Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ނާނިއާ

"ނާނިއާ"ގެ ހަތަރު ވަނަ ފިލްމު އުފައްދަން ނިންމައިފިން: ޖޯއީ ޖޯންސަން

ނާނިއާގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިން ފަށާނީ މިއަހަރުގެ ތެރޭގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 24 މެއި 2017 | ބުދަ 11:43
ނާނިއާގެ ޕޯސްޓަރެއް

ނާނިއާގެ ޕޯސްޓަރެއް

ބޮޑު ތަރުހީބެއް ލިބިފައިވާ ފެންޓަސީ ފިލްމު ސީރީޒެއް ކަމަށްވާ "ދަ ކްރޮނިކަލް އޮފް ނާނިއާ"ހަތަރުވަނަ ފިލްމު އުފައްދަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ޖޯއީ ޖޯންސްޓަން ބުނެފިއެވެ.

މިހާތަނަށް ނާނިއާގެ ވަނީ 3 ފިލްމު ނެރެފައެވެ. އެއީ ނާނިއާގެ ފުރަތަމަ ފިލްމު،" ދަ ލަޔަން، ދަ ވިޗް އެންޑް ދަ ވޯޑްރޯބް" (2005)، "ޕްރިންސް ކެސްޕިއަން" (2008) އަދި" ދަ ވޮޔޭޖް އޮފް ދަ ޑޯން ޓްރީޑާ" (2010) އެވެ. މި ތިން ފިލްމަކީ 1.5 މިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައެވެ.

މިހާރު ދަނީ މި ސީކުއެލްގެ ހަތަރު ވަނަ ފިލްމު ކަމަށްވާ "ނާނިއާ: ދަ ސިލްވާ ޗެއާ" ގެ މަސައްކަތް ކުރަމުންނެވެ. ޖޯއީ ބުނީ ފިލްމު ނާނިއާ އަކީ "ދަ ކްރޮނިކަލް އޮފް ނާނިއާ"ގެ ނަމުގައި ސީއެސް ލުވިސް ލިޔެފައިވާ ހަތް ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމު ސީރީޒް އެއް ކަމަށާއި ހަތަރުވަނަ ފިލްމާއެކީ ބާކީ ތިން ފިލްމުވެސް ހެދުމަށް ނިންމާފައިވާކަމަށެވެ.

ނާނިއާގެ ތިން ވަނަ ފިލްމު ކަމަށްވާ " ދަ ވޮޔޭޖް އޮފް ދަ ޑޯން ޓްރީޑާ" ނިކުތް ފަހުން މި ސީރީޒް އޮތީ ހުއްޓުމަކަށް އައިސްފައެވެ.

ނާނިއާގެ ފުރަތަމަ ނިކުތް ދެ ފިލްމު ކަމަށްވާ " ދަ ލަޔަން، ދަ ވިޗް އެންޑް ދަ ވޯޑްރޯބް" (2005)، "ޕްރިންސް ކެސްޕިއަން" (2008) ޑައިރެކްޓް ކޮށްފައިވަނީ އެންޑްރިވް އެޑަމްސަންއެވެ. ތިންވަނަ ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މައިކަލް އެޕްޓެޑްއެވެ. އަދި ނާނިއާގެ ހަތަރުވަނަ ފިލްމު ޑައިރެކްޓް ކުރާނީ ޖޯއީ ޖޯސަންއެވެ. ހަބަރުތައް ބުނާގޮތުގައި ނާނިއާގެ ދެން ބާކީ ހުރި ތިން ފިލްމުވެސް ޑައިރެކްޓް ކުރާނީ ޖޯއީއެވެ. އޭނާ ބުނީ ކުރިއަށް ހުރި ނާނިއާގެ ފިލްމުތަކުގައި އުޅޭނީ ކުރީގެ ފިލްމުތަކުގައި އުޅުނު ކެރެކްޓާތައް ނަމަވެސް، ފެންނާނީ އާ ކާސްޓުން ތަކެއް ކަމަށެވެ.

ނާނިއާގެ ހަތަރު ވަނަ ފިލްމުގެ ޝޫޓިން ފަށާނީ މިއަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް ދެން ހުރި ފިލްމުތަކުގެ ޝޫޓިން ފަށާނެ ދުވަހެއް ޖޯއި ބުނެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

12 ފެބުރުއަރީ 2017
ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

ހަތަރު ފަޔާއި އިތުރު ގުނަވަންތަކާ އެކު އުފަންވި ކުއްޖާ އޮޕަރޭޝަން ކޮށްފި

10 ފެބުރުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
 ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

ހިންދީ ފިލްމު "މެޝިން" މާޗު މަހު ރިލީޒްކުރަނީ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު