Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް ބަހުސް

"މި ބަޖެޓްގައި ނެތީ ކަޅު ކޮތަަޅަކަށް އަޅައިގެން މުލިއާގެއަށް ގެންދަން ޖެހޭ ފައިސާގެ އަދަދުތައް"

ހަމައެކަނި ބަޖެޓްގައި ޖަހާފައި ނިންމާނުލާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 9 ނޮވެމްބަރު 2021 | އަންގާރަ 11:10
ރޮޒޭނާ އާދަމް / އައްޑޫ މީދޫ ދާއިރާގެ މެމްބަރު

ރޮޒޭނާ އާދަމް / އައްޑޫ މީދޫ ދާއިރާގެ މެމްބަރު

އަންނަ އަހަރުގެ ބަޖެޓުގައި ނެތިގެން އުޅެނީ ކަޅު ކޮތަޅަށް އަޅައިގެން މުލިއާގެއަށް ވައްދާ ފައިސާ ކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް، އިދިކޮޅު މެމްބަރުންނަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓް ބަހުސްގައި އިދިކޮޅު މެމްބަރުން ގެންދަވަނީ, އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ މުހިއްމު ކަންކަން ބަޖެޓްގައި ހިމަނާފައި ނުވާކަމަށާއި، ބަޖެޓްގެ ދަރަނި ބޮޑުކަމަށް ވިދާޅުވެއެވެ. ލޯނު ނަގައިގެން ސަރުކާރުން ރައްޔިތުންނަށް ފައިދާވާ ކަމެއް ނުކުރާ ކަމަށް އިދިކޮޅު މެމްބަރުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

Advertisement - newsAdvertisement

މި ވާހަކަތަކަށް ރައްދު ދެއްވައި ރޮޒޭނާ ވިދާޅުވީ، ބަޖެޓްގައި ނެތީ ކަޅު ކޮތަޅަށް އަޅައިގެން މުލިއާގެއަށް ވައްދާ ފައިސާ ކަމަށާއި، މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، ބަޖެޓްގައި ސީދާ އަދަދުތަކެއްގެ ގޮތުގައި ފެންނަން ނެތް ކަމުގައި ވިޔަސް ހިނގައިގެން ދިޔަކަން ޔަގީނުން އެނގެން އޮތް ކަންތައްތައް ކަމަށް ރޮޒޭނާ ބިދާޅުވިއެވެ.

ރޮޒޭނާ ވިދާޅުވީ، އިދިކޮޅުން ލޯނުގެ ވާހަކަ ދައްކާއިރު، މި ބަޖެޓް ބަލާލުމުން ލޯނުން ކުރެވޭ ކަންތައް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. އެކި ދާއިރާތަކަށް ކުރެވުނު ޚަރަދާއި, ޕެންޑަމިކްގައިވެސް ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުން ކަމަށެވެ. ބަޖެޓްގައި ޖަހާ ކޮންމެ ކަމަކީ އެ އަހަރުގެ ތެރޭގައި ނިމޭނެ ކަންކަން ނޫން ކަމަށާއި، މި ސަރުކާރުން ވެފައިވާ ވައުދަކީ ފަސް އަހަރަށް ވެފައިވާ ވައުދުތަކެއް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ފަސް އަހަރުގެ ވެރިކަން ނިމޭއިރު، ވައުދުތައް ފުއްދޭނެ ކަމަށާއި، ހަމައެކަނި ބަޖެޓްގައި ޖަހާފައި ނިންމާނުލާނެ ކަމަށެވެ. ލޯނު ނަގައިގެން ކުރަނީ މުސްތަގުބަލަށް ކުރާ އިންވެސްޓްމެންޓްތައް ކަމަށެވެ.

ލޯނުގެ ސަތޭކަ މިލިއަން ރައީސް ޞާލިޙުގެ އެކައުންޓުން ފެނިވަޑައި ނުގަންނަވާނެ ކަމަށާއި، ކަޅު ކޮތަޅަށް ލައިގެން އެ ފައިސާ މުލިއާގެއަށް ވައްދާތަންވެސް ފެނިވަޑައި ނުގަންނަވާނެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ލޯނުގެ ވާހަކަ ރައްޔިތުންނަށް އޮޅޭ ގޮތަށް ދައްކައިގެން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް ވިދާޅުވިއެވެ. ސޯޝަލް ހައުސިންގ ހެދުމަށް ނެގި ލޯނުން އެތަން ނުނިންމައި, ހަތަރު ފާރު މި ސަރުކާރާ ހަވާލުކޮށް, ތަށިމުށި ގަނެދޭން ބުނެ ވާހަކަދައްކަން އިދިކޮޅު މެމްބަރުން ހަގީގަތުގައި ލަދުގަންނަން ޖެހޭނެ ކަމަށް ރޮޒޭނާ ވިދާޅުވިއެވެ. ތަށިމުށި ނުޖެހި ހުރީ ކީއްވެގެންތޯއާއި އެއީ ކޮންބަޔަކު ހިންގި ވައްކަމެއްގެ ސަބަބުންތޯ ރޮޒޭނާ ސުވާލު އުފެއްދެވިއެވެ.

ބަޖެޓް 2022ރައްޔިތުންގެ މަޖިލިސްރޮޒައިނާ އާދަމް

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި

25 ނޮވެމްބަރު 2025
އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ޚާއްސަ ޤާނޫނެއް ހެދުމަށް ސަރުކާރާއި މަޖިލީހަށް އެމްޑީޕީ އިން ގޮވާލައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު