Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ލޯންޗުގައި ރޯކޮށްލުން

ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލަ: ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި ބުދަ ދުވަހު

މި މައްސަލައިގައި 2 ދައުވާއެއް ހިމެނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 24 އޮކްޓޯބަރު 2021 | އާދީއްތަ 10:08
ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް

ފުލުހުންގެ ލޯންޗު ރޯކޮށްލި މައްސަލައިގައި ދައުވާ އުފުލާފައިވާ ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި ގަސްދުގައި ރޯކޮށްލި މައްސަލައިގައި ދައުވާތައް އުފުލި ދެ މީހުންގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ، ލ. ގަން، ތުނޑި، ލަވްސައިޑް ޢަބްދުއްލަޠީފް އާއި ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސްގެ މައްޗަށެެވެ. 

އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަކީ މި މައްސަލައިގައި އުފުލާފައިވާ ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް، ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ވާހަކަ ދެއްކުމެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި ނިމި، މިހާރު އޮތީ އެ ހުށަހެޅުންތަކަށް ގޮތެއް ނިންމުމުގެ މަރުޙަލާގައެވެ.

މި އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ ބައެއް ލިއެކިއުންތައް ނުލިބޭ ކަމުގެ ޝަކުވާ ކުރައްވާފައެވެ. އަދި ދައުލަތުން ވެސް ވަނީ ދިފާއީ ވަކީލު ހުށަހަޅުއްވާފައިވާ މެއިލް ލިބިފައިވާކަން ކަށަވަރު ކުރުމަށް ވަގުތު ބޭނުންވާކަން ފާހަގަކުރައްވައި، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާގެ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ގޮތެއް ނިންމެވުމުގެ ބައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް ދިފާއީ ވަކީލު ވަނީ ދެ ދައުވާގެ ހުށަހެޅުންތަކަށް އެއް މަޖިލީހެއްގައި ބަހުސްކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ، ދިފާއުން ހުށަހަޅާފައިވާ 3 ހުށަހެޅުން ލިބުމުން، އެ ހުށަހެޅުންތައް ދިރާސާ ކުރުމަށް ދައުލަތަށް ވެސް ވަގުތު ބޭނުންވާނެ ކަމަށެވެ. ވުމާއެކު 27 އޮކްޓޯބަރުގެ 1400ށް އަޑުއެހުމެއް ތާވަލު ކުރައްވާނެކަމަށް ގާޒީ ވިދާޅުވިއެވެ. ގާޒީ ވިދާޅުވީ، އެ ދުވަހުގެ އަޑުއެހުމުގައި ދެފަރާތުން ހުށަހެޅުންތަކަށް ވާހަކަ ދެއްކުމުގެ ބައި ކުރިއަށް ގެންދަވާނެ ކަމަށެވެ. ދެފަރާތަށް ސް ލިއުމުން ހުށައެޅުންތައް ހުށަހެޅުމަށް ބޭނުންވާނަަަމަ އެ ފުރުސަތު ސް ގާޒީ ވަނީ ދެއްވާފައެވެ.

ގާޒީ ވިދާޅުވީ، 27 އޮކްޓޯބަރުގެ ފަހުން ބާއްވާ އަޑުއެހުމެއްގައި ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އެއާއެކު އާދިއްތަ ދުވަހުގެ އަޑުއެހުން ވަނީ ކުރުކޮށްލައްވާފައެވެ. ގާޒީ ވަނީ ހުށަހެޅުންތައް ލިބިފައިވޭތޯ ދެފަރާތުން ވެސް ކުރިއަށް އޮތް ތަނުގައި ކަށަވަރު ކުރެއްވުމަށް ނަސޭޙަތްތެރިވެފައެވެ.

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި އަލިފާން ރޯކޮށްލާފައިވަނީ 22 މާރޗު 2020 ދުވަހުއެވެ. 

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު