Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ130 ކިލޯ ޑްރަގް މައްސަލަ

130 ކިލޯގެ ޑްރަގް މައްސަލަ: 6 މީހުން ބަންދުން ދޫކޮށްލެވެން ނެތް

އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޮކްޓޯބަރު 2021 | ބުދަ 11:17
130 ކިލޯ ޑްރަގް މައްސަލައިގައި ދައުވާލިބޭ 6 މީހުންގެ ތެރޭގައި ހިމެނޭ 4 ދިވެހިން

130 ކިލޯ ޑްރަގް މައްސަލައިގައި ދައުވާލިބޭ 6 މީހުންގެ ތެރޭގައި ހިމެނޭ 4 ދިވެހިން

ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާ ގުޅިގެން ރާއްޖެއަށް އެތެެރެކުރިކަމަށް ތުހުމަތު ކުރެވޭ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަައިގައި ދައުލަތުން ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ދައުލަތުން މި މައްސަލައިގައި ދައުވާ އުފުލާފައިވާ 6 މީހުން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. މި މައްސަލައިގައި ޖުމުލަ ގޮތެއްގައި ދައުލަތުން ހުށަހަޅާފައިވަނީ އެއް ހެކިތަކެއްކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. އެއާއެކު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ދެން އޮންނާނީ ހެކި ހާމަކުރުމަށް ބާއްވާ އަޑުއެހުމެއްކަން ފާހަގަކުރައްވާފައެވެ.

ބުދަ ދުވަހުގެ އަޑުއެހުން:

މި އަޑުއެހުމަކީ މި މައްސަލައިގެ ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދައުލަތުން ވަނީ ދައުވާލިބޭ މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމާފައިވާ ސަބަބަށް ބަދަލެއް އައިސްފައި ނުވާތީ، ބަންދުން ދޫކޮށްލަންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ. ދައުވާލިބޭ 6 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމެވި ނިންމެވުން ދެމެހެއްޓެވުމަށް ދައުލަތުން ވަނީ އެދިފައެވެ.

މި މައްސަލައިގައި ދައުވާލިބޭ ބައެއް ފަރާތްތަކުން ވަނީ އަސާސީ ޙައްޤުތައް ކަށަވަރު ނުވާ ކަމަށާއި، އެކަށީގެންވާ ބޭސްފަރުވާ ނުލިބޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޤަވާއިދުން މި މައްސަލަ ނުހިނގާ ލަސްވަމުންދާތީ، ދައުވާލިބޭ ފަރާތްތަކަށް ލިބެންޖެހޭ ޙައްޤުތައް ލިއްބައިދޭން ޖެހޭކަން ވަކީލުން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މި މައްސަލަ އަވަސް ކޮށްދެއްވުމަށް ވަކީލުން ވަނީ އެދިވަޑައިގަންނަވާފައެވެ.

ގިނަ ވަގުތުތަކެއް ވަންދެން ބަންދު މުރާޖައާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު، ދިފާއީ ވަކީލުން ވަނީ އެކި މައްސަލަތަކުގައި އެކި ގޮތްގޮތަށް ބަންދުގެ ނިންމުންތައް އަންނަކަން ފާހަގަ ކުރައްވައި، އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވަނީ އެ 6 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ނިންމެވި ނިންމެވުން ދަމަހައްޓަވާފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މިތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށްހުރި ފަރާތްތަކަކީ ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) އެވެ.

ޝަހީބް އިބްރާހީމާއި އަހްމަދު މޫސާގެ އިތުރުން 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ދައުވާކޮށްފައިވަނީ، ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރުއާއި ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިންގެ އިތުރުން، ބަންގްލަދޭޝް ދެ މީހެއް ކަމަށްވާ މުހައްމަދު ރިޔާދުއާއި އިޤްބާލްގެ މައްޗަށެވެ.

އެ ހަ މީހުންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ރާއްޖެ އެތެެރެކުރުމުގެ ކުށުގެ ދައުވާއަކާއި ޖަދުވަލް 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަކާއި އަދި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއެއް ހިމެނެއެވެ. މި 3 ދައުވާ ސާބިތުވެއްޖެނަމަ އެމީހުންގެ މައްޗަށް 75 އަހަރުގެ ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު