Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުކުރު މިސްކިތް އަލުން މަރާމާތުކުރުން

ހުކުރު މިސްކިތުގެ ހާލަތު ބަލައި، އަމަލީ މަސައްކަތްކުރުމަށް، މިމަހުގެތެރޭގައި އިންޑިޔާގެ ޓީމެއް އަންނާނެ: ޠާރިޤް

މުޅި މިސްކިތުގެ ކަރަންޓް ވަޔަރިންގ އެއްކޮށް ބަދަލުކުރުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2021 | ބުރާސްފަތި 18:08
މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާ

މާލޭ ހުކުރު މިސްކިތުގައި ހިނގި އަލިފާނުގެ ހާދިސާ

ހުކުރު މިސްކިތް މިހާރު ހުރި ހާލަތު ބަލައި، އެތަން މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް މިމަހުގެތެރޭގައި އިންޑިޔާގެ ޚާއްސަ ޓީމެއް ރާއްޖެ އަންނާނެކަަމަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.

ދާދިފަހުން ހުކުރު މިސްކިތުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން، މިސްކިތުގައި ހުރި ލަކުޑީގެ ބައިތަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންލިބިފައެވެ. ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި މިހާދިސާއާ ގުޅޭގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ޠާރިޤް ވިދާޅުވީ، އަލިފާނުގެ ހާދިސާގައި މިސްކިތަށް ލިބިފައިވަނީ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ. ތާރީޚީ ސަގާފީ ތަރިކައަކަށް ކުޑަ ގެއްލުމެއް ލިބުނަސް އިޔާދަނުކުރެވޭ ގެއްލުމަކަށް ވާނަމަ އެކަމެއް ވާނީ ވަރަށް ބޮޑު ގެއްލުމަކަށްކަމަށް ޠާރިޤް ވިދާޅުވިއެވެ. މިސްކިތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުންނެވެ.

Advertisement - newsAdvertisement

ޠާރިޤް ވިދާޅުވީ، މިސްކިތުގެ ކަރަންޓް ވަޔަރިންގގެ ކަންކަން މިވަގުތަށް އެހުރީ އެންމެ ރަނގަޅަށް ހައްލުކުރެވިފައިކަމަށެވެ. ނަމަވެސް މުޅި މިސްކިތުގެ ކަރަންޓް ވަޔަރިންގ އެއްކޮށް ބަދަލުކުރުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭ ކަމަށެވެ. އަދި އެކަންކުރާނީ އިންޑިޔާ ޓީމު އައުމަށްފަހު ދެން ކުރިޔަށްދާ މަރާމާތުތަކުގެ ތެރޭގައިކަމަށް ޠާރިޤް ވިދާޅުވިއެވެ.

އަލިފާނުގެ ސަބަބުން މިސްކިތުގެ ލަކުޑީގެ ބައިތަކުގައި އަލިފާން ހިފާފައިވާ ކަމަށާއި, ބައެއް ލަކުޑިތައް ދެއްޔަށް ވާން ކައިރިވެފައި ހިސާބުގައި ހުރިކަމަށް ޠާރިޤް ވިދާޅުވިއެވެ.

އިންޑިޔާގެ އެހީތެރިކަމާއެކު، ހުކުރު މިސްކިތް ހިމާޔަތްކޮށް މަރާމާތުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އާރކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އޭ.އެސް.އައި)ގެ ޓީމެއް ވަނީ ރާއްޖެ އައިސް ވަނީ އެމަސައްކަތް ކޮށްފައެވެ. އެމަސައްކަތް ލަސްވެފައިވަނީ މަސައްކަތް ފެށިތަނާ ކޮވިޑްގެ ހާލަތު ކުރިމަތިވެ ލޮކްޑައުންކުރުމުގެ ސަބަބުންނެވެ. ނަމަވެސް މިއަހަރުގެ އޭޕްރީލް މަހު އަލުން މިޓީމު ވަނީ ރާއްޖެއައިސް އެމަސައްކަތްކޮށްފައެވެ.

ހުކުރު މިސްކިތަކީ ދިވެހިރާއްޖޭގައި ހުރި އެންމެ އާސާރީ އަދި އެންމެ އެންމެ ރީތި އެއް މިސްކިތެވެ. މި މިސްކިތް ބިނާކުރެވިފައިވަނީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1ގެ ރަސްކަމުގައި، 1658 ވަނަ އަހަރުގައެވެ. އޭރު މިސްކިތް އިމާރާތް ކުރުމަށް ބޭނުން ކުރީ ހިރިގަލެވެ. އަދި މަސައްކަތުގެ މާހިރުން ވަނީ، ސިމެންތި، މޯޓާ އަދި ލައިމް ފަދަ އެއްވެސް އެއްޗެއް ބޭނުން ކުރުމެއް ނެތި، ހިރިގަލުގައި ބިންވަޅުނަގައި، އެއްގާ އަނެއްގަލާ ގުޅުވައިގެން އިމާރާތްކޮށްފައެވެ. މި މިސްކިތް 2008ވަނަ އަހަރު ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި، ހިމެނުނެވެ. މާލޭ ހުކުުރު މިސްކިތަކީ 360 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އާސާރީ ބިނާއެކެވެ.

ހުކުރު މިސްކިތް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ހުކުރު މިސްކިތު އިމާރާތުގެ ހާލަތު ދެެނެގަތުމަށް ސަރވޭއެއް

ހުކުރު މިސްކިތު އިމާރާތުގެ ހާލަތު ދެެނެގަތުމަށް ސަރވޭއެއް

17 މާރިޗު 2023
ހުކުރު މިސްކިތުގައި ހުރި ގަސްތަކެއް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަދަލުކުރަނީ

ހުކުރު މިސްކިތުގައި ހުރި ގަސްތަކެއް ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ބަދަލުކުރަނީ

01 މާރިޗު 2023
އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

27 އޮކްޓޯބަރު 2022
ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓަރ ޔުމްނާ އަދި ސަފީރު މަހާވަރު ބައްލަވާލައްވައިފި

ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓަރ ޔުމްނާ އަދި ސަފީރު މަހާވަރު ބައްލަވާލައްވައިފި

26 ޖުލައި 2022

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު