Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑޯ ކްރިކެޓް ތައާރަފުކުރުން

މުޅިން އަލަށް އިންޑޯ ކްރިކެޓް ރާއްޖެއަށް ތައާރަފުކޮށްފި

9 އޮކްޓޯބަރު 2021 | ހޮނިހިރު 14:36

އިންޑޯ ކްރިކެޓް އިފްތިތާހުކުރުމަށް ޚާއްސަ މެޗެއް ވަނީ ކުޅެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 އޮކްޓޯބަރު 2021 | ހޮނިހިރު 14:36
"ހިތާއި ރޫހުން ކުޅޭށެ ކްރިކެޓް" ގެ ލޯގޯ އިފުތިތާހުކުރުމަށް ނެގި ގްރޫޕް ފޮޓޯ

"ހިތާއި ރޫހުން ކުޅޭށެ ކްރިކެޓް" ގެ ލޯގޯ އިފުތިތާހުކުރުމަށް ނެގި ގްރޫޕް ފޮޓޯ

މާލެ ކުޅިވަރު އެކުވެނި އިންޑޯ ހޯލުގައި ޕްލެޔާސް ލައުންޖް ހުޅުވައިދެއްވައި، "ހިތާއި ރޫހުން ކުޅޭށެ ކްރިކެޓް" ގެ ލޯގޯ އަދި އިންޑޯ ކްރިކެޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފުތިތާހުކޮށްދެއްވައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވަނީ ޕްލެޔާސް ލައުންޖް ހުޅުވައިދެއްވައި، އެތަން ބައްލަވައިލައްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިޙުގެ އަރިހުގައި ނައިބު ރައީސް ފައިޞަލް ނަސީމާއި، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުޙައްމަދު ފައިޞަލާއި، މިލާން ކްރިކެޓް އެކެޑަމީގެ ފައުންޑާ އަދި ރައީސް ފަރުހަތު ޖަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކްރިކެޓް ބޯޑުގެ ރައީސް ފައިޞަލް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އެހެން ހުރިހާ ކުޅިވަރުތަކެކޭ އެއްގޮތަށް ކްރިކެޓަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި ކްރިކެޓުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށާއި، ނަމަވެސް ކްރިކެޓް ހިންގުމުގެ އިތުރުން ބައެއް އިންފްރާސްޓްރަކްޗާތައް ގާއިމުކުރުމުގެ މަސައްކަތް ކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ.

ފައިޞަލް ވިދާޅުވީ މިހާތަނަށް ކުރެވުނު މަސައްކަތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ވައިޑީޕީގެ އައު ސްޓްރަކްޗާގެ މަސައްކަތް ކަމަށާއި، އެޑިއުކޭޝަން މިނިސްޓްރީން ހުއްދަލިބުމާއެކު ސްކޫލުތަކާ ގުޅިގެން އެ ޕްރޮގްރާމް ފައްޓާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު އެންމެ ބޮޑު އެއް އަމާޒަކީ 2030 ވަނަ އަހަރަށް އަމާޒުކޮށް ދުރުރާސްތާ ޕްލޭނެއް އެކުލަވާލުން ކަމަށާއި، އެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ހޮނިހިރު ދުވަހުގެ ހަވީރު ޕްލެޔާސް ލައުންޖަކީ ރާއްޖޭގެ އެންމެ ދުވަސްވީ ކްރިކެޓް އެކެޑަމީ ކަމުގައިވާ މިލާން ކްރިކެޓް އެކެޑަމީގެ ފަރާތުން "ޖަލީލް މާލަން" ގެ ނަމުގައި ތަރައްގީކޮށް، ކްރިކެޓް ބޯޑަށް ހަދިޔާކުރި ލައުންޖެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިލާން ކްރިކެޓް އެކެޑަމީގެ ފައުންޑާ އަދި ރައީސް ފަރުހަތު ޖަލީލް ވިދާޅުވީ ޖަލީލް މާލަން ތަރައްގީކުރުމަށް ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބުނު ކަމަށެވެ. އަދި މި ލައުންޖުގައި ގާތްގަނަޑަކަށް 110 ވަރަކަށް ކްރިކެޓުގެ ފޮޓޯ ހިމަނާފައިވާނެ ކަމަށާއި، އޭގެ ބޭނުމަކީ ކްރިކެޓުގެ ތާރިޚު ފޮޓޯ މެދުވެރިކޮށް ގެނެސްދިނުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ރާއްޖޭގައި އިންޑޯ ކްރިކެޓް އިފްތިތާހުކުރުމުގެ ގޮތުން ޚާއްސަ މެޗެއް ކުޅުނުއިރު، މި މެޗުގައި ރައީސް ޞާލިޙާއި ނައިބު ރައީސް ފައިޞަލް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ރައީސް ކުޅުއްވީ "ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ. އަދި ނައިބު ރައީސް ކުޅުއްވީ "ވައިސް ޕްރެޒިޑެންޓް އިލެވަން" ޓީމަށެވެ. ރާއްޖޭގައި ކުޅުނު ފުރަތަމަ އިންޑޯ މެޗު ކާމިޔާކުރީ ނައިބު ރައީސްގެ ކެޕްޓަންކަމުގައި ކުޅުނު ޓީމުންނެވެ. ނައިބު ރައީސްގެ ކެޕްޓަނުކަމުގައި ކުޅުނު ޓީމުން 10 އޯވަރުގެ ތެރޭގައި 89 ލަނޑު ހެދިއިރު، ރައީސްގެ ކެޕްޓަންކަމުގައި ކުޅުނު ޓީމަށް 12 އޯވަރުގެ ތެރޭގައި ހެދުނީ 85 ލަނޑެވެ.

މި މެޗަށްފަހު ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފަރާތުން ރައީސް އާއި ނައިބު ރައީސަށް ވަނީ "ހިތާއި ރޫހުން ކުޅޭށެ ކްރިކެޓް" ގެ ލޯގޯ ވެދުމަށް އަރުވާފައެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
29 އޮކްޓޯބަރު 2024

ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި

29 އޮކްޓޯބަރު 2024
ޤައުމީ ކްރިކެޓު ޓީމު ރާއްޖެ އައުމުން ހޫނު މަރުޙަބާއެއް ކިޔައިފި
21 ސެޕްޓެމްބަރު 2024

ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި

21 ސެޕްޓެމްބަރު 2024
ކްރިކެޓުގެ ރައީސަކަށް އަނެއްކާ ވެސް ފައިސަލް އިންތިޚާބު ކޮށްފި
04 ފެބުރުއަރީ 2024

ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ

04 ފެބުރުއަރީ 2024
ޖަޕާން އަތުންވެސް ބަލިވެ، ސެމީގެ ފުރުސަތު ރާއްޖެއަށް ގެއްލިއްޖެ
02 ފެބުރުއަރީ 2024

41 ލަނޑުން މޮޅުވީ ސިންގަޕޯރ

02 ފެބުރުއަރީ 2024
41 ލަނޑުން މޮޅުވީ ސިންގަޕޯރ
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
12 އޮކްޓޯބަރު 2023

އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު

12 އޮކްޓޯބަރު 2023
އޭސީސީ ޕްރިމިއަރ ކަޕް: ރާއްޖެ އަތުން ސިންގަޕޯރ މޮޅު
10 އޮކްޓޯބަރު 2023

ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!

10 އޮކްޓޯބަރު 2023
ޒުވާން ކްރިކެޓް ޓީމް މެލޭޝިޔާއަށް!
19 ސެޕްޓެމްބަރު 2023

ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!

19 ސެޕްޓެމްބަރު 2023
 ދެ މުބާރާތް އެއްވަގުތަކަށް ދިމާވެ، ކްރިކެޓްގެ ގައުމީ ދެޓީމް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް