Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެޓީވީ ރޯކޮށްލުން

ރާއްޖެޓީވީ ރޯކޮށްލި މައްސަލަ: އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން މިއަދުވެސް ކުރިއަށް ނުގެންދެވުނު

27 އޮކްޓޯބަރު 2021 | ބުދަ 07:03

މި މައްސަލައިގެ ޚުލާސާ ބަޔާން ވަނީ އިއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޮކްޓޯބަރު 2021 | ބުދަ 07:03
ރާއްޖެޓީވީ ރޯކޮށްލި މައްސަލައާ ގުޅިގެން މީގެ ކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގެ ތެރެއިން

ރާއްޖެޓީވީ ރޯކޮށްލި މައްސަލައާ ގުޅިގެން މީގެ ކުރިން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމެއްގެ ތެރެއިން

ރާއްޖެޓީވީގައި ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ހ. ގަސްވާ މުޙައްމަދު މީޢާދުގެ މައްސަލައިގެ އަޑުއެހުން އަނެއްކާވެސް ކެންސަލްކޮށްފިއެވެ.

މީއާދުގެ މައްޗަށް ދައުވާކުރާ މައްސަލައިގައި މިހާރު ވަނީ ހެކިބަސް ނަގައި ޚުލާސާ ބަޔާން ވެސް އިއްވާފައެވެ. މި މައްސަލައިގައި ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ވެސް އަޑުއެހުމެއް ތާވަލުކުރިއެވެ. އެހެންނަމަވެސް، އެ އަޑުއެހުން ކެންސަލްވެފައިވަނީ ދިފާއީ ވަކީލުންނާއި މައްސަލަ ބައްލަވާ ގާޒީ އެހެން އަޑުއެހުމެއްގައި އިންނެވުމުގެ ސަބަބުންކަމަށް ކްރިމިނަލް ކޯޓުން އޭރު ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހުގެ ހެނދުނު 09:00ށް ތާވަލުކުރިއެވެ. އެހެންނަމަވެސް، އަޑުއެހުން ކެންސަލް ކޮށްފައިވަނީ މި މައްސަލައިގައި އަދިވެސް އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުންކަމަށް ކްރިިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.

މި މައްސަލައިގެ ދައުވާލިބޭ މީއާދުގެ ފަރާތުން މީގެ ކުރިން ޚުލާސާ ގޮތެއްގައި އޭނާގެ ވަކީލު ވަނީ ތަހުގީގު މަރުޙަލާގެ ތެރެއިން މީއާދަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދީފައިވާކަން ސާފުވާން ނެތްކަމަށް ބުނެފައެވެ. އަދި ތުހުމަތު ކުރެވޭ މީހަކަށް ޤާނޫނު އަސާސީން ލިބެންޖެހޭ ޙައްޤުތައް ލިއްބައިދީފައި ނުވާކަމަށް ވަކީލު ވިދާޅުވިއެވެ. ދިފާއުން ވަނީ މީއާދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ މިންވަރަށް ހެކި ހުށަހަޅާފައި ނެތްކަމަށް ބުނެފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ މައްސަލައިގެ ޙުކުމަކަށްދާއިރު، ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. ގާޒީ ވިދާޅުވީ ދެން މި މައްސަލައިގައި އޮންނާނީ ޙުކުމް ކުރެއްވުމަށް ބާއްވަވާ އަޑުއެހުމެއް ކަމަށެވެ.

މި މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ރާއްޖެޓީވީ ރޯކޮށްލި މީހުންގެ ތެރޭގައި މީއާދު ހިމެނޭކަން ސިއްރު ހެކިވެރިންގެ ހެކިބަހުން އެނގޭ ކަމަށެވެ. އަދި އޭނާ މޫނުގައި މާސްކް އަޅަން ހުރިތަން ފެނުނު ކަމަށާއި، އޭނާ ބީކޭޓީ އިމާރާތަށް ވަދެގެން ދިޔަތަން ފެނުނުކަމަށް ވެސް ސިއްރު ހެކިންގެ ހެކިބަހުން އެނގޭކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް