Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެކްސިން ޖަހާފައިވާ މީހުންނަށް އިންޑިޔާ ހުޅުވާލުން

ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް އިންޑިޔާ ހުޅުވާލައިފި

15 ނޮވެމްބަރު 2021 | ހޯމަ 16:38

އިންޑިޔާއަށް އެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ، ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ނޮވެމްބަރު 2021 | ހޯމަ 16:38
ތާޖުމަހަލް

ތާޖުމަހަލް

ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ކޮމަރޝަލް ފްލައިޓްގައި އިންޑިޔާއަށް އެތެރެވެވޭގޮތަށް ހަމަޖައްސައިފިއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ހޯމަ ދުވަހުން ފެށިގެން އިންޑިޔާއަށް އެތެރެވެވޭގޮތަށް ހަމަޖެއްސިއިރު، އިންޑިޔާއަށް އެތެރެވެވޭނީ 72 ގަޑިއިރު ހަމަނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކުއެވެ. އިންޑިޔާގެ ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އިންޑިޔާއަށް އެތެރެވުމަށްފަހުވެސް ކޮވިޑް ޓެސްޓް ހަދަންޖެހޭނެކަމަށެވެ.

އެހެންނަމަވެސް އިންޑިޔާއިން ގަބޫލުކުރާ ވެކްސިން ސެޓްފިކެޓް ގެންގުޅޭ ގައުމުތަކުގެ ރައްޔިތުންނަށް، އެގައުމަށް އައުމަށްފަހު އެއަރޕޯޓުން ހަދަންޖެހޭ ކޮވިޑް ޓެސްޓް ހަދަންނުޖެހޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އޭގެތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ގިނަ ގައުމުތަކެއް ހިމެނެއެވެ.

ކޮވިޑާ ގުޅިގެން އިންޑިޔާގެ ބޯޑަރުތައް 2020 ވަނަ އަހަރުގެ މާޗް މަހު ބަންދުކުރި ފަހުން ފުރަތަމަ ފަހަރަށް އެގައުމު ފަތުރުވެރިންނަށް ހުޅުވާލާއިރު، މިދިޔަ މަހުން ފެށިގެން ވަނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ޗާޓަރު ފްލައިޓްތަކުގައި އެގައުމަށް އެތެރެވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އިންޑިޔާއަށް ފަތުރުވެރިން އައުމަށް ހިތްވަރުދިނުމުގެ ގޮތުން، މާޗް މަސް ނިމެންދެން 500،000 ހިލޭ ވިސާ ދިނުމަށް އިންޑިޔާ ސަރުކާރުން ވަނީ ނިންމާފައެވެ. މިއާއެކު އެގައުމުގައި އިނދަޖެހިފައިވާ ފަތުރުވެރިކަމާއި ހޮސްޕިޓާލިޓީ ކުރިއަރާނެކަމަށް ބެލެވެއެއެވެ.

އިންޑިޔާގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 35 މިލިއަނަށް އަރާއިރު، އިންޑިޔާއަކީ މުޅި ދުނިޔެއިން ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ދެވަނަ އަށް އެންމެ ގިނަ ގައުމެވެ. އިންޑިޔާގެ އާބާދީގެ ބޮޑެތި މީހުންގެ ތެރެއިން 79 އިންސައްތަ މީހުން ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާއިރު، 38 އިންސައްތަ މީހުން ވަނީ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. ވެކްސިން ދިނުން ހަލުވިކުރުމުގެ ގޮތުން އިންޑިޔާ ސަރުކާރުން މިހާރު ނިންމާފައިވަނީ، ވަކިވަކިން ކޮންމެ ގެއަކަށް ގޮސްގެން ވެކްސިން ދިނުމަށެވެ.

އިންޑިޔާއަށް 2020 ވަނަ އަހަރު އައި ފަތުރުވެރިން، އޭގެކުރީ 2019 ވަނަ އަހަރާ އަޅާބަލާއިރު 75 އިންސައްތަ ވަނީ ދަށްވެފައެވެ. 2019 ވަނަ އަހަރު އިންޑިޔާއަށް، ފަތުރުވެރިކަމުގެ ދާއިރާއިން 30 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ލިބިފައެވެ.

އިންޑިއާ

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
17 ނޮވެމްބަރު 2025

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި
15 ނޮވެމްބަރު 2025

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ
11 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި

11 ނޮވެމްބަރު 2025
އިންޑިއާގެ ރެޑް ފޯޓް ގައި ގޮއްވާލި ކާރުގެ ވެރިމީހާ ހައްޔަރު ކޮށްފި
10 ނޮވެމްބަރު 2025

ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ

10 ނޮވެމްބަރު 2025
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
29 އޮކްޓޯބަރު 2025

ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް

29 އޮކްޓޯބަރު 2025
ހަނގުރާމައިގެ ހާލަތަށް ތައްޔާރުވެގެން ތިބެން ޖެހޭ: ރަޖްނާތު ސިންހް
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
14 އޮކްޓޯބަރު 2025

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް