Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހުޅުމާލޭގައި ބާއްވާ ވޮލީބޯޅަ ކޭމްޕް

އެޗްޑީސީން އިސްނަގައިގެން ހުޅުމާލޭގައި ވޮލީބޯޅަ ކޭމްޕެއް ބާއްވަނީ

29 އޮކްޓޯބަރު 2021 | ހުކުރު 14:46

ބައިވެރިވެވޭނީ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް

އަތޫފް އާތިފް
އަތޫފް އާތިފް | 29 އޮކްޓޯބަރު 2021 | ހުކުރު 14:46
އެޗްޑީސީން މީގެ ކުރިން ބޭއްވި ހުލުމާލެ ޕާކް ވޮލީ ޗެމްޕިއަންޝިޕުގެ ތެރެއިން

އެޗްޑީސީން މީގެ ކުރިން ބޭއްވި ހުލުމާލެ ޕާކް ވޮލީ ޗެމްޕިއަންޝިޕުގެ ތެރެއިން

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ހުޅުމާލޭގައި "މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް 2021" ނަމުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ވޮލީބޯޅަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

މި ކޭމްޕް ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ އެޗްޑީސީގެ ކޯޕޮރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ކޯޑިނޭޓަރު މުޙައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވީ، މިއީ ހަފުތާއަކަށް ކުރިއަށްގެންދަން ނިންމާފައިވާ ކޭމްޕެއް ކަމަށާއި، އެހެންނަމަވެސް މި ކޭމްޕުގައި ބައިވެރިވާ ކުދިންގެ ބެލެނިވެރިން ބޭނުންވާނަމަ މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި މި ކޭމްޕުގައި ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގެ ފުންނާބުއުސް ކޯޗުންނާއި ކުރީގެ ކުޅުންތެރިން ކަމަށްވެސް ވިދާޅުވިއެވެ.

ކާއްޓޭ ވިދާޅުވީ ކޭމްޕް ނިންމުމަށްފަހު އިތުރަށް ބެލެނިވެރިން ބޭނުންވާނަމަ ހުޅުމާލެ ފުލުހުންނާއި މޯލްޑިވްސް ވެޓަރެންސް ގުޅިގެން މި ޕްރޮގްރާމް ކުރިއަށްގެންދިޔުމުގައި ދޭންޖެހޭ އެއްބާރުލުން އެޗްޑީސީން ދޭނެ ކަމަށެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ވޮލީބޯޅަ ކޭމްޕެއް ހުޅުމާލޭގައި ބާއްވާއިރު، މި ކޭމްޕުގެ މަގުސަދަކީ ކުޑަކުދިން ވޮލީބޯޅައަށް ޝައުގުވެރިކުރުމާއި، އެ ކުދިންނަށް ވޮލީބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި ކޭމްޕުގައި ބައިވެރިވެވޭނީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދު އުމުރުފުރާގެ ކުދިންނަށް ކަމަށާއި، އަދި ކޭމްޕުން ފުރުސަތުދޭނީ އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 40 ފިރިހެން އަދި 40 އަންހެން ކުދިންނަށް ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެއެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ ހަތެއްވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިންނެވެ.

އެޗްޑީސީން ބުނީ މި ކޭމްޕް ކުރިއަށް އޮތްތަނުގައިވެސް މެދު ކެނޑުމެއްނެތި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ކަމަށާއި، އަދި ވޮލީބޯޅަ ނޫން އެހެން ކުޅިވަރުތަކުގެ ކޭމްޕުތައްވެސް ކުރިއަށް އޮތްތަނުގައި ބޭއްވިގެންދާނެ ކަމަށެވެ. އަދި މި ފަހަރުގެ ކޭމްޕު ބޭއްވިގެންދަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުގައި ކަމަށާއި، އެގޮތުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި، ޕޮލިސް ކުލަބު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2018

ގައުމީ ވޮލީބޯޅަ ލީގު ނުބާއްވާ ގޮތަށް ނިންމައިފި

11 އޮކްޓޯބަރު 2018
ގައުމީ ވޮލީބޯޅަ ލީގު ނުބާއްވާ ގޮތަށް ނިންމައިފި
05 ޖުލައި 2018

ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ ހުޅުމާލޭގައި އަޅައިފި

05 ޖުލައި 2018
ގައުމީ ފުޓްބޯޅަ އެކަޑަމީގެ ބިންގާ ހުޅުމާލޭގައި އަޅައިފި
18 ޑިސެމްބަރު 2017

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބު ހޯދައިފި

18 ޑިސެމްބަރު 2017
ގައުމީ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބު ހޯދައިފި
21 އޯގަސްޓު 2017

ހޮޅުދޫ ޒުވާނުންގެ މަރުކަޒުން އިސްނަގައިގެން އޮފީސްތަކުގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ބާއްވައިފި

21 އޯގަސްޓު 2017
ހޮޅުދޫ ޒުވާނުންގެ މަރުކަޒުން އިސްނަގައިގެން އޮފީސްތަކުގެ މެދުގައި ބެޑްމިންޓަން މުބާރާތެއް ބާއްވައިފި
20 ޖުލައި 2017

އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތް: ރީތި ރަށް ބަލިކޮށް ކޮށްދިއްޕަރު ފެށުން ރަނގަޅުކޮށްފި

20 ޖުލައި 2017
އިންޓަ ރިސޯޓު ވޮލީބޯޅަ މުބާރާތް: ރީތި ރަށް ބަލިކޮށް ކޮށްދިއްޕަރު ފެށުން ރަނގަޅުކޮށްފި
06 ޖޫން 2017

ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް

06 ޖޫން 2017
ގަތަރުން ހުޅުމާލޭގައި އަޅައިދޭން ބުނި ސްޓޭޑިއަމްއާ ބެހޭގޮތުން ވަކި އެއްޗެއް ދަންނަވާކަށް ނޭނގޭ: އަނިލް
15 މެއި 2017

ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި

15 މެއި 2017
ބަލަމުންދާ މައްސަލަ އަކާހުރެ އިންޓާ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރަތުގެ ސެމީ ފައިނަލް މެޗެއް ފަސްކޮށްފި
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް