Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވަޒީފާ ހޯދުމަށް އިތުރު ބުރައެއް

ޑިގްރީއާއެކު ކުރަން ޖެހޭ މަސައްކަތް ދެ ގުނަ!

25 އޮކްޓޯބަރު 2021 | ހޯމަ 12:37

ވަޒީފާ ހޯދުމަށް ތައުލީމީ ޒުވާނުން އުފުލަންޖެހޭ ބުރަ ބޮޑު

އަތޫފް އާތިފް
އަތޫފް އާތިފް | 25 އޮކްޓޯބަރު 2021 | ހޯމަ 12:37
ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނިމިދިޔަ ހަފްތާއަކީ ރާއްޖޭގެ ކޮލެޖު/ ޔުނިވަރސިޓީއިން ތައުލީމު ހާސިލްކުރި ބައެއް ދަރިވަރުންނަށް ވަރަށް މުހިންމު ހަފްތާއެކެވެ. އެ ދަރިވަރުންގެ ހަޔާތުގައި ތައުލީމު އުނގެނުމަށް ކުރި މަސައްކަތް ކާމިޔާބުވެ ސަނަދު ހާސިލްކުރިއިރު، ސަނަދާއިއެކު ދެން އެދަރިވަރުން އުފުލަންޖެހޭ ބުރަ ބޮޑެވެ. ކީއްވެ ހެއްޔެވެ؟.

ރާއްޖޭގައި އެކަށޭނެ މިންވަރަށް ވަޒީފާގެ ފުރުސަތު އެބައޮތްތޯއެވެ؟ މި ސުވާލުގެ ޖަވާބަށް ބައެއް ފަރާތްތަކުން އެބައޮތް ކަމަށް ބުނަމުން އަންނައިރު، އަނެއްބައި ފަރާތްތަކުން ބުނަމުން އަންނަނީ ނެތް ކަމަށެވެ. ކޮންމެއަކަސް ވަޒީފާ ހޯދުމަށް ގިނަ ޒުވާނުން (ޚާއްސަކޮށް ތައުލީމީ ޒުވާނުން) އުފުލަންޖެހޭ ބުރަ ބޮޑުކަމީ ފެންނަން އޮތް ހަގީގަތެކެވެ.

ޑިގްރީގެ ސަނަދާއެކު ލިބޭ އުފަލަށްވުރެ ވަޒީފާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް އޮތީ ބޮޑުވެފައެވެ. އަމިއްލަ ކުންފުނިތަކުންވެސް ތައުލީމީ ޒުވާނުން ވަޒީފާއަށް ނެގުމުގެ ބަދަލުގައި، ރަހުމަތްތެރިއެއްގެ ދަރިއެއް ނުވަތަ އޮފީސް މެނޭޖަރުގެ ރަހުމަތްތެރިއަކަށް ވަޒީފާދޭތަން އަންނަނީއެވެ. މިއީ ހަމައެކަނި އަމިއްލަ ކުންފުނިތަކުގެ ހާލަތެއް ނޫނެވެ. މިއީ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ވެސް ހާލަތެވެ. ގިނަ ފަހަރު ވަޒީފާ ދެމުން އަންނަނީ އޮފީހުގެ ނުފޫޒުގަދަ ފަރާތެއްގެ ދަރިއަކަށެވެ. ނުވަތަ އާއިލާ މީހަކަށެވެ. ނުވަތަ ރަހުމަތްތެރިއަކަށެވެ.

ވަޒީފާ ހޯދުމަށް ކުރާ މަސައްކަތް ބޮޑުވެ ބައެއް މީހުންނަށް ޖެހިފައިވާ ހާލަކީ, ކިޔެވި ދާއިރާ ނޫން ދާއިރާއަކުން ވަޒީފާ ހޯދުމެވެ. މިއީ ބައެއް ފަހަރު ތިމާގެ މޯޓިވޭޝަން ދަށްވާ ކަމެކެވެ.

މިކަން ހައްލުކުރުމަށް މިހާތަނަށް އެއްވެސް ސަރުކާރަކަށް އެކަށޭނެ ފިޔަވަޅެއް އެޅިފައިނުވާއިރު، ކޮންމެ ސަރުކާރަކުންވެސް ވޯޓާއި ދިމާކޮށް އަޑު ހަރުކޮށް ދައްކާ އެއްވާހަކައަކީ ވަޒީފާގެ ފުރުސަތު ހޯދައިދޭނެ ވާހަކައެވެ. މިއީ މިހާރު ދިވެހީން އެވާހަކަތަކަށް އައު ވާހަކަތަކެއްނޫނެވެ.

ޑިގްރީ ސަނަދާއެކު ދެން ކުރަން ޖެހޭ މަސައްކަތް ބޮޑުވެފައިވާ އަނެއް ސަބަބަކީ ސަނަދާއިއެކު ވެސް އެކަށޭނެ މުސާރައެއް ނުލިބުމުގެ މައްސަލައެވެ. އާންމުކޮށް ޑިގްރީއާއެކު ލިބޭ މުސާރައަކީ 15،000އެއްހާ ރުފިޔާއެވެ. އެހެންނަމަވެސް އެއީ (ޚާއްސަކޮށް) ފުރަ މާލޭގައި ދިރިއުޅޭ މީހަކަށް ދެކޮޅު ޖެހޭނެ މުސާރައަކަށް ނުވާނެ އެވެ.

އެހެންކަމުން މޮޅަށް ކިޔަވައިގެން ޑިގްރީ ހޯދާ ދަރިވަރުން ޑިގްރީގެ ސަނަދާއެކު ދެން ކުރަން ޖެހޭ މަސައްކަތް ވަނީ ދެގުނައަށް އިތުރުވެފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

28 ޖޫން 2017

މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!

28 ޖޫން 2017
މާލޭ ތާރު މަގުގައި ދުވެލި މަޑުކުރަންޖެހޭ!
18 ޖޫން 2017

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟
23 އެޕްރީލު 2017

ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!

23 އެޕްރީލު 2017
ޔާމިން ރަޝީދު ރަހުމު ކުޑަކޮށް މަރާލުން – ކޮމިޝަނަރ އިސްތިއުފާ ދޭންޖެހޭ!
21 އެޕްރީލު 2017

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟
12 އެޕްރީލު 2017

އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ

12 އެޕްރީލު 2017
އެންމެ ބޮޑު"ވީކްނެސް" އަކީ މިއަދު ކުރަންޖެހޭ ކަންތައްތައް މާދަމާއަށް ލަސްކުރުން: ޓެޑްރީ
31 މާރިޗު 2017

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

31 މާރިޗު 2017
ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
01 މާރިޗު 2017

ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ

01 މާރިޗު 2017
ބޭއިންސާފުން އިބުރަތް ހާސިލް ކުރަން ޖެހޭ
05 ފެބުރުއަރީ 2017

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!
23 ޖެނުއަރީ 2017

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް