Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

"އަދުލުވެރިކަން ނެތް އެއްވެސް މުޖުތަމައެއްގައި ހެޔޮކަމެއް ނޯންނާނެ"

12 ނޮވެމްބަރު 2021 | ހުކުރު 08:08

ހެޔޮލަފާ މުޖުތަމައެއް ބިނާކުރުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 12 ނޮވެމްބަރު 2021 | ހުކުރު 08:08
ހުކުރު ޚުތުބާ

ހުކުރު ޚުތުބާ

ދިވެހިރާއްޖޭގައި ހެޔޮލަފާ މުޖުތަމައެއް ބިނާކުރެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަވެގެންކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ހެޔޮލަފާ މުޖުތަމައެއް ބިނާކުރުން" މި މައުލޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ ދިވެހިރާއްޖެއަށް މިއަދު މިވަނީ، ހެޔޮ ލަފާ މުޖުތަމައެއް ބިނާކުރުމަށާއި، ތަރައްގީއާއި، ތަހުޒީބުގެ އައު އުސްމިންތަކަށް ވާސިލްވުމަށްޓަކައި، ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ކަމަށެވެ.

Advertisement - newsAdvertisement

މި މަސައްކަތްތައް ކާމިޔާބީއާ ހަމައަށް ގެންދެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަވެގެން ކަމަށާއި، އޭގެ ތެރެއިން އެންމެ މުހިންމު ރުކުންތަކަކީ، އަދުލުވެރިވުމާއި، އިންސާފު ގާއިމުކުރުމާއި، ހެޔޮކަންކަމަށް އަމުރުކުރުމާއި، ނުބައިކަންތައްތައް ނަހީކުރުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. އަދުލުވެރިކަން ނެތް އެއްވެސް މުޖުތަމައެއްގައި ހެޔޮކަމެއް ނޯންނާނެ ކަމަށާއި، އިންސާފާއި ހަމަހަމަކަން ނެތް މުޖުތަމައެއްގައި ސުލްހަވެރިކަމެއް ނޯންނާނެކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ހުއްޓުވުމަކީ އިސްލާމީ މުޖުތަމައެއްގެ އެންމެ އިސް ރުކުން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މުންކަރާތްތައް މަނާކުރާއިރު މީހުން ބަދުނާމުކޮށް، އެމީހުންގެ އާއިލާއަށް މަލާމާތް ރައްދުކޮށް، ފަޟީހަތްކުރުމަކީ، ކީރިތި ރަސޫލާ މަނާކުރައްވާފައިވާ ކަންކަން ކަމުގައި ޚުތުބާގައި ބުނެފައިވެއެވެ. ކުށަކަށް އަރައިގަންނަ މީހާއަށް މަލާމާތްކުރުމުގެ ބަދަލުގައި އެމީހުންނަށް ރަނގަޅަށް ތަރުބިއްޔަތުކޮށް އެމީހުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭނެކަމަށް ކީރިތި ރަސޫލާ ނަސޭހަތްތެރިވެލައްވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި ހަދީސްގައިވާފަދައިން ހެޔޮލަފާ ސުލްހަވެރި ޒުވާނުން ބިނާކުރުމުގައި ކޮންމެ މީހަކު ވެސް އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރަންޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި އިސްލާމީ އުންމަތް ހެޔޮގޮތުގައި ބިނާވެގެން ދިއުމުގެ އަސްލަކީ މުސްލިމުން އެބައިމީހުންގެ ދަރިން ތަރުބިއްޔަތު ކުރުމަށް ދިން ސަމާލުކަން ކަމުގައި ޚުތުބާގައި ވަނީ ބުނެފައެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް