Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް ކޮމިޓީ

ހިލޭ އެހީއާއި އަންދާޒާކުރާ އާމްދަނީ ލިބޭނެކަން ކަށަވަރުކުރުން މުހިއްމު - އޮޑިޓް އޮފީސް

އެންމެބޮޑު ޚަރަދެއް ކުރަމުންދަނީ އާސަންދަ ސްކީމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 14 ނޮވެމްބަރު 2021 | އާދީއްތަ 08:18
ބަޖެޓު ދިރާސާކުރާ ކޮމިޓީން 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލު ކުރުން

ބަޖެޓު ދިރާސާކުރާ ކޮމިޓީން 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާ ބައްދަލު ކުރުން

ހިލޭއެހީއާއި އަންދާޒާކުރާ އާމްދަނީ ލިބޭނެކަން ކަށަވަރުކުރުން މުހިއްމު ކަމަށް އޮޑިޓް އޮފީން ބުނެފިއެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ ބަޖެޓުގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ. އޮޑިޓް އޮފީހުން ބުނީ މިސަރުކާރުން ފައިތުވެދިޔަ ދެ އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި ފައިސާގެ 50 އިންސައްތަ ލިބިފައި ނުވާކަމަށެވެ. އެހެންކަމުން ބަޖެޓުގައި ބޮޑު ބައެއް ހިލޭއެހީއާއި، ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީއަށް ބަރޯސާވެފައިވާއިރު އެލިބޭނެކަން ކަށަވަރު ކުރު ކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

އަންނަ އަހަރަށް ދައުލަތުން ލަފާކުރި ބަޖެޓުގައިވެސް 2.9 ބިލިޔަން ރުފިޔާގެ ހިލޭ އެހީ ލިބޭނެކަމަށް ލަފާކުރާއިރު، ފާއިތުވެދިޔަ ދެ އަހަރުގައި ލިބޭނެކަމަށް އަންދާޒާކުރި ފައިސާގެ ދެބައިކޮށްފައި އެއްބައި ލިބިފައި ނުވާކަމަށެވެ. އަދި މިހާރު އޮތް ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓަކަށްވުމުން އަންނަ އަހަރު ޚަރަދުތައް ކުރަންވާނީ ލަފާކުރާ ބަޖެޓް ލިބޭނެކަން ކަށަވަރު ކުރުމަށްފަހުކަމަށެވެ.

ދައުލަތުން ކުރާ ޚަރަދުތަކުގެ ތެރެއިން އެންމެބޮޑު ޚަރަދެއް ކުރަމުންދަނީ އާސަންދަ ސްކީމަށް ކަމަށް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އާސަންދަ ސްކީމަށް އަަންނަ އަހަރަށްވެސް 730.9 މިލިޔަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވެއެވެ. އާސަންދަ ސްކީމަށް ފާއިތުވެދިޔަ 3 އަހަރު އެވްރެޖްކޮށް 2.1 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށާއި، މިއީ 300 މިލިޔަން ރުފިޔާގެ ދަރަނިކަމަށް އޮޑިޓް އޮފީހުން ބުނެއެވެ. އެހެންކަމުން އަންނަ އަހަރު އަސަންދަ ސްކީމަށް ޚަރަދު ކުރާއިރު މިފައިސާ ހޯދޭނެ ގޮތެއް ކަށަވަރު ނުވެއްޖެނަމަ އިތުރު 300 މިލިޔަން ރުފިޔާ އަނެއްކާވެސް ދަރަނިވެރިވާނެ ކަމުގެ ކަންބޮޑުވުން އޮޑިޓް އޮފީހުން ފާޅުކުރެއެވެ.

ބަޖެޓް 2022ރައްޔިތުންގެ މަޖިލިސްއޮޑިޓަރ ޖެނެރަލް އޮފީސް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
02 އޮކްޓޯބަރު 2025

އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި

02 އޮކްޓޯބަރު 2025
އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހުމާލުވި މައްސަލަ ބަލަން ހުށަހަޅައިފި
28 ސެޕްޓެމްބަރު 2025

އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް

28 ސެޕްޓެމްބަރު 2025
އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަމާ އެކު ސައީދު ގޮވާލެއްވީ، އިންސާފުވެރިކަމާއި ދެފުށް ފެންނަ ގޮތަށް ތަހުގީގު ކުރުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު