Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންނަށް ހަމައަގު ނުލިބުން

މަސްވެރިންނަށް ހަމައަގު ލިބޭނީ ބާނާ މަސް ރާއްޖޭގައި ޕްރޮސެސްކުރެވިގެން: ފައުޒީ

23 ނޮވެމްބަރު 2021 | އަންގާރަ 18:02

ރާއްޖޭގައި މަސް ޕްރޮސެސްކުރެވޭނެ ނިޒާމަކަށް ދަނީ ތައްޔާރުވަމުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 23 ނޮވެމްބަރު 2021 | އަންގާރަ 18:02
މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އިސްމާއީލް ފައުޒީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރ އިސްމާއީލް ފައުޒީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނީ ބާނާ މަސް ރާއްޖޭގައި ޕްރޮސެސްކުރެވިގެން ކަމަށް މިފްކޯގެ މެނޭޖިން ޑައިރެކްޓަރ އިސްމާއީލް ފައުޒީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ފައުޒީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ވައުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ބާނާ މަސް ރާއްޖޭގައި ހިފެހެއްޓި، އެ ޕްރޮސެސްކުރެވޭނެ ނިޒާމަކަށް މިހާރު ތައްޔާރުވަމުންދާކަމަށެވެ. މި ނިޒާމު ގާއިމްކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށާއި، މި މަސައްކަތް ނިމޭއިރު ރާއްޖޭގައި ބާނާ މަސް އެހެން ގައުމުތަކަށް އެކްސްޕޯޓުކުރެވޭނީ ރާއްޖޭގައި ޕްރޮސެސްކުރެވިގެން ކަމަށް ފައުޒީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ނިޒާމަށް ތައްޔާރުވުމަށް މިހާރުން ފެށިގެންވެސް ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑުތަކާ އެއްކޮށް މަޝްވަރާތައް ކުރަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި އެމީހުންނަށް މަސް އެކްސްޕޯޓުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ. އޭޝިއާ މާރކެޓުވެސް މީގެ ތެރޭގައި ހިމެނޭކަމަށް ފައުޒީ ވިދާޅުވިއެވެ.

މި ނިޒާމު ފަށައިގަނެވުމުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ލިބޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. މީގެ އިތުރުން ޔޫރަޕް މާކެޓުން ރާއްޖޭގެ އުފެއްދުންތަކަށް ޑިއުޓީ ނަގަން ފެށި ހިސާބުން ހަމަ އަގު ލިބުމަށް ދަތިވާކަމަށް ފައުޒީ ވިދާޅުވިއެވެ. އެހެންނަމަވެސް މިކަން ހައްލުކުރުމަށްވެސް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، މިކަމަށް ހައްލެއް ލިބޭއިރު، މަސްވެރިން ބާނާ މަހަށް ހަމައަގު ލިބިގެންދާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ އިތުރަށް ވިދާޅުވި ފްކޯގެ ހަޔާތުގައި މަސްވެރިންނަަށް އެންމެ ގިނައިން ފައިސާ ދެވިފައިވާނީ 2019 ވަނަ އަހަރު ކަމަށެވެ. 2019 ވަނަ އަހަރު އެކުންފުންޏަށް 49،000 ޓަނުގެ މަސް ކިރާފައިވާކަމަށާއި، އެއަހަރު މަސްވެރިންނަށް ދިން އާމްދަނީ 903 މިލިއަން ރުފިޔާއާ ކައިރިކުރާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

2020 ވަނަ އަހަރު، ކޮވިޑާއި ގުޅިގެން ހުރި ދަތިތަކާއެކުވެސް 48،000 ޓަނުގެ މަސް ކިރާފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ. އެއަހަރު މަސްވެރިންނަށް ދިން އާމްދަނީ 898 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. މިއަހަރުގެ މިހާތަނަށް 45،000 ޓަނުގެ މަސް ކިރާފައިވާކަމަށާއި، މަސްވެރިންނަށް ދިން އާމްދަނީ 698 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ.

މިފްކޯ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!

14 ޑިސެމްބަރު 2025
މަސްވެރިން ގެ ދުވަހު ގެނައި ބޮޑު ބަދަލު- ފުރާނީ ކައިގެން، ނުކައެއް ނުފުރާނަން!
21 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު

21 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަމުގެ މައްސަލައިގައި މުއާޒު ކުށްކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ހުށަހަޅާފައިވޭ: ކޯޓު އަމުރު
15 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި

15 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ކަސްޓަމްސްގެ މުވައްޒަފު ސަސްޕެންޑް ކޮށްފި
15 އޮކްޓޯބަރު 2025

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި

15 އޮކްޓޯބަރު 2025
ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މުއާޒް މަގާމުން ސަސްޕެންޑުކޮށްފި
30 ސެޕްޓެމްބަރު 2025

މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި

30 ސެޕްޓެމްބަރު 2025
މަސްކިލޯއެއް ގަންނަ އަގު 20ރ. އަށް ބޮޑު ކުރާނެ ތާރީޚަކާއި ގުޅޭ މަޢުލޫމާތު ހޯދަން ކެއުޅުން މުއިއްޒު އާ ބައްދަލު ކޮށްފި
27 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ

27 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ ކެމްޕެއިނަށް ހަރަދުކުރި މިފްކޯގެ ބޯޑު މެމްބަރު ސަލާހުއަށް، އުސޫލުން ބޭރުން 19 މިލިއަންގެ މަސައްކަތް ދީފައިވާކަން އޮޑިޓުން ހާމަވެއްޖެ
22 ސެޕްޓެމްބަރު 2025

މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 ސެޕްޓެމްބަރު 2025
މަސް ގަންނަ އަގު 20ރ އަށް ބޮޑުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި

07 ސެޕްޓެމްބަރު 2025
ސްޓެލްކޯގެ އެމްޑީގެ މަގާމުން ފަހުމީ ވަކިކޮށް، އެމަގާމަށް ޝަމާހު އައްޔަނުކޮށްފި
19 އޯގަސްޓު 2025

ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން

19 އޯގަސްޓު 2025
ތުޅާދޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވާލީ، މަސްވެރިންގެ އަތުން މެމްބަރު ހަންނާނު ބޮޑު އަގުގައި މަސްގަނެގެން
08 ޖުލައި 2025

"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"

08 ޖުލައި 2025
"2 ޓަނަށް ވުރެ ގިނަ މަސް ކަނޑަށް އަޅާލުމުގެ ކުރިން ކެޕްޓަން ކައިރީ ކަލާކޮއްޓަކައި ގޮވައި ރޮއި އާދޭސް ކުރިން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް