Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް26

ނެޓް ޒީރޯ އެމިޝަންގެ އަމާޒަށް ވާސިލްވުމަށް ޖަޕާނުން 10 ބިލިއަން ޑޮރުގެ އެހީއެއް

ޖަޕާނުން ހޭދަކުރާނެކަމަށް ވައުދުވެފައިވާ 60 ބިލިއަން އެމެރިކާ ޑޮލަރުގެ އިތުރަށް ދޭން ނިންމި އެހީއެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 3 ނޮވެމްބަރު 2021 | ބުދަ 08:24
ޖަޕާންގެ ބޮޑުވަޒީރު ކިޝިޑާ

ޖަޕާންގެ ބޮޑުވަޒީރު ކިޝިޑާ

ކުރިޔަށް އޮތް 5 އަހަރުތެރޭ، "ނެޓް ޒީރޯ އެމިޝަން"ގެ އަމާޒަށް ވާސިލްވުމަށް އޭޝިއާއިން ކުރަމުންދާ މަސައްކަތްތަކަށް 10 ބިލިއަން ޑޮރުގެ އެހީ ފޯރު ކޮށްދޭނެކަން ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ ހާމަކުރައްވައިފިއެވެ.

އިގިރޭސިވިލާތުގައި މިހާރު ކުރިޔަށްދާ ކޮޕް26 ސަމިޓުގައި ކިޝިޑާވަނީ، ދުނިޔެ ހޫނުވަމުންދާ މައްސަލައަށް ހައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އޭޝިއާ "ޒީރޯ އެމިޝަން"އަށް ވާސިލް ކުރުމަށް ޖަޕާންއިން މަސައްކަތް ކުރާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވެފައެވެ. ދުނިޔޭގެ އިޤްތިޞާދީ ކުރިއެރުމުގެ އިންޖީނަކީ އެއީ ކަމަށް ބޮޑުވަޒީރު ކިޝިޑާ ސިފަކުރެއްވިއެވެ. ބޮޑުވަޒީރުކަމާ ހަވާލުވެވަޑއިގަތްތާ މާ ގިނަ ދުވަހެއް ނުވެ އިނގިރޭސިވިލާތަށް ވަޑައިގެން، ގްލާސްގޯގައި ކުރިޔަށްދާ ކޮޕް26 ސަމިޓުގައި ކިޝިޑާ ވަނީ ލީޑަރޝިޕް ދައްކަވާފައެވެ.

މި އަހަރުގެ ޖޫންމަހު، ކްލައިމެޓް ފައިނޭންސްގެ ގޮތުން ޖަޕާނުން ހޭދަކުރާނެކަމަށް ވައުދުވެފައިވާ 60 ބިލިއަން އެމެރިކާ ޑޮލަރުގެ އިތުރަށް ދޭން ނިންމި މި އެހީއަކީ، ދުނިޔޭގެ ތަރައްގީ ވެފައިވާ ގައުމުތަކުން ކޮންމެ އަހަރަކު ވެސް ކްލައިމެޓް ފައިނޭންސްގެ ގޮތުގައި 100 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް ބާރު އެޅުމުގެ ގޮތުން ޖަޕާނުން ފޯރުކޮށްދޭ ފައިސާގެ އެހީތެރިކަމެވެ. ކްލައިމެޓް ފައިނޭންސްގެ ގޮތުގައި 100 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް ދުނިޔޭގެ ތަރައްގީވެފައވާ ގައުމުތަކުން ވެފައިވާ ވައުދަކީ އިނގިރޭސިވިލާތުގައި މިހާރު ކުރިޔަށްދާ ކޮޕް26 ސަމިޓްގެ މައިގަނޑު އެންމެ މުހިންމު އެއް އަމާޒު ވެސް މެއެވެ.

ކޮޕް26 ސަމިޓްގައި ވާހަކަ ދައްކަވަމުން ކިޝިޑާ ވިދާޅުވެފައިވަނީ އެހެނިހެން ގައުމުތައް ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ނުރައްކަލުން ސަލާމަތްވުމަށް މިހާރު ކުރަމުންދާ 14.8 ބިލިއަން ޑޮލަރުގެ ހޭދަ ދެގުނަށް ކުރުމަށް ނިންމާފައިވާ ކަމުގައެވެ.

ޖަޕާނުން ވަނީ 2050 އަންނަން ވާއިރަށް "ނެޓް ޒީރޯ އެމިޝަން"އަށް ވާސިލްވުމަށް ނިންމާފައެވެ. އަދި 2030 އަންނަން ވާއިރަށް އެގައުމުން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ މިންވަރު %46 މަދުކުރުމަށް ވެސް ނިންމާފައެވެ.

ކޮޕް26ގައި ދުނިޔޭގެ 200 އަށްވުރެ ގިނަ ގައުމުތަކުން އެންމެމަތީ ވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ޖަޕާންކޮޕް26

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު