Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިންސީ ގޯނާގެ މައްސަލަ

ޖިންސީ ގޯނާގެ މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލައިފި

2 ނޮވެމްބަރު 2021 | އަންގާރަ 16:40

މި މައްސަލައިގައި ހައްޔަރުކުރީ 63 އަހަރުގެ އަންހެނެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 2 ނޮވެމްބަރު 2021 | އަންގާރަ 16:40
ޖިންސީ ގޯނާއާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާއެއް

ޖިންސީ ގޯނާއާ ދެކޮޅަށް ކުރިއަށްގެންދިޔަ މުޒާހަރާއެއް

ގަލޮޅު މަދުރަސާގައި 4 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި އެ ސްކޫލުގެ މަސައްކަތު އަންހެން މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އެމީހާ ދޫކޮށްލާފައިވަނީ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ލަފާ ދީފައިވާތީ ކަމަށެވެ. އެހެންނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ މިގޮތަށް ނިންމީ މި މައްސަލައިގައި އެ އޮފީހަށް ހުށަހަޅާފައިވާ ލިޔުންތަކާއި، ލިބިފައިވާ މައުލޫމާތުތަކާއި ވަށައިގެންވާ އެންމެހާ ކަންކަމަށް ރިއާޔަތްކޮށް ބެލިއިރު، މައްސަލާގައި ތުހުމަތުކުރެވޭ މީހާ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މައްދާގެ ދަށުން، ބަންދުގައި ބަހައްޓަންޖެހޭ ފަދަ ސަބަބެއް މިވަގުތު އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ސްކޫލްގައި މަސައްކަތު މީހެއްގެ ގޮތުގައި މަސައްކަތްކުރާ 63 އަހަރުގެ އަންހެނެކެވެ. މާލޭގެ ސްކޫލެއްގައި ކިޔަވާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މަސައްކަތު އަންހެނަކަށް ތުހުމަތުކުރެވިފައިވާތީ، އެ ސްކޫލުގެ މަސައްކަތު ހުރިހާ އަންހެން މުވައްޒަފުން ހޮނިހިރު ދުވަހުން ފެށިގެން ވަނީ ސަސްޕެންޑް ކޮށްފައެވެ.

މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މިކަމާ ގުޅުން ހުރި 2 މީހަކު އޭގެ ކުރިންވެސް ވަނީ ސަސްޕެންޑްކޮށްފައެވެ. ސްކޫލްގެ މެނޭޖްމަންޓުން ބެލެނިވެރިންނަށް ފޮނުވާފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ، މަސައްކަތު ހުރިހާ އަންހެނުން ހޮނިހިރު ދުވަހުން ފެށިގެން ވަޒީފާއިން އެކަހެރިކޮށްފައިވާ ކަމަށާއި، ކުދިން ދެން ފާޚާނާއަށް ދާނީ ޓީޗަރުންގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ސްކޫލްގެ އެކި ސަރަހައްދުގައި 18 ސީސީޓީވީ ކެމެރާ ހަރުކޮށް މޮނީޓަރ ކުރަން ފަށާފައިވާކަމަށެވެ.

ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ އަނިޔާވެފައިވަނީ މަސައްކަތު މީހެއްގެ ބެލުމުގެ ދަށުން, ފާޚާނާއަށް ފޮނުވި ފަހުން ކަމަށް ކުއްޖާގެ ބެލެނިވެރިން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް ކުއްޖާ ފާޚާނާއަށް ގެންދަން ހަވާލުކުރި ވަކި މީހަކު ނޭނގޭ ކަމަށް ޓީޗަރު ބުނެފައިވާކަމަށް ސްކޫލުން ބުނެއެވެ.

ޖިންސީ ގޯނާގެ އެކި މައްސަލަތަކުގައި އެކި ސްކޫލުތަކުން 30 މުވައްޒަފަކު މިހާތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ، އެޑިއުކޭޝަން ދާއިރާގައި ޖިންސީ ގޯނާގެ 40 ވަރަކަށް މައްސަލަ މިހާތަނަށް ހުށަހެޅި ބެލިފައިވާ ކަމަށާއި، އޭގެ ތެރެއިން 30 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ޖިންސީ ގޯނާގެ މައްސަލަތަކަކީ މިނިސްޓްރީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖިންސީ ގޯނާ

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

24 އޮކްޓޯބަރު 2024

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

24 އޮކްޓޯބަރު 2024
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
22 ޖުލައި 2024

ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި

22 ޖުލައި 2024
ގައްދޫގައި 18 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި
16 މެއި 2024

އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު

16 މެއި 2024
އެއްބަނޑު ދެބެއިންނަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލީ ރަނގަޅަކަށް ނޫން: ސުޕްރީމް ކޯޓު
12 ޑިސެމްބަރު 2022

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި

12 ޑިސެމްބަރު 2022
11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު ބަންދުކޮށްފި
07 ނޮވެމްބަރު 2022

ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް

07 ނޮވެމްބަރު 2022
ޖިންސީ ކުށުގެ މައްސަލަތަކާގުޅޭ ޝަރީޢަތްކުރުމާބެހޭ ގަވާއިދުގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރަން ވަކި މުއްދަތެއް ނެތް
07 ނޮވެމްބަރު 2022

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 28 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި

07 ނޮވެމްބަރު 2022
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 28 އަހަރުގެ ބިދޭސީއަކު ހައްޔަރުކޮށްފި
02 ނޮވެމްބަރު 2022

12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

02 ނޮވެމްބަރު 2022
12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
27 ޖުލައި 2022

ޖިންސީ ގޯނާގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވޭ

27 ޖުލައި 2022
ޖިންސީ ގޯނާގެ މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވޭ
31 މެއި 2022

ޖިންސީ ގޯނާގެ ތުހުމަތުވާ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

31 މެއި 2022
ޖިންސީ ގޯނާގެ ތުހުމަތުވާ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު
10 މެއި 2022

އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ގޯނާކުރި ކަމަށް ބުނާ މީހާ ދޫކޮށްލި މައްސަލަ މާދަމާ ހައިކޯޓަށް ހުށައަޅަނީ

10 މެއި 2022
އެއް އާއިލާއެއްގެ ހަ ކުއްޖަކަށް ގޯނާކުރި ކަމަށް ބުނާ މީހާ ދޫކޮށްލި މައްސަލަ މާދަމާ ހައިކޯޓަށް ހުށައަޅަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް