Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒުވާން ގައުމީ ވޮލީ ޓީމު އެކުލަވާލުން

ބޮޑު ޕްލޭނަކާއެކު ޒުވާން ގައުމީ ޓީމު އެކުލަވާލައި، ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފި

25 އޮކްޓޯބަރު 2021 | ހޯމަ 19:24

ޕްލެޔާސް ކޯޑް އޮފް ކޮންޑަކްޓުގައި ކުޅުންތެރިޔާ އާއި ބެލެނިވެރިޔާ ވަނީ ސޮއިކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 25 އޮކްޓޯބަރު 2021 | ހޯމަ 19:24
ޒުވާން ގައުމީ ވޮލީ ޓީމު އެކުލަވާލައި، ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޒުވާން ގައުމީ ވޮލީ ޓީމު އެކުލަވާލައި، ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބޮޑު ޕްލޭނަކާއެކު ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ވޮލީބޯޅަ ޓީމު އެކުލަވާލައި، ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްފިއެވެ.

ޒުވާން ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދިޔަ ޓްރަޔަލްތަކުގައި 70 އަށްވުރެ ގިނަ ކުޅުންތެރިންވަނީ ބައިވެރިވެފައެވެ. އޭގެ ތެރެއިން 30 ކުޅުންތެރިން ވަނީ ޒުވާން ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނާފައެވެ.

އެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކުރުމަށް ހޯމަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވަނީ ޕްލެޔާސް ކޯޑް އޮފް ކޮންޑަކްޓުގައި ކުޅުންތެރިޔާ އާއި ބެލެނިވެރިޔާ ސޮއިކޮށްފައެވެ. ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނީ ޕްލެޔާސް ކޯޑް އޮފް ކޮންޑަކްޓަކީ ކުޅުންތެރިޔާ ދިރިއުޅުން ކުރިއަށް އޮތްތަނުގައި ބައްޓަން ކުރަންވީ ގޮތް ކަމަށެވެ. އަދި ސީނިއާ ގައުމީ ޓީމަށް އެރުން ދެން އެ ކުޅުންތެރިއަކު ބިނާވެގެންދާނީ މި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް ކަމަށްވެސް ވަނީ ބުނެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު ހާސިލްކުރައްވާފައިވާ އަދި ދިވެހި ވޮލީއަށް އެތައް ގޮތަކުން ޚދުމަތްކުރައްވާފައިވާ ސައްޔިދު އަލީ ވިދާޅުވީ ޒުވާން ސްކޮޑުގައި ކުރިއަަށް އޮތް ތަނުގައި ސީނިއާ ގައުމީ ޓީމަށް ކުޅޭނެ ކުޅުންތެރިން ތިބޭނެ ކަމަށެވެ. އެހެންކަމުން ސީނިއާ ގައުމީ ޓީމަށް އެރުމަށް މަސައްކަތް ކުރުމަށް ހުރިހާ ކުޅުންތެރިންނަށްވެސް ސައްޔިދު އަލީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވޮލީބޯލް ވީއެއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ ޒުވާން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށްވެސް މަތީ ފެންވަރުގައި ވޮލީބޯޅަ ކުޅުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެކަމަކު އެންމެ މުހިންމީ ކުރާ ބުރަ މަސައްކަތް ކަމަށެވެ. އަދި މިއީ ވޮލީބޯޅަ ކުރިއަރުވަން ކުރާ މަސައްކަތުގެ ފެށުމެއް ކަމަށާއި، މިކަމަށް ކުޅުންތެރިންގެ އާއިލާއިން ދެމުންގެންދާ އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ބޮޑު ޕްލޭނަކާއެކު ޒުވާން ގައުމީ ވޮލީބޯޅަ ޓީމު އެކުލަވާލިއިރު، މި ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖުރިބާކާރު ކޯޗު ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. އަދި އެސިސްޓަންޓް ކޯޗަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަޙްމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ. ރަނޭ ވިދާޅުވީ ޒުވާން ޓީމުގެ ދެ ކޯޗުންނަކީވެސް ނަމޫނާ ދެ ކޯޗުން ކަމަށާއި، އެގޮތުން ފައްލޯ އާއި ލޯންގޭ އަކީ ވޮލީބޯޅައިގައި އިތުރު ތައާރަފެއް ބޭނުންވާނެ ދެ ކޯޗުން ނޫން ކަމަށެވެ.

އަދި ޒުވާން ޓީމު އެކުލަވާލައި މަސައްކަތް ފެށިއިރު، މި އަހަރުން ފެށިގެން މި ޓީމުގެ ދެ ކުޅުންތެރިންނަށް ސީނިއާ ވޮލީބޯޅަ ޓީމުން ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ރަނޭ ވިދާޅުވިއެވެ. އަދި އެއީ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ދިނުމުގެ ގޮތުން ކުރަން ނިންމާފައިވާ ކަމެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ވީއޭއެމުން ޒުވާން ގައުމީ ވޮލީބޯޅަ ޓީމު އެކުލަވާލިއިރު، އަންނަ އަހަރު ގިނަ މުބާރާތްތަކެއްގައި ޒުވާން ގައުމީ ވޮލީބޯޅަ ޓީމު ވާދަކުރާނެއެވެ. އޭގެ ތެރޭގައި އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސް އާއި، އެ އަހަރުގެ އޮގަސްޓް މަހު ތުރުކީގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހިމެނެއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް