Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެރިޓީ ޝީލްޑް މެޗު

ޗެރިޓީ ޝީލްޑް މެޗުން ފުޓްބޯޅަ ސީޒަން ފަށާ ގޮތަށް ބަދަލުކޮށްފި

ޗެރިޓީ ޝީލްޑް މެޗު ކުޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2021 | ހޯމަ 08:43
މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި އީގަލްސް ޓީމު

މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި އީގަލްސް ޓީމު

ޗެރިޓީ ޝީލްޑް މެޗުން ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަދަލުގެނެސްފިއެވެ.

މީގެ ކުރިން މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމުން އިއުލާންކުރި ކަލަންޑަރުގައިވާ ގޮތުން އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައި އޮތީ ޕްރެޒިޑެންޓްސް ކަޕުންނެވެ. އަދި އެއަށްފަހު ޗެރިޓީ ޝީލްޑް މެޗު ކުޅެން ތާވަލުކުރީ އަންނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހެވެ. އާންމު ގޮތެއްގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. އަދި ޕްރެޒިޑެންޓްސް ކަޕަކީ ސީޒަން ނިންމަން ކުޅޭ މުބާރާތެކެވެ. 

އެއާއެކު ހޯމަ ދުވަހު އެފްއޭއެމުން ނެރުނު އައު ކަލަންޑަރުގައިވާ ގޮތުން ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހުގެ 15 ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ރަނަރަޕް ކުލަބު ވެލެންސިއާއެވެ.

ކުރިއަށް އޮތް ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗު އަންނަ މަހު ކުޅޭއިރު، މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުވެސް ކުޅެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ މެޗުން ކުލަބު އީގަލްސް ވަނީ މާޒިޔާ ބަލިކޮށް މުޅިން އަލަށް ޗެރިޓީ ޝީލްޑް އުފުލާލާފައެވެ.

އެފްއޭއެމުން ނެރުނު އައު ކަލަންޑަރުގައިވާ ގޮތުން މީގެ ކުރިން ބާއްވަމުން އައި ޕްރެޒިޑެންޓްސް ކަޕް މިހާރު ވަނީ ޕްރެޒިޑެންޓްސް ލީގަށް ބަދަލުކޮށްފައެވެ. އަދި އެ ލީގު ފެށުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހެވެ. މި ފަހަރުގެ މުބާރާތް ރާވާފައިވާ ގޮތުން ދިވެހި ޕްރެޒިޑެންޓްސް ލީގުގައި ޕްރިމިއާ ލީގުގައި އަށް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅޭއިރު، މުބާރާތުގެ ފައިނަލުުގައި ކުޅޭނީ ލީގު ބުރުގެ އެންމެ މޮޅު ދެ ޓީމެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕުގައި އަށް ޓީމު ހިމެނޭ ގޮތަށް ކުޅުނީ 2015 ވަނަ އަހަރެވެ.

މި އަހަރު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން ފާއިތުވި ތިން ސީޒަނުގައިވެސް އެކި ސަބަބުތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕް ބާއްވާފައެއް ނުވެއެވެ.

އަންނަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ޕްރެޒިޑެންޓްސް ލީގު ނިމޭއިރު، ހޯމަ ދުވަހު އިއުލާނުކުރި ކަލަންޑަރުގައިވާ ގޮތުން ދިވެހި ޕްރިމިއާ ލީގު ފަށަން އެފްއޭއެމުން މިހާރު ނިންމާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހެވެ. މީގެ ކުރިން ލީގު ފެށުމަށް ތާވަލުކޮށްފައި އޮތީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހެވެ.

މިދިޔަ ސީޒަނުގެ ލީގުގައިވެސް ކުޅުނު އަށް ޓީމާއެކު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާއިރު، މި ފަހަރުގެ ލީގުގައިވެސް ތިން ބުރު ކުޅުމަށް ވަނީ ނިންމާފައެވެ. ނިމިދިޔަ ސީޒަނުގައިވެސް ލީގުގައި ތިން ބުރެއް ކުޅެން އެންމެ ފުރަތަމަ ނިންމި ނަމަވެސް، އެ ފަހަރު ދެވަނަ ބުރާ ހަމައިން ލީގު ވަނީ ނިންމާލާފައެވެ. 

މިދިޔަ ސީޒަނުގެ ލީގުގައިވެސް ކުޅުނު އަށް ޓީމު ކުރިއަށް އޮތް ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާއިރު، މި ފަހަރު އެއްވެސް ޓީމެއް ރެލިގޭޓުވެފައި ނުވަނީ މިދިޔަ ސީޒަނުގައި ދެވަނަ ޑިވިޝަން ބާއްވާފައި ނުވާތީއެވެ.

އެކަމަކު މި ސީޒަނުގައި ދެވަނަ ޑިވިޝަން އަނެއްކާވެސް ބާއްވާއިރު، އެފްއޭއެމުން ނެރެފައިވާ ކަލަންޑަރުގައިވާ ގޮތުން އެ މުބާރާތް ކުރިއަށްދާނީ އަންނަ އަހަރު ޖޫން މަހުގެ 24 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޖޫން މަހު އެއްވަނަ ދުވަހު އެފްއޭ ކަޕް ފަށާއިރު، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތައް ކުޅުމަށް ތާވަލުކޮށްފައި ވަނީ ޖުލައި މަހުގެ 27، 31 އަދި އޮގަސްޓް މަހުގެ ހަތަރުވަނަ ދުވަހު ކުޅޭ ގޮތަށެވެ.

ޗެރިޓީ ޝީލްޑްޕްރެޒިޑެންޓްސް ކަޕްފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު