Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަށްތައް ކޯޒްވޭއިން ގުޅާލުން

ރަށްތައް ކޯޒްވޭއިން ގުޅާލުން: މުޅި ހައްދުންމައްޗަށް ވެސް ކުރިއެރުންތަކެއް އަންނާނެ

ލ. އަތޮޅުން 5 ރަށެއް ގުޅާލާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 08:50
ލ. ގަން

ލ. ގަން

ރާއްޖޭގެ އާބާދީ މަދު ރަށްރަށް ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން ލ. އަތޮޅުން 5 ރަށެއް ގުޅާލެވުމުން، ހައްދުންމައްޗަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އާބާދީ މަދު ރަށްރަށް އެއްފަސްކުރުމުގެ ގޮތުން ރަށްތަކުގެ މެދުގައި ކޯޒްވޭއެއް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ލ. އަތޮޅުގެ 5 ރަށެއް އެއްފަސްކުރުމަށް ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައެވެ. މީގެ ތެރެއިން ކޯޒްވޭއިން ގުޅާލަން ނިންމާފައިވާ ރަށްތަކަކީ ލ. ކަލައިދޫ އާއި ލ. ދަނބިދޫ ގުޅާލުމާއި، ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. މިއިން ކޮންމެ ރަށެއް އެއްފަސްކުރުމަށް ކޮންމެ ރަށަކަށް ކަނޑައަޅާފައިވަނީ އެއް މިލިއަން ރުފިޔާއެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވީ މި ރަށްތައް ގުޅާލެވުމުން އެ ސަރަހައްދުގެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި މި ސަރަހައްދުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގި، ދަތުރުފަތުރުގެ ގޮތުންނާއި، ވިޔަފާރީގެ ގޮތުން ވެސް ކުރިއެރުންތައް ގެނުވާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މި ސަރަހައްދުތަކަކީ ދަނޑުވެރިކަމުގެ މަސައްކަތްކުރާ މީހުން ވެސް ގިނަ ސަރަހައްދަކަށްވުމާއެކު ދަނޑުވެރިކަމުގެ މަސައްކަތްތައް ވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ފަތުރުވެރިކަމުގެ ރޮނގުން ވެސް މި ސަރަހައްދުތަކަށް ކުރިއެރުންތަކެއް ގެނުވާނެ ކަމަށާއި، ތައުލީމާއި ސިއްހީ ފަރުވާ ފަދަ ޚިދުމަތްތައް ވެސް ފަސޭހައިން ފޯރުކޮށްދެވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އިސްމާއިލް ވިދާޅުވީ މި މަސައްކަތަކީ ހުރިހާ ސަރުކާރަކުން ވެސް ކުރަން އަމާޒު ހިފިނަމަވެސް ނުވެ އޮތް މަސައްކަތެއް ކަމަށެވެ. މިއީ މި ސަރަހައްދުގެ ރައްޔިތުންގެ ވެސް ބޮޑު އުންމީދެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ލ. ކުނަހަންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝަކީބް ވިދާޅުވީ މި މަސައްކަތަކީ ކުނަހަންދޫއަށް ގިނަ ތަރައްގީތަކެއް ގެނުވާނެ މަސައްކަތެއް ކަމަށެވެ. މިގޮތުން ލ. ހިތަދޫ، ލ. މެންދޫ އަދި ލ. ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމަށް ވަނީ ނިންމާފައެެވެ. މެންދޫއަކީ ދަނޑުވެރިކަމަށް ބޭނުންކުރާ ރަށަކަށްވުމުން ދަނޑުވެރިކަން އިތުރަށް ކުރިއެރުމަށް މަގުފަހިވެގެންދާނެކަން ޝަކީބް ފާހަގަކުރެއްވިއެވެ. އަދި ތައުލީމާއި، ސިއްހީ ޚިދުމަތް ހޯދުމަށް ވެސް އިތުރަށް ފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޝަކީބު ވަނީ މިއާއެކު އެރަށުގައި ހުރި އެހެނިހެން ބައެއް މައްސަލަތަކަށް ވެސް ހައްލު ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ނަރުދަމާގެ މައްސަލައާއި، މަގުތަކުގައި ފެން ހެދުމުގެ މައްސަލައަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ މ، ތ، ލ. އަދި ބ. އަތޮޅުގެ ރަށްތަކެއް ގުޅާލުމަށެވެ. އޭގެތެރޭގައި ހިމެނެނީ ބ. ގޮއިދޫ އާއި ބ. ފެހެންދޫ ގުޅާލުމާއި، ލ. ކުނަހަންދޫ އާއި ލ. މެންދޫ އަދި ލ. ހިތަދޫ ގުޅާލުމާއި، ލ. ކަލައިދޫ އާއި ލ. ދަނބިދޫ ގުޅާލުމާއި ތ. ވޭމަންޑޫ އާއި ތ. ކިނބިދޫ ގުޅާލުމުގެ އިތުުރުން މ. މުއްޔާއި މ. ނާލާފުށި ގުޅާލުމެވެ. މި ޕްރޮޖެކްޓަށް މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ.

ލ އަތޮޅު ކައުންސިލްފިނޭންސް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު