Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

މުސީބާތްތަކުން ސަލާމަތްވުމަށް އިސްލާމީ ވަހުދަތުގެ ބިންގާ ވަރުގަދަކުރަންޖެހޭ: ޚުތުބާ

19 ނޮވެމްބަރު 2021 | ހުކުރު 08:16

އިސްލާމްދީން ބަބުޅައިގަތީ އިސްލާމީ ވަހުދަތުގެ ސަބަބުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 ނޮވެމްބަރު 2021 | ހުކުރު 08:16
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

އިސްލާމީ އުންމަތާ ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކުރެވޭނީ އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަކޮށްގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"އިސްލާމީ ވަހުދަތާއި އެއްބައިވަންތަކުގެ މުހިންމުކަން" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނުގެ އިރު ދުނިޔޭގެ މައްޗަށް އަރައި، އަލިވެ އުޖާލާވެ، ބަބުޅައިގަތީ އިސްލާމީ ވަހުދަތުގެ ސަބަބުން ކަމަށެވެ. އިސްލާމީ ފުތޫހާތުތައް ދުނިޔޭގެ އިރުމައްޗަށާއި، ހުޅަނގަށް ފެތުރިގެން ދިޔައީ، މި އިސްލާމީ އެއްބައިވަންތަކަމުގެ ސަބަބުން ކަމަށާއި، އިސްލާމީ ދައުލަތުގެ ސިންގާސަނާއަށް ދުނިޔޭގެ ގައުމުތައް ބޯލަނބައި، ކިޔަމަންގަތީ، މި އިސްލާމީ އެއްބައެއްވަންތަކަމުގެ ސަބަބުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންނަމަވެސް މުސްލިމުންގެ ތެރޭގައިވާ މި ރީތި އާދަތައް ނެތިޔަ ހިސާބުން އެކި އެކި ފަރާތްތަކުން ނުފޫޒު ފޯރުވަންފެށިކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

އިސްލާމީ އުއްމަތާ މިއަދު ކުރިމަތިވެފައިވާ މުސީބާތްތައް ގިރާކޮށްފައި ދެވޭވަރުގެ ގާބިލުކަން އިސްލާމީ އުއްމަތުގެ ވަހުދަތުގައާއި، އެއްބަނޑުއެއްބަފައިކަމުގެ ގެތުންތަކުގައި އެބަ ހުރި ކަމަށާއި، މިކަމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އިސްލާމީ ވަހުދަތަށް ބޭނުންވާ ބިންގާ ވަރުގަދަ ކުރުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. ދެވަނައަށް ކުރަންޖެހޭ ކަމަކީ މުސްލިމުންގެ ހިތްތައް އެކަތިގަނޑަކަށް ހެދުމަށް ހިތްތަކުގައި އޯގާވެރިކަމާއި، ކުލުނުވެރިކަމާއި، ހިތްހެޔޮކަމުގެ ޝުއޫރުތަކުގެ އޮށް އިންދައި، އެއަށް ފެންދީ ހައްދައި ބޮޑުކުރުމަށް މަސައްކަތް ކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމީ ވަހުދަތު ހަރުދަނާކުރުމަށް ކީރިތި ގުރްއާން އަޅުގަނޑުމެންނަށް ގޮވައިލަނީ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެ، ނަސްރު ދީ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އަޅާލުމަށް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އިސްލާމީ ވަހްދަތު ގާއިމުކުރުމަށް ބޭނުންވާ ކަންތައްތަކުގެ ތެރޭގައި ދެބަސްވުންތަކާއި، އަރާރުންތަކާ ދުރުހެލިވުން ވާކަމަށާއި، އިސްލާމީ ވަހުދަތާއި، އީމާންކަމުގެ އުޚުއްވަތްތެރިކަން ގާއިމުކުރެވޭނީ، އަމިއްލަ މަސްލަހަތުތަކާއި ދުނިޔަވީ މަންފާތަކަށްވުރެ އުއްމަތުގެ މަސްލަހަތުތައް އިސްކުރެވިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އިސްލާމީ ވަހުދަތަކީ ވަކި ސަގާފަތަކަށް، ވަކި ގައުމަކަށް، ވަކި ފަންތިއަކަށް ނުވަތަ ވަކި ޖިންސަކާ ދެކޮޅަށް މުސްލިމުން އުފުލާ ޝިއާރެއް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ އެއްވެސް މުޖްތަމައަކަށް ނުރައްކަލެއް އޮތް ކަމެއްވެސް ނޫން ކަމަށާއި، މިއީ ހެޔޮ ކަންތައްތަކަށް އަމުރުކުރުމަށާއި، ނުބައި ކަންތައްތައް މަނާކުރުމުގެ ތަރަހައިގެ ތެރޭގައި އޮތް ކަމެއް ކަމަށް ބުނެފައިވެއެވެ.

ޚުތުބާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
12 ސެޕްޓެމްބަރު 2025

ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ

12 ސެޕްޓެމްބަރު 2025
ޚުޝޫއަތްތެރިކޮށް ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތައް ނުކުރާނެ، ފާފަ ކުރެވޭނަމަ އަމިއްލަ ނަފްސާ ސުވާލުކުރޭ: ޚުތުބާ
05 ސެޕްޓެމްބަރު 2025

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވެ، އެކަލޭގެފާނު ސުންނަތް ދީފާއު ކުރަންޖެހޭ: ޚުތުބާ

05 ސެޕްޓެމްބަރު 2025
ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވެ، އެކަލޭގެފާނު ސުންނަތް ދީފާއު ކުރަންޖެހޭ: ޚުތުބާ
27 ޖޫން 2025

ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް: ޚުތުބާ

27 ޖޫން 2025
ރަމަޟާން މަހަށް ފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުހައްރަމު މަސް: ޚުތުބާ
06 ޖޫން 2025

މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ އަމާން މުޖުތަމައުއެއް ބިނާކުރެވޭނީ އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެން: ޚުތުބާ

06 ޖޫން 2025
މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ އަމާން މުޖުތަމައުއެއް ބިނާކުރެވޭނީ އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެން: ޚުތުބާ
18 އެޕްރީލު 2025

ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނަމަ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ

18 އެޕްރީލު 2025
ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނަމަ ވަޒީފާއެއް ނެތިފައި ތިބި އެތައް ބަޔަކަށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްވާނެ: ޚުތުބާ
28 ފެބުރުއަރީ 2025

ރޯދައިގެ ފުރިހަމަ ދަރުމަ ހޯދުމަށް ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވާންޖެހޭ: ޚުތުބާ

28 ފެބުރުއަރީ 2025
ރޯދައިގެ ފުރިހަމަ ދަރުމަ ހޯދުމަށް ފާފައިގެ އިތުރަށް، ނޭދެވޭ ކަންތަކާ ވެސް ދުރުހެލިވާންޖެހޭ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް