Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެޔޮ ބަސްބުނުން

ހެޔޮ ބަސްތަކުން މުޖުތަމަޢުއަށް ވަރަށް ބޮޑަށް އަސަރު ކުރޭ: ޚުތުބާ

ހެޔޮ ބަހެއް ބުނުމަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 8 އޮކްޓޯބަރު 2021 | ހުކުރު 08:28
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން

ހެޔޮ ބަސްތަކުން މުޖްތަމަޢަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމަށާއި، ނުބައި ބަސްތަކުން ދުރުވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

"ހެޔޮ ބަސްބުނުން" މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ހެޔޮ ބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފައިދާހުރި މޭވާއެއް ކަމަށާއި، އެއީ ހިނިތުންވުން ގެނެސްދޭ ކަމެއް ކަމަށެވެ. ހެޔޮ ބަސް ބުނެ އުޅުމަކީ ވާހަކަ ދައްކާ މީހާގެ ޝަޚްސިއްޔަތު އަންގައިދޭ ކަމެއް ކަމަށާއި، އެއީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑި ކަމަށެވެ. އަދި ހެޔޮ ބަހެއް މެނުވީ މާތް ﷲ ގެ ޙަޟްރަތަކަށް ނުފޯރާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހެޔޮ ބަހަކީ ޞަދަގާތެއް ކަމަށާއި، މުޖްތަމަޢަށް އޭގެ ހޮޔޮ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށެވެ. އަދި ހެޔޮ ބަހަކީ ގަހެއް ފަދަ އެއްޗެއްގެ ގޮތުގައި ސިފަކޮށް ޚުތުބާގައި ބުނީ އެ ގަހުގެ ހިޔާ ބޮޑުވާނެ ކަމަށެވެ.

ޚުތުބާގައި ބުނީ ހެޔޮ ބަހެއް ބުނުމަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި، އޭގައި ހިމެނޭނީ އެ ބަސް ބުނާ މީހާ އަށާއި އަޑު އަހާ މީހާ އަށް މަންފާ އާއި ލާބަ ކަމަށެވެ. އެ ބަހުގައި ފުރައްސާރަ ކުރުމެއް، ނެތިމޮށުމެއް، ހުތުރު އެއްޗެހި ކިޔުމެއް ނުހިމެނޭނެ ކަމަށާއި، ހެޔޮ ބަހަކީ މާތް ﷲ ހަނދުމަކުރުމާއި ތަޙްލީލާއި ތަޙްމީދާއި ތަސްބީޙަ ކިޔުންކަން ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި ބުނީ ނުބައި ބަސްތަކުގައި ހަރުދަނާކަމެއް ނުހުންނާނެ ކަމަށެވެ. އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަފަސާދަ އުފެދޭނެ ކަމަށާއި، އެފަދަ ބަސްތަކުގެ ސަބަބުން މީހުންނަށް މަގު އޮޅޭނެ ކަމަށެވެ. އެކަކު އަނެކަކާ މޫނުކެނޑޭނެ ކަމަށާއި، މީހުން މަގުފުރެދި، ހައްގުގެ މަގަށް ހުރަސް އެޅޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މި މުޖުތަމަޢުން މިފަދަ ނޭދެވޭ އަމަލުތައް ފެންނަކަން ފާހަގަކޮށް ޚުތުބާގައި ބުނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރައި ފިތުނަފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަމެއް ކަމަށެވެ. އިންސާނާގެ ނަފްސުގެ މައްޗަށް ވެރިވެގަނެ، އޭނާ ހެއްލެނިކުރުމަށް ޝައިޠާނާ އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި، އޭނާއަށް ހަޑިހުތުރު އަމަލުތައް ޒީނަތްތެރިކޮށްދީ، ވަސްވާސް ދޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މިފަދަ ކަންކަމުން ދުރުވުމަށް އިންސާނުންނަށް އިސްލާމީ ތަރްބިޔަތު މުހިއްމު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ހެޔޮ ބަހުން އެ ބަޔަކާ މުއާމަލާތު ކުރުން ވާޖިބު މީހުންގެތެރޭގައި މައިންބަފައިން ހިމެނޭ ކަމަށާއި، އެމީހުންނާ މުޚާޠަބު ކުރާއިރު ބަސްމަގު ރިވެތިވާން ޖެހޭނެ ކަމަށެވެ. ދެމަފިރިންގެ މެދުގައްޔާއި، އަޚުންނާއި އުޚްތުންގެ މެދުގައްޔާއި، ގާތްތިމާގެ މީހުންގެ މެދުގައްޔާއި، އަވަށްޓެރިންގެ މެދުގައްޔާއި، ބާޒާރުމަތީގައި ގަނެވިއްކުމުގެ މުޢާމަލާތް ތަކުގައްޔާއި، މުވައްޒަފުންގެ މެދުގައްޔާއި، ޚިދުމަތް ހޯދުމަށް އޮފީސްތަކަށް ދާ މީހުންނާއި ޚިދްމަތްދޭ ފަރާތްތަކާ ދެމެދު، މުއާމަލާތް ކުރެވެން ޖެހޭނީ ރިވެތި ބަހުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ޑުރައިވަރުންނާއި ފަސިންޖަރުންނާ ދެމެދު ވެސް، ދަރިވަރުންނާއި މުދައްރިސުންނާ ދެމެދު ވެސް، އަދި ހުރިހާ ފަންތިއަކާއި ގިންތިއެއްގެ މީހުންނާ ވެސް ރިވެތި ބަހުން މުއާމަލާތް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ހުކުރު ޚުތުބާޚުތުބާ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު