Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ތިމަރަފުށިން ގޯތި ދޫކޮށް، ބިމުގެ މައްސަލަ ހައްލުކޮށްދޭނަން: އިބޫ

6 އޯގަސްޓު 2018 | ހޯމަ 18:12

އިބޫ ވިދާޅުވީ އެރަށުގެ މަގުތައް ހަލާކުވެފައިވާ ކަމަށާއި، އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެމަގުތައް ހަދާނެ ކަމަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 އޯގަސްޓު 2018 | ހޯމަ 18:12
ތިމަރަފުށީ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

ތިމަރަފުށީ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ތ. އަތޮޅު ތިމަރަފުށީގައި ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ގެނެސް، ގޯތި ދޫކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ އިސްވެ ހުންނަވައި ގުޅިފައިވާ އިއްތިޙާދުން ލ. އަތޮޅާއި ތ. އަތޮޅަށް ކުރަމުންދާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން ތ. ތިމަރަފުށީގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ތިމަރަފުށީގެ ބިން ހިއްކާފައި ވީނަމަވެސް އެބިމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފިފައި ނުވާ ކަމަށެވެ. ތިމަރަފުއްޓަކީ ބިމުގެ ދަތިކަން އިންތިހާއަށް އޮތް ރަށެއް ނަމަވެސް، އަދި ހިއްކި ބިމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ލޭންޑް ޔޫޒް ޕްލޭނެއް ހެދި ނަމަވެސް، މިސަރުކާރުން އެބިމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާފައިނުވާ ކަމަށް އިބޫ ފާހަގަކުރެއްވިއެވެ. އިބޫ ވިދާޅުވީ ބިން ދޫކުރާ އިރު، ލޯކަލް ޓޫރިޒަމަށް ވެސް ބިން ދޫކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ތިމަރަފުށީގެ މަގުތަކުގެ ޙާލަތަށް އަލިއަޅުއްވާލައްވައި އިބޫ ވިދާޅުވީ އެރަށުގެ މަގުތައް ހަލާކުވެފައިވާ ކަމަށާއި، އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެމަގުތައް ހަދާނެ ކަމަށެވެ.

ތިމަރަފުށީގައި ވާހަކަ ދައްކަވަމުން ވެސް އިބޫ ވަނީ ރާއްޖެއަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އަލުން ހޯދައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ. ތ. އަތޮޅުގައި ވެސް ގިނަ ރަށްތަކެއް ކުއްޔަށް ދޫކޮށްފައިވާ އިރު، ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ތަރައްޤީކުރުމަށް ސަރުކާރުން އެހީވާނެ ކަމަށް އިބޫ ވެވަޑައިގެންނެވި ވައުދު ތިމަރަފުށީގައި ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ރަށްތައް ތަރައްޤީ ނުކުރެވިގެން އުޅެނީ އިންވެސްޓަރުންގެ އިތުބާރު ނެތުމުން ކަން އިބޫ ފާހަގަކުރެއްވިއެވެ. ފަތުރުވެރިކަމުގެ ވައުދާ އެކު އިބޫ ވަނީ ފެރީގެ ނިޒާމް އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށް ވެސް ވައުދުވެ ވަޑައިގެންފައެވެ.

ޤާނޫނަށް އަސާސީއަށް އަމަލުކުރަން ފެށިތާ 10 އަހަރުވުން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ ރައީސް ޔާމީނާއި މިސަރުކާރުން ޤާނޫނު އަސާސީގެ 13 ބާބުގައި އެއްވެސް މާއްދާއަކާ ޚިލާފުނުވާ އެންމެ ބާބެއް ވެސް ނެތް ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ މިނިވަން ކަމަށް ސަރުކާރުން އަރައިގެންފައިވާ ކަމަށާއި، ފަނޑިޔާރުގެ ވެސް ގަޑުބަޑުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ. ފަނޑިޔާރުގެ ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވަމުން އިބޫ ވިދާޅުވީ ފަނޑިޔާރުގެ ގޯސްވެގެން ދިޔައީ މިނިވަން މުއައްސަސާތަކަށާއި ފަނޑިޔާރުގެއަށް ސަރުކާރުގެ ނުފޫޒު ފޯރުވުމުން ކަމަށެވެ. އަދި އެކަން ހައްލުކުރާނެ ގޮތް އެމްޑީޕީއިން ޕްލޭންކޮށްފައި އެބަ އޮތް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވަނީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު ތ. އަތޮޅު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިނިވަންކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ރިޔާޒަކީ ތިމަރަފުއްޓަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް