުންގެ ކުރިމަތީގައި ނިއުޅާލައި މުޅި މީހާ " ކޮށާ އަޅާލީ" ދިފާއުގައި ބަހެއް ބުނާނެ ޖާގައެއްވެސް ނުދީއެވެ. އެހާހިސާބުންވެސް ނިންމާނުލައި ޖަލުގެ ތޭރިތަކުގެ ފަހަތަށް ކޮއްޕާލަފާނެތީ ގަންނާ ކުރެއްވި ބިރުން ޔާމީންގެ ވެރިކަން ނިމެންދެން ހުންނެވީ ބޭރު ކަރައަކަށް އަމިއްލައަށް އަރުވާލެވިގެންނެވެ.

އޭރުގެ އިހުސާސްތައް ޖަމީލް ދިޔައީ ކެނޑިނޭޅި ބަންޑުން ކުރަމުންނެވެ. އަނެއްކާވެސް ބުނެލާނަމެވެ. އޭރު ޔާމީނަށް ގޮވިއެއްޗެއް ހަމަ ޖަމީލަށް ދޫކޮށްލާނަމެވެ. މަށަކު ކޮންމެހެން އެވާހަކަ ނަގަނަގައިގެން ދައްކާކަށް ނޫޅެމެވެ.

އެކަމަކު އާ ސަރުކާރުން ބޭނުންވިކަމެއް ނުވީއެއް ކަމެއް ނޫނީ ޔާމީން ޖަލަށްލީމާ ލިބޭނޭ މޮޅެއް ފެނުނީއެއް ކަމެއް ނޭނގެއެވެ. ޔާމީން ހުދު ބޯކިރުކޮޅަކަށްވެ ޕީޕީއެމްހާ ރަނގަޅު ބަޔަކު ނެތި އަނެއްކާވެސް އެޕާޓީގެ ތެރެއަށް މެހިގަތީމާ ސުވާލު ނުއުފެދޭ ހަމައެކަކުވެސް ނެތެވެ. އޭރުވެސް ދޫދޫމަތިން ދެއްކި ވާހަކައެއް އޮތެވެ. ޔާމީން ނެތުނީމާ ޕީޕީއެމްތެރެއިން ހޯދިދާނެ ސިޔާސީ ބާރުވެރިކަމެއް ހޯދަން އައި މީހުންގެ ތެރޭގައި ޖަމީލު ނުހިމެނިއެއް ނުދާނެއެވެ. ނުހުރެވިގެން ޔާމީންގެ ރަނިންގމޭޓް ޝަހީމް ޖަމީލަށް އެވާހަކަ ހަނދާންކޮށްދިންހެން އެންމެން މިއަދަކު އެވާހަކަ ނުދައްކާ އެތިބީ ޕާޓީ ތެރޭގައިވެސް ގުޖަޑެއް ހިނގާފާނެތީކަމަށް ވެދާނެއެވެ. ނޫންނަމަ ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިހުރި މައްސަލަތަކުގައި އަދިވެސް ވަކީލަކަށް ޖަމީލު ގެންގުޅެލަން ކަމަށް ވެދާނެއެވެ.

ކޮންމެއަކަސް ހަޤީގަތަކީ ޖަމީލަށް އެ ކުރިވަރުން ޖަމީލުގެ ހިތް ޔާމީނަށް ސާފުވެދާނެކަމަށް ޤަބޫލުކުރާނެ މީހަކު ނެތްކަމެވެ. ވަޒީރުކަން ގެއްލުނީމާ ޔާމީން ރަނގަޅުވެ ޕީޕީއެމްތެރޭގައި ހުއްޓަސް މަލީހެއްވެސް އެމީހުންގެ ތެރޭގައި އިސްތިސްނާވުމެއް ނެތިއެވެ. އެހެންކަމުން ބައެއް މީހުން ބުނާގޮތުން ޖަމީލުމެން ހީކުރި ގޮތަކަށް ކަންކަމެއް ނުނިމުނެވެ. ހަނިގޮތަކަށްވިއަސް ޔާމީނު ސަލާމަތްވީއެވެ. އެއީ އެދުނު ގޮތެއް ނޫނޯލައެވެ. އެވެރިންގެ މެދުގައި އޮންނާނީ އެ ކަންބޮޑުވުން ފާޅުކުރެވިފައެވެ. އެ މެސެޖްތައް އަދި ލީކު ނުވަނީއެވެ. ބޮޑު ސިއްރު އަދި ފާޅު ނުވަނީއެވެ.

ޑރ. މުޙައްމަދު ޖަމީލް އަޙުމަދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

ފިލިޕީންސްގައި ޑޮކްޓަރުކަން ކިޔަވައި ނިންމި ދިވެހި ދަރިވަރަކު މަރުވެފައި އޮއްވައި ފެނިއްޖެ

26 ސެޕްޓެމްބަރު 2025
ފައިސަލްއަށްފަހު ޣައްސާނާއި ޝިޔާމާއި ސައީދުގެ ސަލާމަތް އޮތީ މުއިއްޒުގެ ބޫޓުގައި ދޫލައިގެން - ޖަމީލް

ފައިސަލްއަށްފަހު ޣައްސާނާއި ޝިޔާމާއި ސައީދުގެ ސަލާމަތް އޮތީ މުއިއްޒުގެ ބޫޓުގައި ދޫލައިގެން - ޖަމީލް

28 ޖެނުއަރީ 2025
ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް

ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް

09 އޮކްޓޯބަރު 2024
ރައީސް ޔާމީނަށް އެންމެ ބޮޑު ހަމަލާ އެއް ދިނީ މުއިއްޒު: ޑރ. ޖަމީލް

ރައީސް ޔާމީނަށް އެންމެ ބޮޑު ހަމަލާ އެއް ދިނީ މުއިއްޒު: ޑރ. ޖަމީލް

05 ޖުލައި 2024
ޖަމީލް ރައީސަށް: ސަރުކާރުން ކަންތައް ކުރީ ދުރާލާ ރާވައިގެން، ތި އުޅުއްވަނީ ބުހުތާނު ދޮގުހަދައިގެން ޑެމޭޖް ކޮންޓްރޯލް ކުރެވޭތޯ

ޖަމީލް ރައީސަށް: ސަރުކާރުން ކަންތައް ކުރީ ދުރާލާ ރާވައިގެން، ތި އުޅުއްވަނީ ބުހުތާނު ދޮގުހަދައިގެން ޑެމޭޖް ކޮންޓްރޯލް ކުރެވޭތޯ

10 އެޕްރީލު 2024

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު