Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖައިލަމް ޝާކިރުގެ މަރު

ޖައިލަމް މަރާލި މައްސަލަ: ދެން އޮތީ ޑޮކްޓަރުގެ ހެކިބަސް ނެގުން

26 އޮކްޓޯބަރު 2021 | އަންގާރަ 07:50

މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 21 ނޮވެމްބަރުގެ 10:00 ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 އޮކްޓޯބަރު 2021 | އަންގާރަ 07:50
ޖައިލަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް

ޖައިލަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތައް | ރާއްޖެއެމްވީ

ހ. ހަންޑްރެޑް ފްލާވާސް, ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމަކީ ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. މި މައްސަލައިގެ އެންމެ ފަހުން ބޭއްވިއަޑުއެހުމުގައި ވެސްވަނީ ދައުލަތުން ހުށަހަޅާފައިވާ 5 ހެކިންގެ ތެރެއިން ހެއްކެއްގެ ހެކިބަސް ނަގާފައެވެ. އަދި އަންގާރަ ދުވަހުގެ އަޑުއެހުމުގައި ވަނީ ބާކީ ތިބި 2 ހެއްކެއްގެ ހެކިބަސް ނަގާފައެވެ. އެއީ މި މައްސަލައިގައި ދައުވާލިބޭ މުޙައްމަދު ހުމައިދު ޖައިލަމަށް ޙަމަލާ ދިންއިރު އޭނާގެ އަތް ކަނޑައިގެން ގޮސްފައިވާތީ އެކަން ސާބިތުކުރުމަށް ހާޒިރުކުރި ފުލުސް އޮފިސަރެކެވެ.

Advertisement - newsAdvertisement

އެކަން ސާބިތު ކުރުމަށް ހުށަހަޅާފައިވަނީ ޕޮލިސް ކޯޕްރަލް މުޙައްމަދު އަރީފެވެ. ހެކިބަސް ދެއްވަމުން އަރީފް ވިދާޅުވީ، ސިނަމާލޭ ފްލެޓުގައި ހުރި އެޕާޓްމަންޓު ޗެކްކުރިއިރު ހުމައިދުގެ މެޑިކަލް ލިއެކިއުންތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އަތްތިލަ ކަނޑައިގެން ގޮސްފައިވާކަން އެ ލިއެކިއުންތަކުން ފެންނަކަން ހެކިވެރިޔާ ފާހަގަކުރެއްވިއެވެ. އަދި އެތަކެތީގެ ފޮޓޯ ނެންގެވިކަން ފާހަގަކުރައްވައި ހެކިވެރިޔާ ވަނީ އެކަމާ ގުޅޭ ތަފްސީލުތައް ހިއްސާކުރައްވާފައެވެ.

ދެން ހާޒިރު ކޮށްފައިވަނީ ޕޮލިސް ކޯޕްރަލް އަހުމަދު ފަޔާޒެވެ. އޭނާއަކީ ކްރައިމް ސީން އިންވެސްޓިގޭޝަން އޮފިސަރެއްގެ ގޮތުން އެ ޙާދިސާ ހިނގިއިރު ސީންއަށް ދިޔަ އޮފިސަރެކެވެ. އޭނާ ވަނީ ޙާދިސާ ހިނގި ސަރަޙައްދުން ފެނުނު ކަންކަން ޝަރީއަތުގައި ހިއްސާ ކުރައްވާފައެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ 5 ހެކިންގެ ތެރެއިން 3 ހެއްކެއްގެ ހެކިބަސް ނަގާފައިވާއިރު، ބާކީ ތިބި 2 ހެކިންނަކީ ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ 2 ޑޮކްޓަރެކެވެ. އެއީ ޖައިލަމްގެ މެޑިކޯ ލީގަލް ރިޕޯޓު ތައްޔާރު ކުރެއްވި ބިދޭސީ ޑޮކްޓަރާއި، އެ ރިޕޯޓު ތަރުޖަމާ ކުރެއްވި ދިވެހި ޑޮކްޓަރެވެ. މި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ޙަބީބް ވަނީ މިހާރުވެސް ހެކިން ހާޒިރު ކުރުމަށް ދައުލަތަށް ގިނަ ފުރުސަތުތަކެއް ދެވިފައިވާކަން ފާހަގަ ކުރައްވައި، ދެން ބާއްވާ އަޑުއެހުމަކީ ދައުލަތަށް އެ ހެކިން ހާޒިރު ކުރުމަށް ދެވޭނެ ފަހު ފުރުސަތުކަން ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން، ބިދޭސީ ޑޮކްޓަރު ހާޒިރު ނުކުރެވިއްޖެ ޙާލަތެއްގައި އެކްސްޕަރޓް އޮޕީނިއަންއެއް ހޯދުމަށް ހަބީރަކު ހާޒިރުކުރަން ދައުލަތުން ބޭނުންވާނަމަ އެކަމާ ގުޅޭ ލިއެކިއުންތައް ހުށަހެޅުއްވުމަށް ޝަރީއަތުން ވަނީ އެދިފައެވެ. އަދި ޑޮކްޓަރު ހާޒިރު ނުކުރެވޭ ޙާލަތެއްގައި ތަރުޖަމާނު ހާޒިރު ކުރުމާ ގުޅޭގޮތުން ދެފަރާތުން ފާހަގަކުރި ކަންކަމަށް ދެން އޮންނަ އަޑުއެހުމެއްގައި ގޮތެއް ނިންމަވާނެކަން ގާޒީ ސޮފްވަތު ޙަބީބު ފާހަގަ ކުރެއްވިއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 21 ނޮވެމްބަރުގެ 10:00 ގައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް