Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމުގެ ޚާއްސަ މެޗު

ގައުމީ ޓީމުން ކުޅުދުއްފުށީގައި ޚާއްސަ މެޗެއް ކުޅެނީ

21 އޮކްޓޯބަރު 2021 | ބުރާސްފަތި 14:43

މިއީ ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވުމަށް ކުޅެވޭ މެޗެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 14:43
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅުނު މެޗެއްގެ ތެރެއިން ގައުމީ ޓީމުގެ ކުޅުންތެރިން

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅުނު މެޗެއްގެ ތެރެއިން ގައުމީ ޓީމުގެ ކުޅުންތެރިން

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ހދ. ކުޅުދުއްފުށީގައި ޚާއްސަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ގައުމީ ޓީމުން ކުޅޭ މި މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ. މައުލޫމާތު ލިބޭ ގޮތުން މި މެޗަކީ އެ ރަށުގައި ސަރުކާރުގެ ފަރާތުން އެޅި ފެންވަރު ރަނގަޅު ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި ކުޅެން ރޭވި މެޗެކެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވެސް ބައިވެރިވެވަޑައިގަންނަވާއިރު، އަންނަ ހުކުރު ދުވަހު ފާހަގަކުރާ މި އަހަރުގެ ޒުވާނުންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ހަމަޖައްސާފައިވަނީވެސް ކުޅުދުއްފުށީގައެވެ.

މައުލޫމާތު ލިބޭ ގޮތުން ކުޅުދުއްފުށީގައި ކުޅޭ މެޗަށް ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑެއް ދާއިރު، ނިމިގެންދިޔަ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ކުޅުނު ގައުމީ ޓީމުގެ ސްކޮޑަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ކުރިއަށް އޮތް 23 އަހަރުން ދަށުގެ ކޮލިފައިން މެޗުތައް ކުޅުމަށް ބަހްރޭނަށް ފުރާފައިވާ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) މި ދަތުރުގައި ބައިވެރިނުވާނެއެވެ. އަދި އަނިޔާގެ ސަބަބުން މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ބައިވެރިނުވާނެ ކަމަށް މައުލޫމާތުލިބެއެވެ.

އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ޓީމުން ކުޅުދުއްފުށީގައި ޚާއްސަ މެޗެއް ކުޅޭއިރު، މި މެޗަކީ މި މަހުމާލޭގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމުން ކުޅޭނެ ފުރަތަަމަ މެޗެވެ. ގައުމީ ޓީމުން އެންމެ ފަހުން މި ގޮތަށް ރަށެއްގެ ދަނޑު ހުޅުވަން މެޗެއް ކުޅުނީ ބ. އޭދަފުށީގައެވެ. އެއީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހެ އެ ރަށުގައި އެޅި މަތީ ފެންވަރުގެ ފީފާ އެޕްރޫވްޑް ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު ޚާއްސަ މެޗެވެ. އެކަމަކު އެ މެޗުގައި ގައުމީ ޓީމުގައި ހިމެނޭ އޭދަފުށީ ކުޅުންތެރިން ކުޅެފައިވަނީ އަމިއްލަ ރަށު ޓީމަށެވެ.

ކުޅުދުއްފުށީގައި ގައުމީ ޓީމުން ޚާއްސަ މެޗެއް ކުޅުމަށް ތާވަލުކުރިއިރު، އެ ރަށުގައި 2015 ވަަނަ އަހަރު ވަނީ ޕްރެޒިޑެންޓްސް ކަޕުގެ އެއް ގްރޫޕެއްގެ މެޗުތައް ކުޅެފައެވެ. އެގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ބީޖީ ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި މަހިބަދޫ ސްޕޯޓްސް ކުލަބު ވާދަކުރި ގްރޫޕުގެ މެޗުތައް އެ ރަށުގައި ކުޅުނެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްފަހު ގައުމީ ޓީމުން ޚާއްސަ މެޗެއް ކުޅޭއިރު، ގައުމީ ޓީމަށް ދެން އެންމެ އަވަހަށް އޮތީ ސްރީ ލަންކާގައި އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތެވެ. އެ މުބާރާތުގައި ހަތަރު ގައުމު ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާނީ އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް