Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއާދަމް ފައިރޫޒް

ފައިރޫޒް - ގައުމަށް ރަން މެޑެއްޔެއް ހޯދައިދިނުމުގެ އަޒުމުގައި

25 ނޮވެމްބަރު 2021 | ބުރާސްފަތި 03:01

މި ފަހަރުގެ މުބާރާތަށް ކުޅުންތެރިން ނުކުންނަނީ އެއް އަޒުމެއްގައި

އަތޫފް އާތިފް
އަތޫފް އާތިފް | 25 ނޮވެމްބަރު 2021 | ބުރާސްފަތި 03:01
ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އާދަމް ފައިރޫޒް

ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ އާދަމް ފައިރޫޒް

ވ. ކެޔޮދޫއަށް އުފަން އުމުރުން 26 އަހަރުގެ ވޮލީބޯޅަ ކުޅުންތެރިޔާ އާދަމް ފައިރޫޒް ވޮލީ ކުޅެން ފެށީ 2013 ވަނަ އަހަރު އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތުންނެވެ. އޭގެ ފަހުން ކޯޗުންގެ އިތުބާރު ހޯދާފައިވާ ފައިރޫޒަކީ ވޮލީގައި މިހާރުވެސް ވިދަމުން އަންނަ ތަރިއެކެވެ.

ރިސޯޓު ވޮލީ މުބާރާތުން ވޮލީގެ ތެރެއަށް ނުކުތް ފައިރޫޒަށް އޭނާ ކުޅުނު ފުރަތަމަ މުބާރާތަކީވެސް ކާމިޔާބު މުބާރާތެކެވެ. އެކަމަކު އޭނާ އެންމެ ބޮޑަށް ފާހަގަކުރާ ދެ ކާމިޔާބީއަކީ، 2015 ވަނަ އަހަރު ގައުމީ ޓީމުގައި ހިމެނި ރިހި މެޑަލް ހޯދުމާއި، 21 އަހަރުން ދަށުގެ މުބާރާތް ވީކޭއާއެކު ކާމިޔާބުކުރުމެވެ.

ގައުމީ ޓީމުގައި ހިމެނުމަކީ ކޮންމެ ކުޅުންތެރިއަކަށްވެސް ޝަރަފެކެވެ. ރާއްޖެޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ފައިރޫޒް ބުނީ ގައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ދުވަހު އެކަން ގަބޫލުކުރަންވެސް ދަތިވި ކަމަށެވެ. އަދި ގައުމު ތަމްސީލުކުރަން ލިބުން އެއީ ލިބޭ ފަޚުރަކާއި ޝަރަފެއް ކަމަށާއި، އެހެންކަމުން އެކަމާ ވަރަށް ބޮޑަށް އުފާވި ކަމަށްވެސް ބުންޏެވެ.

ފައިރޫޒުގެ ކެރިއަރުގައި މިހާތަނަށް އެންމެ ހިތްދަތިވި ދުވަހަކީ 2015 ވަނަ އަހަރުގެ ސެންޓްރަލް ޒޯން މުބާރާތުގެ ފައިނަލުގައި ތުރުކުމެނިސްތާން އަތުން ބަލިވި ދުވަހެވެ. ފައިރޫޒް ބުނީ ރާއްޖޭން ދެ ސެޓު ގެންގޮސް، ތައްޓާ ކައިރިއަށް ޖެހިފައިވަނިކޮށް ފަހަތުން އަރައި ތުރުކުމެނިސްތާނުން ތަށި ނެގުން އެއީ މިހާތަނަށް ވޮލީ ކެރިއަރުގައި އެންމެ ހިތްދަތިވި ދުވަސް ކަމަށެވެ.

ފައިރޫޒުގެ މިހާރުގެ އަމާޒަކީ ގައުމީ ޓީމާއެކު ކާމިޔާބީއެއް ހޯދުމެވެ. ފައިރޫޒް ބުނީ ބަންގްލަދޭޝްގައި ކުރިއަށް އޮތް ސެންޓްރަލް ޒޯން މުބާރާތަށް ކުޅުންތެރިން ނުކުންނަނީ އެއް އަޒުމެއްގައި އެ މުބާރާތް ކާމިޔާބުކުރުމަށް ކަމަށެވެ. އަދި ކޮވިޑް-19 އާއެކު ކުޅުންތެރިންގެ ފިޓްނަސްއަށް ކޮންމެސް ވަރަކަށް އަސަރުތަކެއް ކުރި ކަމަށާއި، އެކަމަކު މުބާރާތުގެ ކުރިން އެކަން ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގައި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބާއްވާއިރު، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މިހާރު ވަނީ 15 ކުޅުންތެރިންގެ ސްކޮޑެއް ފައިނަލް ކޮށްފައެވެ. ފައިރޫޒަކީ އެ ސްކޮޑުގައި ހިމެނޭ މުހިންމު ކުޅުންތެރިއެކެވެ.

ސެންޓްރަލް ޒޯން މުބާރާތަށް 12 ކުޅުންތެރިންގެ ސްކޮޑެއް ދާއިރު، މުބާރާތަށް ތައްޔާރުވާން ބަހްރޭނުގައި ކުރާ ކޭމްޕުގައި ބައިވެރިވާނީ މި ފަހަރު އެކުލަވާލި 15 ކުޅުންތެރިންގެ ސްކޮޑެވެ. އެހެންކަމުން މިހާރު އެކުލަވާލި ސްކޮޑުން އަދި ތިން ކުޅުންތެރިއަކު ބާކީވާނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!

23 އެޕްރީލު 2017
"މަންމަގެ ދޫންޏާ، މަންމަގެ ރަންކޮޅާ"، މިވަރުގެ ހިތާމައެއް ނުދެކެން!
13 އެޕްރީލު 2017

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
28 މާރިޗު 2017

ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟

28 މާރިޗު 2017
ބާން ތައި ރެސްޓޯރަންޓްއިން ލިބޭ "މިއަންކަމް" އަކީ ކޯއްޗެއް؟
18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
11 ފެބުރުއަރީ 2017

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"
23 ޖެނުއަރީ 2017

ގަބޫލުކުރަން ދަތި އެކަމު ހަގީގަތް

23 ޖެނުއަރީ 2017
ގަބޫލުކުރަން ދަތި އެކަމު ހަގީގަތް
12 ޖެނުއަރީ 2017

އިންތިޚާބުގައި ވާދަކުރަންވީތަ؟ ނުކުރަންވީތަ؟

12 ޖެނުއަރީ 2017
އިންތިޚާބުގައި ވާދަކުރަންވީތަ؟ ނުކުރަންވީތަ؟
08 ޖެނުއަރީ 2017

ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!

08 ޖެނުއަރީ 2017
ދިވެހި ދައުލަތް އޯވަހޯލް ކުރަން ޖެހިފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް