Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާސްޕޯޓަށް އެދި ހުށަހެޅުން

އިމިގްރޭޝަންގެ އޮންލައިން އެޕަށް ގެންނަ އަޕްޑޭޓަކާ ގުޅިގެން ޕާސްޕޯޓަށް ހުށަހެޅޭނެ ވަގުތު ކުރުކޮށްފި

5 ނޮވެމްބަރު 2021 | ހުކުރު 07:22

ޕާސްޕޯޓަށް އެދި ހުށަހެޅޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00ން ހަވީރު 04:00އާ ހަމައަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ނޮވެމްބަރު 2021 | ހުކުރު 07:22
މީގެ ކުރިން ވިސާ އާއި ގުޅޭ ޚިދުމަތްތައް ދެމުން އައިސްފައިވަނީ ހުރަވީ ބިލްޑިންގްއިން

މީގެ ކުރިން ވިސާ އާއި ގުޅޭ ޚިދުމަތްތައް ދެމުން އައިސްފައިވަނީ ހުރަވީ ބިލްޑިންގްއިން

އިމިގްރޭޝަންގެ އޮންލައިން އެޕްލިކޭޝަން އިމުގައަށް ގެންނަ އަޕްޑޭޓަކާ ގުޅިގެން ޕާސްޕޯޓަށް ހުށަހެޅޭނެ ވަގުތު ކުރުކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ދެން ޕާސްޕޯޓަށް އެދި ހުށަހެޅޭނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00ން ހަވީރު 04:00އާ ހަމައަށް ކަމަށެވެ. އިމިގްރޭޝަނުން ވަނީ ވަކި ގޮތެއް އަންގަންދެން އަމަލުކުރާނީ އެގޮތަށް ކަމަށް ބުނެ އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.

Advertisement - newsAdvertisement

މި އެޕް އަޕްގްރޭޑްކުރުމުގެ މަސައްކަތް ޖުލައި މަހުގެ 31 ގައި ވެސް އިމިގްރޭޝަނުން ވަނީ ކޮށްފައެވެ. އަދި އޮގަސްޓު 1 ވަނަ ދުވަހު އެޕް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެއަށް އައުމާއި ރާއްޖެއިން ފުރުމުގެ 24 ގަޑިއިރު ކުރިން އެ އިދާރާއަށް ހުށަހަޅަންޖެހޭ ހެލްތު ޑިކްލަރޭޝަން ފޯމު އިމުގާ ޕޯޓަލް މެދުވެރިކޮށް މިހާރު ހުށަހެޅޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެ އެތެރެވުމާއި ރާއްޖެއިން ބޭރުވުމުގެ ކުރިން ހެލްތް ޑިކްލަރެޝަން ފޯމު އިމިގްރޭޝަނަށް ހުށަހަޅަންޖެހެއެވެ. މި ފޯމުގައި ވެކްސިން ފުރިހަމަކޮށްފައިވާނަމަ އެކަމުގެ ތަފްސީލު ހާމަކުރަންޖެހެއެވެ. އެކަމުގެ ލިޔެކިޔުންތަކުގެ ކޮޕީއެއް ހެލްތު ޑިކްލަރޭޝަން ފޯމާއެކު އިމުގާ ޕޯޓަލްއަށް ހުށަހަޅަންޖެހެއެވެ.

މީގެ އިތުރުން ވެކްސިންގެ ޑޯޒް ފުރިހަމަކުރުމަށްފަހު 14 ދުވަސް ހަމަނުކޮށް ރާއްޖެ އަންނަ މީހުންނާއި، ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިނުވާ މީހުންނަށް ރާއްޖެ އެތެރެވެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މިގޮތަށް ރާއްޖެ އަންނަ މީހުންގެ ތެރެއިން 1 އަހަރު ނުފެރޭ ކުޑަކުދިން، އެކުދިން ރާއްޖެ އައުމުގެކުރިން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ހޯމް ކަރަންޓީން ނިންމާގޮތަށް ކޮވިޑަށް ޓެސްޓުކޮށް، ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރާއްޖެ އައުމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުގައި ތިބޭ ދިވެހިން ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކުރާނަމަ ރާއްޖެ އައުމުގެކުރިން 10 ދުވަހުގެ ހޯމް ކަރަންޓީނެއް ފުރިހަމަކުރަންޖެހެއެވެ.

އެކި ގައުމުތަކުން ބޭނުންކުރާ ޕާސްޕޯޓްތައް ރޭންކުކުރާ "ދަ ހެންލީ ޕާސްޕޯޓް އިންޑެކްސް"ގައި މިއަހަރު ރާއްޖެއަށް ވަނީ 66 ވަނަ ލިބިފައެވެ. ގައުމުތަކުން ބޭނުންކުރާ ޕާސްޕޯޓްތައް ރޭންކުކުރުމުގައި ބަލަނީ ދާން ބޭނުންވާ ތަނަކަށް ދިޔުމުގެ ކުރިން ވިސާ ހައްދަން ނުޖެހޭގޮތަށް ހުރޭތޯއެވެ. އެގޮތުން އެ ޕާސްޕޯޓެއް ބޭނުންކޮށްގެން ދެވެނީ ކިތައް ގައުމަށްތޯ ބަލައެވެ. އަދި ގައުމުތައް ރޭންކުކުރަނީ އެގޮތަށް ދެވޭ ތަންތަނުގެ އަދަދުގެ ނިސްބަތުންނެވެ. މިއަހަރުގެ ލިސްޓަށް ބަލާއިރު ރާއްޖޭގެ ޕާސްޕޯޓުގައި 87 ގައުމަކަށް ނުވަތަ ތަނަކަށް (ކުރިން ވިސާ ހެއްދުމަކާ ނުލައި) ދެވެއެވެ. މިދިޔަ އަހަރު ރާއްޖެއަށް ލިބިފައިވަނީ ރޭންކިންގގެ 59 ވަނައެވެ. އެއީ 85 ތަނަކަށް ދެވޭގޮތަށް އޮތުމުންނެވެ.

އިމިގްރޭޝަން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ
23 ސެޕްޓެމްބަރު 2025

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް
07 އޯގަސްޓު 2025

" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް " : އިމިގްރޭޝަން

07 އޯގަސްޓު 2025
" އިނގިރޭސިވިލާތުގައި ޖިންސީ ގޯނާގެ މައްސަލަ އެއްގައި ދިވެއްސަކަށް ޙުކުމް ކުރި ކަމަށް ބުނެ ފެތުރެނީ ދޮގެއް "  : އިމިގްރޭޝަން
29 ޖޫން 2025

އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި

29 ޖޫން 2025
އިމިގްރޭޝަންގެ ގުދަނަކުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި
13 މެއި 2025

ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި

13 މެއި 2025
ކުރީގެ ކޮންޓްރޯލާ، ޝަމްއާން ހިމެނޭހެން ފަސް މީހަކަށް ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2025

ގަވާއިދާ ހިލާފަށް ހުރާގައި އުޅުނު 46 ބިދޭސީއަކު ހައްޔަރަށް.

30 ޖެނުއަރީ 2025
ގަވާއިދާ ހިލާފަށް ހުރާގައި އުޅުނު 46 ބިދޭސީއަކު ހައްޔަރަށް.
25 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖެއްސި މައްސަަލަ ފުލުހުން ބަލަން ފަށައިފި

25 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖެއްސި މައްސަަލަ ފުލުހުން ބަލަން ފަށައިފި
24 ޑިސެމްބަރު 2024

ލޯކަލް މާރުކޭޓް ސަރަހައްދު ރެއިޑްކޮށް 23 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

24 ޑިސެމްބަރު 2024
ލޯކަލް މާރުކޭޓް ސަރަހައްދު ރެއިޑްކޮށް 23 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
22 ޑިސެމްބަރު 2024

ހިޔާ ފްލެޓުގައި ހިންގި ރެއިޑް އޮޕަރޭޝަނުގައި 3 ބިދޭސީއަކު ހައްޔަރުކޮށްފި

22 ޑިސެމްބަރު 2024
ހިޔާ ފްލެޓުގައި ހިންގި ރެއިޑް އޮޕަރޭޝަނުގައި 3 ބިދޭސީއަކު ހައްޔަރުކޮށްފި
17 ޑިސެމްބަރު 2024

ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި

17 ޑިސެމްބަރު 2024
ކިއްލިއާއި ހަނާކުރި ފޯކާއި ތެލުލިފަތް ތައްޔާރުކޮށް ވިއްކަމުންދިޔަ ބިދޭސީއެއް ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް