Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯގެ މަސައްކަތްތައް

ވެމްކޯގެ މަސައްކަތްތަކަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ

3 ޑިސެމްބަރު 2021 | ހުކުރު 02:51

އާންމު ރައްޔިތުންގެ އިތުރުން މުއައްސަސާތަކުގެ އެއްބާރުލުންވެސް މުހިންމު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 3 ޑިސެމްބަރު 2021 | ހުކުރު 02:51
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު

ރާއްޖޭގެ ކުނި މެނޭޖުކުރުމުގައި ވެމްކޯއިން ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށް ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާދަމް ވިދާޅުވީ ވެމްކޯއިން ކުރަމުން އަންނަ މަސައްކަތްތަކަށް އާންމު ރައްޔިތުންނާއި ހުރިހާ މުއައްސަސާއެއްގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ބިލަށް ފައިސާ ނުދައްކާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ވެމްކޯއިން ގެންގުޅެމުން އައި އުސޫލު އިތުރަށް ހަރުކަށި ކުރެވިފައިވީ ނަމަވެސް އޭގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީއަށް އައިސްފައިވަނީ ވަރަށް ކުޑަ ބަދަލެއް ކަމަށް އާދަމް ވިދާޅުވިއެވެ. އާދަމް ވިދާޅުވީ ރައްޔިތުންނާ މެދުގައި ހަރުކަށި އުސޫލުތަކެއް ގެންގުޅުމުގެ ބަދަލުގައި ވެމްކޯގެ އަމާޒަކީ ރައްޔިތުންނާ ގުޅިގެން ކުނީގެ މައްސަލައަށް ރަނގަޅު ހައްލެއް ގެނައުން ކަމަށެވެ.

ބިލަށް ފައިސާ ދެއްކުމުގެ އިތުރުންވެސް ރަށުތެރެ ސާފުކޮށް ބެލެހެއްޓުުގައި އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާކަން އާދަމް ފާހަގަކުރެއްވިއެވެ.

އަދި ރައްޔިތުންނަށް ދޭން ނުޖެހޭ ކަހަލަ މެސެޖުތަކެއް ބައެއް މުއައްސަސާތަކުގެ ފަރާތުން ދެމުން އަންނަކަން ފާހަގަކުރައްވައި އާދަމް ވިދާޅުވީ، ރައްޔިތުންނަށް ފައިދާވާ ގޮތަށް ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް އަމަލުކުރުމަށް ހުރިހާ ފަރާތަކުންވެސް ބާރުއެޅުން މުހިންމު ކަމަށެވެ. މީގެ އިތުރުން ވެމްކޯއިން ކުރަން ރާވާފައިވާ ބައެއް ކަންތައްތަކުގައި އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީއާ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ސާފުކުރަން ބޭނުންވާ ބައެއް ކަންތައްތައް ހުރުމުގެ ސަބަބުން އެމަސައްކަތްތައް ކުރުމުގައި ލަސްތަކެއް ދިމާވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

އާދަމް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ވެމްކޯގެ ގާތްގަނޑަކަށް 40 އާއި 50 އާއ ދެމެދުގެ އަދަދަކަށް މުއައްޒަފުން ކެނޑިފައިވާ ކަމަށެވެ. މީގެ ސަބަބުން ވެމްކޯގެ މަސައްކަތްތައް ހިންގުމުގައި ދަތިތަކެއް ދިމާވި ނަމަވެސް އެކަންތައްތައް މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. ހަމައެހެންމެ ވެމްކޯގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުވައްޒަފުން ކުރަމުން އަންނަ ބުރަ މަސައްކަތް އާދަމް ވަނީ ފާހަގަކުރައްވާފައެވެ.

ވެމްކޯ

އެންމެ ހިނގާ

1

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

2

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

3

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

4

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

5

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
26 ޖޫން 2025

މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު

26 ޖޫން 2025
މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު
30 އެޕްރީލު 2025

މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން

30 އެޕްރީލު 2025
މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް