Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އުޅަނދު ޕާކް ކުރުން

ސައިކަލު ޕާކްކޮށްފައި ހުންނަ ކޮންމެ ގަޑިއިރަކަށް 2 ރުފިޔާ!

މޮޓޯ ސައިކަލާއި، އިންޖީނުލީ ބައިސްކަލާއި، ސްކޫޓަރު ފަދަ އުޅަނދުތަކަށް، ކޮންމެ 1 ގަޑިއިރަކަށް 2 ރުފިޔާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2021 | ބުދަ 18:33
މާލޭގައި ސައިކަލްތަކެއް ޕާކްކޮށްފައި

މާލޭގައި ސައިކަލްތަކެއް ޕާކްކޮށްފައި

ބަންޑާރަ މަގެއްގައި ސައިކަލް ޕާކްކުރާނަމަ، ކައުންސިލުން ބޭނުން ވެއްޖެނަމަ ގަޑި އިރަކަށް 2 ރުފިޔާ ނެގިދާނެކަމަށް ބަޔާންކޮށް، އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު އާންމުކޮށްފިއެވެ.

މި ގަވާއިދަކީ އެއްގަމު އުޅަނދު ޕާކު ކުރުމާއި، އެއްގަމު އުޅަނދުތައް ޕާކު ކުރާނެ ޕާކިންގ ޒޯނު ކަނޑައެޅުމާއި، ގަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކު ކޮށްފައި ނުވަތަ ބަހައްޓައިފައި ހުންނަ އެއްގަމު އުޅަނދުގައި ސްޓިކަރ ޖެހުމާއި، އެފަދަ އުޅަނދުތަކުގެ ފުރޮޅުގައި ތަޅު އެޅުވުމާއި، ޓޯވކުރުމާއި، އެއްގަމު އުޅަނދު ނައްތައިލުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމުގެ ގޮތުން، އެއްގަމު ދަތުރުފަތުރުގެ ކަންކަން ހަވާލުކުރެވިފައިވާ މިނިސްޓްރީއަށް، އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ)އިން ލިބިދޭ ބާރުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގައި، ބަންޑާރަ މަގުތަކުން ޕާކިން ޒޯން ކަނޑައަޅައި އެއަށް އަގު ނެގިދާނެކަމަށް ބުނެއެވެ. މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ދ)ގައި ބުނެފައިވަނީ ކައުންސިލްތަކުން ޕާކިންގ ޒޯނުތައް ކަނޑައެޅުމުގައި، ހިލޭ ޕާކު ކުރެވޭނެ ސަރަހައްދުތަކާއި، ވަކި ވަގުތުތަކަށް ވަކި ފީއެއް ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތައް ކަނޑައެޅިދާނެ ކަމަށެވެ. މިފަދައިން ސަރަހައްދުތައް ކަނޑައެޅުމުގައި، ގިނަބަޔަކު ޚިދުމަތް ހޯދަން ދާންޖެހޭ ތަންތަން ހުންނަ ސަރަހައްދުތަކުގައި ފީނަގައިގެން ޕާކުކުރާ ތަންތަން ބެހެއްޓުމަށާއި، ނިސްބަތުން މަދު އަދަދެއްގެ މީހުން ޕާކުކުރަންޖެހޭ ފަދަ ސަރަޙައްދުތަކުގައި ހިލޭ ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދޭންވާނެއެވެ.

އަދި މި ގަވާއިދުގެ ދަށުން، ކަނޑައަޅާފައިވާ އަގަށްވުރެ ބޮޑު ނުވާނެ ގޮތަށް އަގު ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް މި ގަވާއިދުގެ ދަށުން ލިބެއެވެ.

މި ގަވާއިދާ ޚިލާފަށް ޕާކުކުރާ އެއްގަމު އުޅަނދުގައި، މި ގަވާއިދުގެ ޖަދުވަލު 1 ގައިވާ "ޕާކިންގ ވަޔަލޭޝަން ސްޓިކަރ" ހަރުކުރުމުގެ އިޚުތިޔާރު، މިނިސްޓްރީއަށާއި މިނިސްޓްރީން ކަނޑައަޅާ އެހެން ފަރާތްތަކަށް ލިބިގެންވެއެވެ. މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ޕާކިންގ ވަޔަލޭޝަން ސްޓިކަރ ހަރުކުރާތާ ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތުން އެ އުޅަނދު އޮތް ތަނުން ނަގަންވާނެއެވެ.

އެއްގަމު އުޅަނދެއް ގަވާއިދާ ޚިލާފަށް ޕާކު ކުރުމުގެ ސަބަބުން އުޅަނދުގައި ޕާކިންގ ވަޔަލޭޝަން ސްޓިކަރ ޖަހާ ކޮންމެ ފަހަރަކު އުޅަނދު ޕާކްކުރި ފަރާތުގެ ލައިސަންސުން 5 ކްރެޑިޓް ޕޮއިންޓް އުނިކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް، ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ލިބިގެންވާކަމަށް މި ގަވާއިދުގައި ބުނެއެވެ. އަދި އެ އުޅަނދެއް ނުނަގައިފިނަމަ، އެ އުޅަނދެއް ޓޯވ ކުރުމަށްޓަކައި ފުރޮޅުގައި ތަޅު އެޅުވުމުގެ އިޚުތިޔާރު އެ ރަށެއްގެ ރަށު ކައުންސިލަށް ނުވަތަ އެ ސިޓީއެއްގެ ސިޓީ ކައުންސިލަށް ނުވަތަ ފުލުހުންނަށް ލިބިގެންވެއެވެ. މިގޮތުން އެ އުޅަނދެއްގެ ފުރޮޅުގައި އަޅުވައިފައިވާ ތަޅަށް، އެއްވެސް ގެއްލުމެއް އެއްވެސް ފަރާތަކުން ދިނުމަކީ މަނާކަމެކެވެ.

މި ގަވާއިދު ބުނާގޮތުން، އެއްގަމު އުޅަނދު ޕާކުކުރުމަށް ކަނޑައަޅައިފައިވާ ތަނެއްގައި، މެދުކެނޑުމެއްނެތި އުޅަނދު ބޭއްވޭނީ، ގިނަވެގެން 7 ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތައް މި މުއްދަތުން އިސްތިސްނާވެއެވެ.

ޕަރކިންޓްރާންސްޕޯޓް މިނިސްޓްރީމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު