Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސްކްއިޑް ގޭމް

ސްކްއިޑް ގޭމާ ހެދި މަރުގެ ހުކުމް!

27 ނޮވެމްބަރު 2021 | ހޮނިހިރު 11:39

މި ސީރީޒަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 ނޮވެމްބަރު 2021 | ހޮނިހިރު 11:39
ސްކްއިޑް ގޭމުގެ ޕޯސްޓަރެއް

ސްކްއިޑް ގޭމުގެ ޕޯސްޓަރެއް

ގިނަ މީހުންނަކީ އައު ސީރީޒެއް ނުވަތަ ފިލްމެއް ނުކުމެއްޖެނަމަ އެބަލާ ހިތްވާ މީހުންނެވެ. އެ ދުވަސްވަރެއްގައި އެންމެ ޓްރެންޑް ވެގެންދާ ނުވަތަ އާންމުންގެ ތެރޭގައި މަޤުބޫލު ފިލްމެއް ނުވަތަ ސީރީޒެއް ބެލުމުގެ ޝައުޤުވެރިކަން އިންތިހާއަށް އިތުރުވެގެންދެއެވެ.

ނެޓްފްލިކްސް އިން ގެނެސްދީގެން ބޮޑު ހިޓަކަށް ވެފައިވާ ދެކުނު ކޮރެއާގެ ސީރީޒް "ސްކްއިޑް ގޭމް" ގެ ވާހަކަ މުޅި ދުނިޔޭގައި މިހާރު ދަނީ ދައްކަމުންނެވެ. މި ސީރީޒަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ވެސް ވަނީ ލިބިފައެވެ.

ނެޓްފްލިކްސް އިން ސްޓްރީމް ކުރި ނުވަ އެޕިސޯޑްގެ ސީރީޒްގެ ޑައިރެކްޓަރު ހުވަންގް ޑޮންގް-ހީކް ބުނި ގޮތުގައި މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ. "ސްކްއިޑް ގޭމް" އަކީ އޭނާ އަމިއްލަ އަށް ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓް ވެސް ކުރި އެއްޗެކެވެ.

ހުވަންގް ބުނީ މި ސީރީޒަކީ އޭނާ ކުޑައިރު ކުޅުނު ގޭމަކާއި އޭރު ކުރަން ޖެހުނު އަމިއްލަ ތަޖުރިބާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދިން އެއްޗެކެވެ. އަދި ސީރީޒްގެ މައިގަނޑު ދެ ކެރެކްޓާ ކަމަށްވާ ސިއަންގް ޖީ-ހޫން އާއި ޗޯ ސަންގް-ވޫ އަކީ ހުވަންގްގެ ކުޑައިރުން ފެށިގެން އެންމެ ގާތް ރައްޓެހިންގެ ނަންތަކެވެ.

އޭނާ ބުނި ގޮތުގައި "ސްކްއިޑް ގޭމް" އަކީ އެތައް ފިލާވަޅެއް ވެސް ލިއްބައިދޭ އެއްޗެކެވެ. އަދި މިއީ ނާކާމިޔާބު މީހުންނާ ބޮޑަށް ރިލޭޓްވާ އެއްޗެއް ކަމަށް ބުންޏެވެ.

މި ސީރީސް ބިނާ ކޮށްފައި އޮންނަނީ ފައިސާގެ ސަބަބުން ދިރިއުޅުމުގެ އެކި ހާލަތްތަކުގައި ދަތިތަކާއި ކުރިމަތިވެފައި ތިބި 456 މީހުން ވެގެން ބޮޑު ފައިސާގެ އިނާމެއް ލިބިގެންދާ ކުޑަކުދިން ކުޅޭ ގޭމް ތަކެއް ކުޅޭ ކުޅުމުގެ މައްޗަށެވެ. ކޮންމެ މީހަކުވެސް އެ ގޭމުން މޮޅުވާން މަސައްކަތް ކުރެއެވެ. އަދި އެ ގޭމުތަކުން ބަލިވާ ކޮންމެ މީހަކުވެސް މަރާލައެވެ. އެއް ވަނައަށް ދާ މީހަކަށް އުތުރު ކޮރެއާގެ 45.6 ބިލިއަން ވޮން ލިބެއެވެ.

އާންމުންގެ ތަރުހީބު މި ސީރީޒަށް ލިބިފައިވާއިރު އުތުރު ކޮރެއާގައި އަދިވެސް މި ސިރީޒް ދެއްކުން ވަނީ މަނާކޮށްފައެވެ. މިކަން މަނާކޮށްފައި އޮތްވާ ވެސް ދެކުނު ކޮރެއާގެ މީހަކު ވަނީ މި ސިރީޒްގެ ކޮޕީއެއް އެތެރެކޮށްފައެވެ. އޭނާ މި ސީރީޒް އެތެރެކޮށްފައިވަނީ ޔޫއެސްބީ ޑްރައިވްއެއްގައި ޗައިނާއިންނެވެ.

އެއާއެކު އެ ޤައުމުގެ ސަރުކާރުން ވަނީ އެމީހާއަށް މަރުގެ ހުކުމް އިއްވާފައެވެ. މި މީހާގެ އިތުރުން ވެސް މި ސިރީޒް ބެލި ހަ ސްކޫލު ކުއްޖަކަށް ވެސް ވަނީ އަދަބުތަކެއް ދީފައެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުގައި އުތުރު ކޮރެއާ އިން ވަނީ ފިލްމާއި މިއުޒިކާއި ފޮތްތައް އެތެރެ ކުރުން މަނާ ކުރުމަށް ޤާނޫނެއް ވެސް ފާސްކޮށްފައެވެ.

ސީރިޒެއް ބެލުމަށްޓަކައި ކުރި މަސައްކަތުން މިއަދު އެމީހާއަށް ވަނީ މަރުގެ ހުކުމަކާއި ކުރިމަތިލާން ޖެހިފައެވެ. މިކަމާއި ގުޅިގެން ގިނަ ބަޔަކަށް ހައިރާންކަން ވަނީ ލިބިފައެވެ. ސްކްއިޑް ގޭމާ ހެދި މީހަކަށް މަރުގެ ހުކުމް އިއްވާފައިވާއިރު އުތުރު ކޮރެއާ އަކީ އަބަދުވެސް އެކި ކަންކަމުގައި ހަރުކަށި އުސޫލުތައް ގެންގުޅޭ ޤައުމެކެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟

03 ސެޕްޓެމްބަރު 2017
ކުޑަކުދިންގެ ބަގީޗާގައި އޮތް ކިނބުލަށް ހެދި ގޮތް އެނގޭތަ؟
27 އޯގަސްޓު 2017

ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"

27 އޯގަސްޓު 2017
ސުޕްރީމް ކޯޓުގެ ހުކުމް: "ބުނެވޭކަށް ވެސް ނެތް. ނުބުނެވޭކަށް ވެސް ނެތް. ނުބުނެ މިތާ ހުރޭވެކަށްވެސް ނެތް"
24 އޯގަސްޓު 2017

ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!

24 އޯގަސްޓު 2017
ގާސިމް މަރުގެ ތަންމަތީގައި އޮތަސް ހެޔޮ، ބޭނުންވަނީ ހުކުމް ކުރަން!
21 އޯގަސްޓު 2017

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!
20 ޖުލައި 2017

ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ

20 ޖުލައި 2017
ނިމްސް ހޮސްޕިޓަލާއެކު ހެދި ޑީލު ތަހުގީގު ކުރަންޖެހޭ
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
12 މާރިޗު 2017

5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!

12 މާރިޗު 2017
5 އެއާޕޯޓު ހަދަން ހަވާލު ކުރީ ދުވަހަކު އެއަޕޯޓެއް ހެދި ބަޔަކާ ނޫން!
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް