Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖައިލަމް ޝާކިރުގެ މަރުގެ މައްސަލަ

ޖައިލަމް މަރާލި މައްސަލަ: އިތުރު ހެކިވެރިއެއްގެ ހެކިބަސް ނަގައިފި

ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 08:59
ޖައިލަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ 4 މީހުން

ޖައިލަމްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ 4 މީހުން

ހ. ހަންޑްރެޑް ފްލާވާސް, ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ޖައިލަމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ ނަސީބު ސައީދު، އިސްމާއިލް އަނީޤު، އަލީ އިރުފާން އަދި މުޙައްމަދު ހުމައިދުއެވެ.

Advertisement - newsAdvertisement

ގާޒީ ބަދަލުވުމުގެ ކަންކަން ގޮސްފައިވަނީ ޤާނޫނާ އެއްގޮތަށްކަން ކަށަވަރު ކޮށްދެއްވި:

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ. ކުރިން މި މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ އިސްމާއީލް ރަޝީދު ވަނީ އިސްތިއުފާ ދެއްވާފައެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ދިފާއީ ވަކީލު އަލީ ޝާހު ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތް ކުރިއަށްދަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އެގޮތުން މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމާއި ގުޅިގެން އޮގަސްޓު މަހުގެ ތެރޭގައި ދައުވާލިބޭ ފަރާތްތަކަށް އެންގުމެއް އަންގާފައިވާކަމަށާއި، އެ އެންގުމުގައި މި މައްސަލަ ގާޒީ ސޮފްވަތު ޙަބީބާ މި މައްސަލަ ޙަވާލު ކުރެއްވިކަން ބަޔާން ކޮށްފައިވާކަމަށް ވަކީލު ޝާހު ވިދާޅުވިއެވެ. ނަމަވެސް ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގައި އެހެން ގާޒީއަކާ މައްސަލަ ޙަވާލުކުރާނަމަ، ކުރެވޭނެ ގޮތް ބަޔާންކޮށްފައިވާކަން ފާހަގަ ކުރައްވައި ޝާހު ވިދާޅުވީ، ގާޒީންގެ މަޖިލީހުގެ ނިންމުމަށް ކޯޓުގެ ރަޖިސްޓްރާއަށް އެ ބަދަލު ނުގެންނެވޭނެ ކަމަށެވެ. އެގޮތުން އިޖުރާއީ ޤަވާއިދުތަކަށް ބަލާއިރު، އެ ބަދަލު ގެނެވޭނީ އިސްގާޒީއަށްކަން ވަކީލު ޝާހު ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ، ގާޒީ ބަދަލުވުމުން ކަންކުރާނެ ގޮތް ޖިނާއީ އިޖުރާއަތުގެ ޤާނޫނާއި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ޤަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށާއި، އެގޮތުން ބަލާއިރު މައްސަލަ ޙަވާލުކުރައްވާނީ އިސްގާޒީ ކަމަށެވެ. ނަމަވެސް އިދާރީ ގޮތުން އެކަން ދިފާއަށް އަންގަމުންދަނީ ރަޖިސްޓްރާކަން ފާހަގަ ކުރައްވައި ގާޒީ ވަނީ، ދިފާއަށް ފޮނުވާފައިވާ ސިޓީގެ އިބާރާތް އިތުރަށް ބެއްލެވުމަށްފަހު އެކަންކަން ކަށަވަރު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ގާޒީ ވިދާޅުވީ، ގާޒީ އިސްމާއިލް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ގާޒީ 2 ސެކްޝަނެއްގައި ބައްލަވަމުން ގެންދިޔަ މައްސަލަތައް ބަހާލާފައިވާ ކަމަށެވެ. އަދި މައްސަލަތައް ވަކިވަކި ގާޒީންނާ ޙަވާލު ކުރައްވާފައިވަނީ އިސްފަނޑިޔާރުކަން ގާޒީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

މައްސަލައިގެ ތާވަލެއް އެކުލަވާލައި، އަވަހަށް މައްސަލަ ނިންމަވަން މަސައްކަތް ކުރައްވާނެ:

އޭގެ އިތުރުން، ނަސީބު ސައީދުގެ ފަރާތުން ދިފާއީ ވަކީލު އަލީ ސައީދު ވަނީ އަދުލުވެރިކަމާއެކު ޝަރީއަތް ހިންގަންވާނެ ކަމަށް ޤާނޫނުގައި ބަޔާން ކޮށްފައިވާކަން ފާހަގަ ކުރައްވައި، މި މައްސަލަ ލަސްވާކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި ޤާނޫނީ ގޮތުން ލިބިދޭންޖެހޭ ޙައްްޤުތަކާ ގުޅޭ ކަންބޮޑުވުން ވަކީލު ވަނީ ފާހަގަ ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ، ގިނަ މައްސަލަތައް ލަސްވެފައި ހުންނަ މައިގަނޑު ސަބަބުތަކަކީ ހެކިން ހާޒިރު ނުކުރެވުމާއި، ފަނޑިޔާރުން ސަލާމުގައި ތިއްބެވުންފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުޙަލާ ވީހާވެސް އަވަހަށް ކުރިއަށް ގެންގޮސް، ދައުލަތަށް ވެސް ވަކި ހުދޫދެއްގެ ތެރެއިން ފުރުސަތު ދެއްވައި، މައްސަލަ އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.

ގާޒީ ވަނީ މައްސަލައިގެ ތާވަލެއް އެކުލަވާލެއްވުމަށް ވެސް ނިންމަވާފައެވެ.

ހެކިންގެ ހެކިބަސް ނެގުން:

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން 5 ހެއްކެއްގެ ހެކިބަސް ނެގުން އަދި ބާކީ އޮތްކަން ޝަރީއަތުން ފާހަގަކުރިއެވެ. ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް އޭގެ ތެރެއިން 3 ހެއްކެއް ހާޒިރު ކުރިއެވެ. މި 3 ހެކިންގެ ހެކިބަސް ނެގުމަށްފަހު ބާކީ ތިބޭނީ ދައުލަތުން ހެކިންގެ ގޮތުގައި ހުށައަޅާފައިވާ 2 ޑޮކްޓަރެކެވެ.

މި އަޑުއެހުމުގައި ފުރަތަމަ ހާޒިރުކޮށްފައިވަނީ ދައުލަތުން ހުށައަޅާފައިވާ ހެކިވެރިޔާ އިބްރާހިމް ރަމީޒެވެ. ޙާދިސާ ހިނގިއިރު ފުލުހުންގެ އިދާރާގައި އޭނާ މަސައްކަތް ކޮށްފައިވާއިރު، އޭނާ ހެކިވެރިއެއްގެ ގޮތުގައި ހުށައަޅާފައިވަނީ ސީން އޮފް ކްރައިމް ރިޕޯޓު ތައްޔާރުކުރެއްވި އޮފިސަރުގެ ހައިސިއްޔަތުން ޖައިލަމްއަށް ލިބިފައިވާ އަނިޔާތައް ކިޔާދިނުމާއި، އެ ރިޕޯޓުގެ ސައްޙަކަން ކަށަވަރު ކުރުމުގެ ގޮތުންކަން ދައުލަތުން ފާހަގަކުރިއެވެ.

އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ހެކިވެރިޔާ ވިދާޅުވީ، ކޮމާންޑު ސެންޓަރުން އެންގީ ހޮސްޕިޓަލަށް ދިއުމަށް ކަމަށާއި، ހޮސްޕިޓަލަށް ދިޔައިރު ޖައިލަމަށް ފަރުވާދެމުންދާ ކަމަށެވެ. އަދި އިރުކޮޅަކުން ޑޮކްޓަރު ނުކުތުމަށްފަހު، ވަރަށް ގިނަ އަނިޔާވެފައިވާ ކަމަށާއި، ނިޔާވެއްޖެކަން ބަޔާން ކުރެއްވިކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ. ހެކިވެރިޔާ ވިދާޅުވީ ރިޕޯޓުގައި އެކަމާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ. އަދި މިއީ 2015 ގެ މައްސަލައެއްކަމުން، މައްސަލައާ ގުޅޭ ބައެއް ކަންކަން މިހާރު ހަނދާނުގައިވެސް ނެތްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ދެވަނައަށް ހާޒިރުކޮށްފައިވަނީ ލާންސް ކޯޕްރަލް މުޙައްމަދު އަރީފެވެ. އޭނާ ހާޒިރުކުރީ ހުމައިދުގެ ގެއިން ފެނިފައިވާ މެޑިކަލް ލިއުމަކީ މި ޙާދިސާގެ ތެރެއިން ލިބުނު އަނިޔާއެއްކަން ކަށަވަރު ކުރުމަށެވެ. އެހެންނަމަވެސް، މާފުށީ ޖަލުގައި ނެޓްވޯކް މައްސަލަތަކެއް ހުރުމުގެ ސަބަބުން އަޑުއެހުން ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އެހިސާބުން ވަނީ އަޑުއެހުން ކެންސަލްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު