Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮލިމްޕަސް ތަރައްގީ ކުރުން

އޮލިމްޕަސް ފުރިހަމައަށް ތަރައްގީކޮށް އަންނަ އަހަރުގެ މާޗުމަހުގެ ތެރޭގައި ހުޅުވޭނެ: މިނިސްޓްރީ

23 އޮކްޓޯބަރު 2021 | ހޮނިހިރު 10:22

ޖުމްލަ 10 މިލިއަން ރުފިޔާ އޮލިމްޕަހަށް ޚަރަދުވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޮކްޓޯބަރު 2021 | ހޮނިހިރު 10:22
އޮލިމްޕަސް

އޮލިމްޕަސް

މާލޭގައި ހުންނަ އޮލިމްޕަސް ފުރިހަމައަށް ތަރައްގީކޮށް އަންނަ އަހަރުގެ މާޗުމަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ އޮލިމްޕަސް ހޯލް އަޕްގްރޭޑިން މަޝްރޫއުގައި ސޮއިކޮށްފައިވަނީ މިމަހުގެ 21 ވީ ބުރާސްފަތި ދުވަހު ކަމަށްވާއިރު، ދާދި އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އިކްރާމް ވިދާޅުވީ މިހާރު ޕްލޭންކޮށްފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށްވާނަމަ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އޮލިމްޕަސް ތަރައްގީކުރުމުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާނެ ކަމަށެވެ. އަދި މަސައްކަތް ފަށައިގަތުމާއެކު އެކިއެކި ސަބަބުތަކާއި ހުރެ މަސައްކަތްތައް ލަސްވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިކްރާމް ވިދާޅުވީ އޮލިމްޕަހުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތް ވެފައިވާ ކަމަށާއި އެކަމަށް ދެ މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. އިންޑިއާގެ ހިލޭ އެހީގެ ދަށުން ދެ ވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށާއިރު، 8 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޖުމްލަ 10 މިލިއަން ރުފިޔާ ހޭދަވާކަން ފާހަގަކުރައްވައި އިކްރާމް ވިދާޅުވީ ރައްޔިތުން އެދޭ ފަދަ އޮލިމްޕަހެއް ލިބިގެންދާނެ ކަމަށެވެ.

އެންމެ ޒަމާނީ ފެންވަރަށް އޮލިމްޕަހުގެ ހޯލް އަޕްގްރޭޑް ކުރެވޭނެ ކަމަށާއި، ފިލްމްގެ ޕްރޮޖެކްޓްގެ ސްކްރީން ބަދަލުވެގެންދާނެ ކަމަށް އިކްރާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޑިޖިޓަލް ސްޓޭންޑް، ސައުންޑް އިންސްޓޯލް ކުރެވިގެންދާނެ ކަމަށާއި، އިޝްތިހާރުތައް ދެއްކޭނެހެން ލެޑް ޕެނަލްއެއް ދޮރުމައްޗަށް ބަދަލުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ފިލްމް ނަގާ ކޮލިޓީގައި ފިލްމް ދެއްކޭނެ ކަމަށާއި، އޮލިމްޕަހުން ޚިދުމަތް ލިބިގަންނަ މީހުންނަށް އެތަނަކީ ފުރިހަމަ ތަނަކަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އިކްރާމް ވިދާޅުވީ އޮލިމްޕަސް ތަރައްގީ ކުރެވިގެންދިއުމާއެކު މިއުޒިކް އާޓިސްޓުންނަށް ވެސް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. މިއުޒިކް ތަފާތު ހަރަކާތްތައް ބޭއްވުމަށް ފުރިހަމަ ހޯލެއް ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށާއި، ސައުންޑް ސެޓް ނުވެ އިތުރު ޚަރަދުތަކެއް އަމިއްލަ އަތުން ކުރަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް