Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖިންސީ ގޯނާ

ޖިންސީ ގޯނާ އާންމުވެ، ސްކޫލްތަކުގެ އިންފާރުން އެތެރެއަށް!

6 ނޮވެމްބަރު 2021 | ހޮނިހިރު 07:32

ގަދަރުވެރި މަގާމުތަކުގައި ތިބޭ މީހުންގެ ފަރާތުން ކުޑަކުދިން ޖިންސީ ގޯނާއަށް ހުށަހެޅިގެންދާ މިންވަރު ވަނީ އިތުރުވެފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 ނޮވެމްބަރު 2021 | ހޮނިހިރު 07:32
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން

ޖިންސީ ގޯނާ އަކީ އަބަދުވެސް އަޑުއިވޭ ވާހަކައެކެވެ. އުމުރުން ކިތަންމެ ހަނގަސް ދޮއްޓަސް މިކަމުގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ނިސްބަތަށް ބަލާލިޔަސް ޖިންސީ ގޯނާގެ މައްސަލަތައް ގިނައެވެ. މިހާރު މި ވާހަކަތަކުގެ އަޑު ގަދަވެފައިވާއިރު ކުރީ ޒަމާނުގައި ޖިންސީ ގޯނާގެ ވާހަކަތައް ދެއްކުމާއި އާންމުންނަށް އެނގުމަކީ އާއިލާގެ އަގުވެއްޓި ބޭޒާރުވާކަމެއްގެ ގޮތުގައި ގިނަ މީހުން ހީކުރިއެވެ. ނަމަވެސް ޒަމާން ބަދަލުވެ މިއަދު މިވާހަކަތައް ދައްކާ މިންވަރު ވަނީ އިތުރުވެފައެވެ. މިއަދު ބަސްބުނާ މީހުން އެ ބަސް ބުނަނީ، އިންސާފު ލިބޭނެކަމުގެ އުންމީދުގައެވެ. އެމީހެއްގެ އަމިއްލަ ނަފްސަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދުމަށެވެ. މި ބިރުވެރިކަމުން ސަލާމަތްވެ، ކުށްކުރި މީހާއަށް ހައްގު އަދަބު ދިނުމުގެ އުންމީދުގައެވެ.

ޖިންސީ ގޯނާގެ ޝިކާރަޔަކަށް ވަމުންދާ ގިނަ މީހުން މިއަދު މިކަމަށް ހޭލުންތެރިއެވެ. އެފަދަ އަމަލެއް ހިންގައިފިނަމަ އެންމެ ކުޑަ ކުއްޖާއަށް ވެސް އެއީ ގޯސްކަމެއްކަން އެނގޭ ވަރަށް ކުދިންގެ ހޭލުންތެރިކަން ވެސް އިތުރުވެއްޖެއެވެ.

މިއަދު މިވަނީ ކުއްޖާއަށް ރިވެތި އަޚުލާގާއި އުޅުން ދަސްކޮށްދޭން ތިބި ބައެއް މީހުންގެ ފަރާތުން މިފަދަ ހަޑިމުޑުދާރު އަމަލުތައް ފެންނަން ފަށާފައެވެ. މައިންބަފައިން ނަގާފައި ކުއްޖާގެ ދެވަނަ މަންމަ ނުވަތަ ބައްޕައަކަށް މިވަނީ އެކުއްޖާ ތައުލީމު ހާސިލް ކުރަންމުންދާ ތަނެއްގައި ތިބޭ މީހުންނެވެ. މިއަދު ޚަބަރުތަކުގެ ފަލަސުރުޚީން ފެންނަމުން މިދަނީ އަޑު އަހަން ފަސޭހަ ވާހަކަތަކެއް ނޫނެވެ. އަޑު އަހަން އުނދަގޫ ވާހަކަތަކެކެވެ. އެ ވާހަކައެއް އަޑުއިވުމުން، އެފަދަ ކުއްޖަކާ ދޭތެރޭގައި މިހާ ބޮޑު އިހުމާލެއް ވުމަށް ދޫކޮށްލި މީހުންނަށް ހިތް ނަފްރަތު ކުރާ ކަހަލަ ވާހަކަތަކެކެވެ.

ގަދަރުވެރި މަގާމުތަކުގައި ތިބޭ މީހުންގެ ފަރާތުން ކުޑަކުދިން ޖިންސީ ގޯނާއަށް ހުށަހެޅިގެންދާ މިންވަރު މިވަނީ އިތުރުވެފައެވެ. ހާލަތު މިއޮތީ އިތުބާރު ކުރަންވީ ކާކަށް ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ ހިސާބުގައެވެ. ދާދިފަހުން އެންމެ ބޮޑަށް އާންމުވެގެން ދިޔަ އެއް ވާހަކަ އަކީ މާލެ ސަރަހައްދުގެ ސްކޫލެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ވާހަކައެވެ. މިފަދަ ކަމެއް ތަނެއްގެ ތެރޭގައި ހިނގާނީ އެތައް ބައެއްގެ އިހުމާލުންނެވެ. އެ އިހުމާލަށް ފަސް އަޅާ ފޮރުވަން މަސައްކަތް ކުރާ މަންޒަރު ފެނިގެންދެއެވެ. އެހެންނަމަވެސް އެތަނަކުން އެވީ ކަމަކަށް ޒިންމާ ނަގައި ކަން ހިނގައިދިޔަ ގޮތަށް ޖަވާބުދާރީ ވެސް ވާން ޖެހޭނެއެވެ. އެހެންނަމަވެސް ގިނަފަހަރަށް މިފެންނަނީ އެ މަންޒަރެއް ނޫނެވެ. މައްސަލަ އޮއްބުމަށް މަސައްކަތް ކުރާ ތަނެވެ. ވީކަމެއް ނުވާކަމަކަށް ހެދުމަށް އެކި ބަހަނާތައް ދައްކާ މަންޒަރެވެ.

މައިބަފައިން ދަރިން ސްކޫލަށް ފޮނުވަނީ އެ ސްކޫލަކަށް ނުހަނު އިތުބާރު ކުރުމަށްފަހުގައެވެ. އެ މައިންބަފައިން ވެސް ދަރިން ގެންގުޅޭހާ ލޯބިން، ހިތްހެޔޮކޮށް ހިތާނެ ކަމުގެ އުންމީދުގައެވެ. އެކުދިންނަށް ކުޑަވެސް އަނިޔާއެއް ލިބުމަށް ނޭދޭކަމަށް ދެކިގެންނެވެ. އެހެން ނަމަވެސް ކުޑަކުދިންނަށް ވެވޭ މިފަދަ އިހުމާލުތަކުން، މައިންބަފައިންގެ އިތުބާރު ގެއްލެނީއެވެ. ކުދިން ސްކޫލަށް ފޮނުވުމަށް ވެސް ޖެހިލުންވަނީއެވެ. އަމިއްލަ ދަރިފުޅުގެ ސަލާމަތާއި ރައްކާތެރިކަމަށް ބިރު ގަންނަނީއެވެ. ޖިންސީ ގޯނާ އާންމުވެ، ސްކޫލްތަކުގެ އިންފާރުން އެތެރެއަށް ވަދެފައިވާއިރު ޖިންސީ ގޯނާގެ ޝިކާރައަކަށް އަމިއްލަ ދަރިފުޅު ވާނީ ކޮންއިރަކު ބާއޭ ހިތަށް އަރާ މައިންބަފައިން މިހާރު މަދެއް ނޫނެވެ.  

މާލެ ސަރަހައްދުގެ ސްކޫލެއްގައި ހިނގި މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވާއިރު ގިނަ ފަހަރަށް މިފަދަ މައްސަލަތައް "ތަހުގީގު" ގެ މަރުހަލާގައި އޮންނަތާ އެތައް އަހަރުތަކެއްވާނެއެވެ. ކުށްކުރި މީހާ މުޖުތަމައުއަށް ދޫވެ، މިފަދަ އެހެން އަމަލުތައް ވެސް ހިންގަމުންދާއިރު މައްސަލަ އަދިވެސް އޮންނަނީ ބަލަމުންދާ މައްސަލައެއްގެ ގޮތުގައެވެ. މިއީ ހިތަމާވެރިކަމެކެވެ. މިފަދަ މައްސަލަތަކަށް ހަލުވި މިނެއްގައި އިންސާފު ލިބެން އެބަޖެހެއެވެ.

ޖިންސީ ގޯނާ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2024

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2024
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
22 ޖުލައި 2024

ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

22 ޖުލައި 2024
ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
16 މެއި 2024

އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު

16 މެއި 2024
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު
12 ޑިސެމްބަރު 2022

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި

12 ޑިސެމްބަރު 2022
11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި
07 ނޮވެމްބަރު 2022

ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް

07 ނޮވެމްބަރު 2022
ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް
07 ނޮވެމްބަރު 2022

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 28 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި

07 ނޮވެމްބަރު 2022
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 28 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި
02 ނޮވެމްބަރު 2022

12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

02 ނޮވެމްބަރު 2022
12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
27 ޖުލައި 2022

ޖިންސީ ގޯނާގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވޭ

27 ޖުލައި 2022
ޖިންސީ ގޯނާގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވޭ
31 މެއި 2022

ޖިންސީ ގޯނާގެ ތުހުމަތުވާ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

31 މެއި 2022
ޖިންސީ ގޯނާގެ ތުހުމަތުވާ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު
10 މެއި 2022

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ގޯނާކުރި ކަމަށް ބުނާ މީހާ ދޫކޮށްލި މައްސަލަ މާދަމާ ހައިކޯޓަށް ހުށައަޅަނީ

10 މެއި 2022
އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ގޯނާކުރި ކަމަށް ބުނާ މީހާ ދޫކޮށްލި މައްސަލަ މާދަމާ ހައިކޯޓަށް ހުށައަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް