Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުން

މާފުށީގެ ގޮނޑުދޮށް ހިމާޔަތްކޮށް، ބިމުގެ ދަތިކަމަށް ހައްލު ހޯދައިދީފި

24 އޮކްޓޯބަރު 2021 | އާދީއްތަ 08:06

މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 24 އޮކްޓޯބަރު 2021 | އާދީއްތަ 08:06
ކ. މާފުށީގެ ހިއްކި ސަރަހައްދު،

ކ. މާފުށީގެ ހިއްކި ސަރަހައްދު،

ކ. މާފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނީ މާފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް 27 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުއަކީ 118.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Advertisement - newsAdvertisement

މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ. އަދި 1,100 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާފައިވެއެވެ. މާފުށީ ބިން ހިއްކާފައި ވަނީ ވަކި ރަށެއް ގޮތަށް، ކޯޒްވޭއަކުން މާފުށްޓާ ގުޅާލާގޮތަކަށެވެ. މިގޮތަށް މާފުށީގެ ބިން ހިއްކާފައި ވަނީ ބޮޑު ބީޗެއް ލިބޭގޮތަށެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް 17 ސެޕްޓެމްބަރ 2019ގައި ފަށާފައިވާއިރު، ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ބިމުގެ ދަތިކަމުގެ މައްސަލައަކީ މާފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. އެހެންކަމުން އެރަށުގެ ރައްޔިތުން ދަނީ ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލް ކުރަމުންނެވެ. އަދި ރަށުގެ ރައްޔިތުންނަށް ގޯތި ދޫ ނުކުރެވޭތާ 20 އަހަރު ވެފައިވާކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ ބިމުގެ ދަތިކަމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދުން ކަމަށްވާއިރު، މި މަޝްރޫއު ނިމުމާއެކު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެއެވެ. މިއީ ރައްޔިތުން ގިނަ ދުވަސްތަކަކަށް ދެކެމުން ހުވަފެނެއް ކަމަށާއި، މި މަޝްރޫއާއެކު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށް ކައުންސިލުން ބުނެއެވެ،

މާފުށީގެ މި މަޝްރޫއު އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

13 އޯގަސްޓު 2018

ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކޮންކްރީޓަށް ވުރެ ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކުރުން މާ ރަނގަޅު: ރައީސް ނަޝީދު

13 އޯގަސްޓު 2018
ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކޮންކްރީޓަށް ވުރެ ތްރީޑީ ޕްރިންޓިން ޓެކްނޮލޮޖީ ބޭނުންކުރުން މާ ރަނގަޅު: ރައީސް ނަޝީދު
12 އޯގަސްޓު 2018

ރައްޔިތުން ހިމާޔަތް ކުރެވޭނީ ރަށް ހިމާޔަތްކޮށްގެން: ފައިސަލް

12 އޯގަސްޓު 2018
ރައްޔިތުން ހިމާޔަތް ކުރެވޭނީ ރަށް ހިމާޔަތްކޮށްގެން: ފައިސަލް
06 އޯގަސްޓު 2018

ތިމަރަފުށިން ގޯތި ދޫކޮށް، ބިމުގެ މައްސަލަ ހައްލުކޮށްދޭނަން: އިބޫ

06 އޯގަސްޓު 2018
ތިމަރަފުށިން ގޯތި ދޫކޮށް، ބިމުގެ މައްސަލަ ހައްލުކޮށްދޭނަން: އިބޫ
02 އޯގަސްޓު 2018

ނައިފަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަން: ކައުންސިލް

02 އޯގަސްޓު 2018
ނައިފަރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބިމުގެ ދަތިކަން: ކައުންސިލް
18 ފެބުރުއަރީ 2018

ގާކޮއްޓާއި އަރަބިއްޔާ ބިމުގެ ފްލެޓްތައް ވިކި ހުސްވެއްޖެ!

18 ފެބުރުއަރީ 2018
ގާކޮއްޓާއި އަރަބިއްޔާ ބިމުގެ ފްލެޓްތައް ވިކި ހުސްވެއްޖެ!
30 ޑިސެމްބަރު 2017

ރައްޔިތުން އިހްތިޖާޖްކުރުމުން ހިންނަވަރު ބިމުގެ މައުލޫމާތު ހިއްސާކުރަނީ

30 ޑިސެމްބަރު 2017
ރައްޔިތުން އިހްތިޖާޖްކުރުމުން ހިންނަވަރު ބިމުގެ މައުލޫމާތު ހިއްސާކުރަނީ
19 ޑިސެމްބަރު 2017

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި

19 ޑިސެމްބަރު 2017
ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި
29 ނޮވެމްބަރު 2017

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

29 ނޮވެމްބަރު 2017
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް