Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލައިފް ޖެކެޓު ގަވައިދު

9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގައި ލައިފް ޖެކެޓް އަޅަން މަޖުބޫރުކޮށްފި

އެލަރޓް ނެރެފައިވާ ސަރަހައްދުތަކުގައި ލައިފް ޖެކެޓު އެޅުން މަޖުބޫރުވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2021 | އާދީއްތަ 17:10
ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

ކަނޑު ދަތުރުފަތުރުގެ އުޅަނދުތައް

9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގައި ދަތުރުކުރާއިރު ލައިފް ޖެކެޓު އެޅުން މަޖުބޫރުވާގޮތަށް ލައިފްޖެކެޓް އެޅުމާ ބެހޭ ގަވައިދަށް އިސްލާހު ގެނެސްފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވައިދަށް ދެވަނަ އިސްލާހު ގެނެސް މިހާރު ވަނީ މި ގަވައިދަށް އަމަލުކުރަން ފަށާފައެވެ.

މިގޮތުން މޫސުމީ ސަމާލު ނެރެފައިވާ ސަރަޙައްދެއްގައި ދަތުރުކުރާނަމަ، އެ ސަރަޙައްދެއްގައި އެ ދަތުރެއް ފެށުމުގެ ކުރިން، މޫދު ކުޅިވަރަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރާއި މުނިފޫހިފިލުވުމަށް ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުފަހަރުގެ ތެރެއިން 9 މީޓަރަށްވުރެ ކުދި އުޅަނދުފަހަރު ދުއްވާނަމަ، އެ ދަތުރެއް ފެށުމުގެ ކުރިން ލައިފްޖެކެޓު އަޅަންޖެހޭނެ ކަމަށް ގަވައިދުގައި ވެއެވެ.

އާންމު ދަތުރުފަތުރުގެ ގޮތުގައި ފެރީގެ ޚިދުމަތް ދިނުމަށާއި، މީހުން އުފުލާ ހުރިހާ އުޅަނދުފަހަރުގައި ލައިފްޖެކެޓް ފަސޭހައިން ބޭނުންކުރެވޭގޮތަށް ބަހައްޓަން ވާނެ ކަމަށް ގަވައިދުގައި ވެއެވެ. އަދި އުޅަނދު ފުރުމުގެ ކުރިން ލައިފްޖެކެޓް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފަސިންޖަރުންނަށް ފޯރުކޮށްދޭންވާނެ ކަމަށާއި، ދަތުރުމަތީގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނުކުންނަންޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ގަވައިދުގައިވެއެވެ.

އަދި މޫދުގައި އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރާއި، ދަތުރެއްގެ މަތީގައި ނަގިލި ލައިފައި ބާއްވައިގެން އޮޕަރޭޓްކުރާ އުޅަނދުފަހަރުގައި ތިބޭ ފަސިންޖަރުންނާއި ފަޅުވެރިންނަށް ހުރިހާ ވަގުތެއްގައި ލައިފްޖެކެޓް ފަސޭހައިން ލިބޭނެގޮތަށް އުޅަނދުގައި ހަމަޖެހިފައި ހުންނަން ވާނެކަމަށް ގަވައިދުގައި ވެއެވެ. އަދި އަޅާފައި ބާއްވައިގެން އޮޕަރޭޓްކުރުމުގައި، އޮރެންޖް އަދި ރެޑް ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެއްވެސް ބޭނުމެއްގައި ނޫނީ އެއްވެސް ހާލަތެއް މެދުވެރިވެގެން ފަސިންޖަރު ނުވަތަ ފަޅުވެރިން އުޅަނދުގެ ގެ ގަނޑުން ބޭރަށް ނިކުންނަން ޖެހޭ ވަގުތުތަކުގައި ބޭރަށް ނުކުންނަންވާނީ ލައިފްޖެކެޓް އަޅައިގެން ކަމަށް ގަވައިދުގައި ވެއެވެ. މި ހާލަތްތަކުގައި ފަސިންޖަރުން ލައިފް ޖެކެޓް އެޅުވުމާއި، ލައިފްޖެކެޓް އަޅާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކެޕްޓަންގެ ޒިންމާއެއް ކަމަށް ގަވައިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ ސާވޭ ފީ ނެގުމާއި ގުޅޭގޮތުން ގަވައިދުގައި ވަނީ ރަޖިސްޓަރީ ކޮށްގެން ދުއްވާ ދަގަނޑު، އެލްމިނިއަމް ނުވަތަ މައުދަނުން ބަނދެފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން, 24 މީޓަރުން ފެށިގެން ދިގު އުޅަނދުފަހަރު ނުވަތަ 100 ގްރޮސް ޓަނޭޖަށްވުރެ ބޮޑެތި އުޅަނދުފަހަރުން ފެށިގެން 99.34 މީޓަރު ނުވަތަ 299 ގްރޮސް ޓަނޭޖާ ހަމަވާ އުޅަނދުފަހަރުގެ ސަރވޭ ފީ އަކީ 500 ރުފިޔާއެވެ. އަދި 35 މީޓަރުން ފެށިގެން ދިގު އުޅަނދުފަހަރު ނުވަތަ 300 ގްރޮސް ޓަނޭޖަށްވުރެ ބޮޑެތި އުޅަނދުފަހަރުގެ ސަރވޭ ފީ އަކީ 1،000 ރުފިޔާއެވެ. އަދި މިފަދަ އުޅަނދުފަހަރަށް ދޫކުރާ ސެޓުފިކެޓުތަކުގެ ތެރެއިން ނޭޝަނަލް ޓަނޭޖް ސެޓުފިކެޓު ފިޔަވައި އެހެނިހެން ސެޓުފިކެޓުތަކުގެ ފީ އަކީ ކޮންމެ ސެޓުފިކެޓަކަށް 1500 ރުފިޔާ ނަގާނެ ކަމަށް ގަވައިދުގައި ވެއެވެ.

މީގެ އިތުރުން ރަޖިސްޓަރީ ކޮށްގެން ދުއްވާ ދަގަނޑު، އެލްމިނިއަމް ނުވަތަ މައުދަނުން ބަނދެފައި ހުންނަ އުޅަނދުފަހަރުގެ ތެރެއިން ދިގުމިނުގައި 35 މީޓަރު ހަމަވާ އުޅަނދުފަހަރު ނުވަތަ 300 ގްރޮސް ޓަނޭޖު ހަމަވާ އުޅަނދުފަހަރަށް ނޭޝަނަލް ޓަނޭޖް ސެޓުފިކެޓު ފިޔަވައި ދޫކުރާ އެހެނިހެން ސެޓުފިކެޓުތަކުގެ ފީ އަކީ ކޮންމެ ސެޓުފިކެޓަކަށް 1500 ރުފިޔާކަމަށް ގަވައިދުގައި ބުނެފައިވެއެވެ. ނޭޝަނަލް ޓަނޭޖް ސެޓުފިކެޓުގެ ފީ އަކީ އެ އުޅަނދުގެ ރަޖިސްޓަރީގައި ބަޔާން ކޮށްފައިވާ ގްރޮސް ޓަނޭޖުގެ ކޮންމެ ގްރޮސްޓަނަކަށް 1 ރުފިޔާއެވެ. މި ގަވާއިދަކީ ނޭޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީގެ ލަފަޔާއެކު އެކުލަވާލާފައިވާ ގަވާއިދެކެވެ.

މިފަހުން ކަނޑުމަތީގެ ހާދިސާތައް އިތުރުވެގެން ދިއުމާއެކު، ލައިފް ޖެކެޓު ގަވާއިދުގެ ވާހަކަތައްވެސް ފެންމަތިވެގެން ދިޔައެވެ. އެގޮތުން މޫސުން އިންތިހާއަށް ގޯސްވެ، ދަތުރުފަތުރުގެ ސަމާލުތައް ނެރެފައި އޮއްވައި ކަނޑުމައްޗަށް ނުކުތް ލޯންޗެއްގައި ތިބި ބަޔަކު ކަނޑަށް ވެއްޓުނު ޙާދިސާގައި 33 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު، އޭނާގެ ތުއްތު ދަރިފުޅު އަދިވެސް ނުފެނެއެވެ. އެއީ އުމުރުން އެންމެ 4 އަހަރުގެ ކުއްޖެކެވެ.

ކަނޑުމަތީގެ ހާދިސާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

މާލެ އިން ނައިފަރަށް ދަތުރުކުރަމުން ދިޔަ "ނަސްރު ބޯޓު" އަޑިޔަށް ހިނގައްޖެ

16 އޮކްޓޯބަރު 2025
ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ދޯނިން ޙާލު ދެރަވި އެކަކު މަރުވެއްޖެ

ކުމުންދޫ ކައިރިން ބަންޑުން ޖަހާލި ދޯނިން ޙާލު ދެރަވި އެކަކު މަރުވެއްޖެ

07 އޯގަސްޓު 2025
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ

ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބިފަހުން ގެއްލުނު ބިދޭސީމީހާ ފެނިއްޖެ

20 މެއި 2024
ބުރުނީގެ ބޭރުން ލޯންޗެއް ދިޔަވާތީ، ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ބުރުނީގެ ބޭރުން ލޯންޗެއް ދިޔަވާތީ، ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

01 ޖެނުއަރީ 2024
30 މީހުންނާއެކު މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ

30 މީހުންނާއެކު މާލެއިން ފުރައިގެން ވެލިދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ

25 ޖޫން 2023

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު