Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ2023ގެ ރިޔާސީ އިންތިޚާބު

2023ގައި ކާމިޔާބު އިންތިޚާބެއް ބޭއްވޭނެ: ފުއާދު

އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުން ކުރާ އިތުބާރު ވަނީ ބޮޑުވެފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 20 އޮކްޓޯބަރު 2021 | ބުދަ 18:11
ފުއާދު ތައުފީޤް

ފުއާދު ތައުފީޤް

2023ގައި ބާއްވާ ރިޔާސީ އިންތިޚާބަކީ ކާމިޔާބު އިންތިޚާބަކަށް ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ, އިލެކްޝަންސް ކޮމިޝަންގައި މިހާތަނަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ރައްޔިތުންގެ މެދުގައި އިލެކްޝަންސް ކޮމިޝަންއަށް އޮންނަ އިތުބާރު ކުރިއަށްވުރެ މިހާރު ބޮޑުވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އިންތިޚާބުތައް ކުރިއަށްދާއިރު އިންތިޚާބުތަކާމެދު ޝައްކު އުފައްދާ ބަޔަކުވެސް އުޅޭ ކަމަށާއި, އެހެންނަމަވެސް އިންތިޚާބު ނިމުމުން, އެއީ ގޯހުން ގޯހަށް ދިޔަ އިންތިޚާބެކޭ ބުނާނެ މީހަކު މިހާރު ނޫޅޭ ކަމަށް ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ މީގެ ކުރީގެ އަހަރުތަކަށް ބަލާއިރު، 2013 ވަނަ އަހަރު ބޭއްވުނު އިންތިޚާބު ބެއްވުމުގެ ކުރިން ރައްޔިތުންގެ ހިތުގައި ގިނަ ސުވާލުތަކަކާއި، ހަމަނުޖެހުންތަކެއްވެސް އޮތް ކަމަށެވެ. އެހެންނަމަވެސް 2018 ވަނަ އަހަރު ބޭއްވި އިންތިޚާބު ކަައިރިވީއިރު ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހަމަޖެހިފައިކަމަށެވެ. އަދި ނަތީޖާ ނިކުތުމުންވެސް ރައްޔިތުންގެ އަމަލުތައް ހުރި ގޮތް ވަރަށް ތަފާތު ކަމަށެވެ.

ފުއާދު ވިދާޅުވީ 2023ގައި ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިޚާބުގެ ކުރިންވެސް އަދި ފަހުންވެސް މިފަދަ އެއްވެސް ކަމެއް ނުހިނގާނެފަދަ ގޮތަކަށް އިންތިޚާބުގެ ކަންކަން ރޭވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ކުރިއަށްވުރެ ބޮޑަށް މިހާރު އިލެކްޝަންސް ކޮމިޝަނާމެދު ރައްޔިތުން ކުރާ އިތުބާރާއި، އެ ކޮމިޝަންގެ މަސައްކަތްތަކަށް ލިބޭ އެއްބާރުލުންވެސް ބޮޑު ކަމަށް ފުއާދު ވިދާޅުވިއެވެ.

މީގެ އިތުރުން އިންތިޚާބުތަކުގެ ސައްހަކަމާދޭތެރޭގައި ކޯޓުން ގޮތް ނިންމުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ފުއާދު ވިދާޅުވިއެވެ. 2013ގައި ކުރިއަށްދިޔަ އިންތިޚާބުގައި ކޯޓުން ގޮތް ނިންމަން ޖެހުމުގެ ސަބަބުން މިކަމަށް ދައުލަތުން ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހުނުކަން ފުއާދު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ކޯޓުގެ ނިންމުންތަކުގެ ސަބަބުން އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށާއި، ކުރިއަށްއޮތްތަނުގައި ޖުޑީޝަރީން އިލެކްޝަންސްގެ ތެރެއަށް ނުވަނުމަށް ފުއާދު ވަނީ އެދިވަޑައިގެންފައެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު