Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްލާމް ދީނުގެ މަތިވެރި ނިއުމަތް

ދީނާ ޚިލާފު ފިކުރުތައް ފެތުރުމަށް ފައިސާއާއި ސިޔާސީ ނުފޫޒު ބޭނުންކުރޭ : ޚުތުބާ

5 ނޮވެމްބަރު 2021 | ހުކުރު 08:16

މުސްލިމުންގެ ހިތްތަކުގައި އިސްލާމްދީނާ މެދު ޝައްކު އުފެއްދުމަށް މިއަދު ވެސް މަސައްކަތް ކުރޭ

އަމްނާ އިމާދު
އަމްނާ އިމާދު | 5 ނޮވެމްބަރު 2021 | ހުކުރު 08:16
އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން،

އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން،

އިސްލާމް ދީނާ ޚިލާފު ފިކުރުތައް ފެތުރުމަށް ގިނަ އަދަދެއްގެ ފައިސާއާއި، ސިޔާސީ ނުފޫޒު ބޭނުންކުރާ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''އިސްލާމް ދީނުގެ މަތިވެރި ނިއުމަތް'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިސްލާމް ދީނުގެ އަދުއްވުން މިއަދު ވެސް މަސައްކަތް ކުރަމުންދަނީ، އިސްލާމް ދީނުގެ އަގީދާ ބަލިކަށިކޮށް މުސްލިމުންގެ ހިތްތަކުގައި އިސްލާމްދީނާ މެދު ޝައްކު އުފެއްދުމަށް ކަމަށެވެ. ޚުތުބާގައި ބުނީ އިސްލާމް ދީނާ ޚިލާފު ފިކުރުތަކުގެ އަހުލުވެރިން، މުސްލިމުންގެ ހިތްތަކަށް ވެރިވެގަތުމަށް ގިނަ އަދަދެއްގެ ފައިސާއާއި، ސިޔާސީ ނުފޫޒާއި މިނިވަންކަމުގެ ޝިއާރުތައް ބޭނުންކޮށް، އެމީހުންގެ ދީނަކީ ވަރަށް އޯގާތެރި ދީނެއްކަން މުސްލިމުންނަށް ދައްކާ ކަމަށެވެ. އެފަދަ މީހުންނަކީ ހަރުކަށިކަން އިންތިހާއަށް އިސްކުރާ ބައެއްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ މިހާރަކަށް އައިސް ސައްތައިން ސައްތަ މުސްލިމް ގައުމުގެ ބައެއް މީހުންގެ ފުށުން، އިސްލާމް ދީނާ ދެކޮޅު އަމަލުތައް ފެންނަ ކަމަށެވެ. އަދި އިސްލާމް ދީނުގެ ނަމުގައި، މީހުންގެ މުދަލަށް ގެއްލުންދިނުމާއި، މީހުން މެރުމާއި، އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލުމާއި، ދީނާމެދު ނަފުރަތު އުފެއްދުމުގެ އަމަލުތައް ހިންގުމަކީ އިސްލާމް ދީނަށް ކުރެވޭ ވަރަށް ބޮޑު އިހާނެތިކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ޚުތުބާގައި ބުނީ މަދުން ނަމަވެސް، ފާޅުގައި، އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބަޔަކު އުޅޭކަމީ، ހިތާމަހުރި ކަމެއް ކަމަށެވެ.

ޚުތުބާގައި ބުނީ މީސްމީޑިޔާގައި، ފާޅުގައި، ނުވަތަ ވަގު އެކައުންޓުތައް ހަދައިގެން، އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، އިސްލާމް ދީނަށާއި، އިސްލާމީ ޝިއާރުތަކަށް ޖޯކު ޖަހާ ކަމަށެވެ. އަދި އިސްލާމް ދީނާ ބެހޭ ޞައްޙަ މައުލޫމާތު ހޯދައި، ދީނާ ދެކޮޅަށް ހިންގާ ޖަރީމާގެ އަމަލުތައް ހުއްޓާލުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ވަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، މިގައުމުގެ އަމްނުއަމާންކަން ދެމެހެއްޓުމަށް ހެދިފައިވާ ގާނޫނުތަކުގެ ދަށުން، މި ފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދައި، ފިޔަވަޅު އެޅުމަށް ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކަށް އިލްތިމާސްކޮށްފައެވެ.

އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު ދެއްވިކަމަށްޓަކައި ޝުކުރުވެރިވާން ޖެހޭކަން ފާހަގަކޮށް ޚުތުބާގައި އިސްލާމް ދީނަކީ މުޅި ހަޔާތް އެ ދީނުގެ އުސޫލުތަކާ އެއްގޮތަށް ބައްޓަންކުރަންޖެހޭ ދީން ކަމަށެވެ. ދުނިޔެ ހޯދާފައިވާ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި، ރަށްވެހިކަމުގެ ސަބަބުން އިންސާނާގެ ހަޔާތަށް މާއްދީ ގިނަގުނަ ފާގަތިކަމާއި، އަރާމުތައް ލިބެމުން ދިޔަ ނަމަވެސް އިސްލާމް ދީނުގެ އިލްމާ ދުރުވެއްޖެ ނަމަ އޭނާއަށް ބޭނުންވާ ރޫޙާނީ ކާނާތައް ދާނީ، މަދުވަމުން ފަގީރުވަމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމް ދީނަކީ މުސްލިމުންގެ ހަޔާތުގެ އެންމެހާ ކަންތައްތައް އެ ދީނުގައި ޝާމިލުވާ ފުރިހަމަ ދީން ކަމަށާއި، އިސްލާމް ދީނަކީ މުސްލިމަކު ދުނިޔެއަށް އުފަންވީން ސުރެ، އުޚްރަވީ ހަޔާތަށް ވާސިލުވަންދެން އޭނާގެ ހުރިހާ ކަމެއް ރާވައިދޭ މަންހަޖު ކަމަށެވެ. އެހެންކަމުން އިސްލާމް ދީނުގެ އަގުތައް މިއަދު މުސްލިމުންގެ ހިތްތަކުގައި އަލުން ދިރުވަން ޖެހިފައިވާ ކަމަށާއި، އިންސާނާގެ ހަޔާތަށް ހިތްހަމަޖެހުމާއި، ބާއްޖަވެރިކަން ގެނެސްދީ، ހިތްތަކުގައި އެކުވެރިކަމާއި، އޯގާތެރިކަމާއި، އެއްބަނޑު އެއްބަފާކަމުގެ ޝުއޫރުތައް އަށަގެންނެވުމަށް އިސްލާމް ދީނުގެ ހަމަތަކުގައި ހިފުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.

ހުކުރު ޚުތުބާޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް