Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ

އަމާން އައްސޭރިއަކަށް ޤައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަންޖެހޭ: ހޯމް މިނިސްޓަރ

6 އޮކްޓޯބަރު 2021 | ބުދަ 17:50

އަމާނާތް މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެއް ކަމަށް ވިދާޅުވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 6 އޮކްޓޯބަރު 2021 | ބުދަ 17:50
މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުالله

މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުالله

އަމާން އައްސޭރިއަކަށް ޤައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ޢިމްރާން ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި މާސްމީޑިޔާގެ ކަޅުވިލާތަކުގެ ކޮޅިގަނޑުން ސަލާމަތްވެ, އަމާން އައްސޭރިއަކަށް ޤައުމު ގެންދިއުމަށް ހަރުދަނާ ސާބިތު ޖީލެއް ބިނާކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އިންސާނުން ދިރިއުޅޭ ކޮންމެ ވަޠަނެއްގައި އެބައެއްގެ ޤައުމު ހިމާޔަތްކޮށް, އިސްތިއުމާރާއި އަޅުވެތިކަމުން ސަލާމަތްވެ މިނިވަންކަމާ އިސްތިޤުލާލް ރައްކާތެރިކުރުމީ އިންސާނީ ކަރާމާތާއި ޢިއްޒަތުން ނަފުސުގެ އެންމެ މަތިވެރި އެއްސިފަކަމަށެވެ. އަޅުގަނޑުމެންގެ މިލޮބުވެތި ވަތަންގެ ފަޚުރުވެރި ކާބަފައިން މިސިފަ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދެއްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ކާބަފައިން އަޅުގަނޑުމެންނާ ޤައުމު ހަވާލުކޮށްފައި މިވަނީ އެތައް ބޮޑެތި ޤުރުބާނީއަކުން ކަމަށެވެ. މިއަމާނާތް މާދަމާގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިނާމްތައް ލިބިވަޑައިގެންނެވި ބޭފުޅުންގެ އަގުވަޒަންކުރައްވައި މިނިސްޓަރ ވިދާޅުވީ, ޤައުމީ ފެންވަރުގައި ދެވޭ ތަފާތު ޝަރަފާއި އިނާމް ޙާޞިލްކުރައްވާ ބޭފުޅުން އެހިސާބަށް އެވަޑައިގެންނެވީ ޤައުމަށްޓަކާ ކުރައްވާފައިވާ ވަރަށްގިނަ ޚިދުމަތްތަކެއްގެ ނަތީޖާއެއްގެ ގޮތުންކަމަށެވެ. އެހެންކަމުން އެހުރިހާ ބޭފުޅުންނަށް މިނިސްޓަރ ޢިމްރާން ޢަބްދުالله މަރުހަބާ ދެންނެވިއެވެ.

ދުނިޔޭގެ އެންމެ ގިނަ ޤައުމުތައް ތަމްޘީލްކުރައްވާ އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްކަމަށް ފުރަތަމަ ފަހަރަށް ދިވެއްސަކުން އިންތިޚާބުކުރެވުނު މިތާރީޚީ ދަނޑިވަޅުގައި, އެމަޤާމަށް އިންތިޚާބުކުރެއްވި ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދު ދިވެހިރާއްޖޭގެ ޤައުމީ ދުވަހުގެ ޝަރަފްވެރި ހަފްލާގައި ބައިވެރިވެވަޑައިގެންނެވުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ފަޚުރަކާއި ޝަރަފެއްކަމަށް ވިދާޅުވެ, އެމަނިކުފާނަށް މަރުހަބާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

23 މާރިޗު 2024

"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"

23 މާރިޗު 2024
"ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ދޫކޮށްލުން ގޯސް، ނަމަވެސް ވާނުވާ ޖަހާފައި ތިބޭ ތިބުން ނިމުމަކަށް ގެންނާނެ"
20 ޑިސެމްބަރު 2023

ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު

20 ޑިސެމްބަރު 2023
ހަފުތާ 14ގެ ތެރޭގައި، އެންޑީއޭއާ ގުޅުންހުރި މާ މުހިންމު މަސައްކަތްތަކެއް ނެތް: އިމާދު
21 މެއި 2023

ކޮންމެ ގައިދީއަކަށް ކުރި ޚަރަދު ނިސްބަތުން 20،000ރ. އަށް އަރާ: ސީޕީ

21 މެއި 2023
ކޮންމެ ގައިދީއަކަށް ކުރި ޚަރަދު ނިސްބަތުން 20،000ރ. އަށް އަރާ: ސީޕީ
15 މާރިޗު 2023

"ބިދޭސީން ކުށްކުރަނީ ދިވެހިންނާއި ގުޅިގެން، ކުށް ކުރަނީ ގިނަ ބަޔަކު ހިމެނޭހެން"

15 މާރިޗު 2023
"ބިދޭސީން ކުށްކުރަނީ ދިވެހިންނާއި ގުޅިގެން، ކުށް ކުރަނީ ގިނަ ބަޔަކު ހިމެނޭހެން"
23 ފެބުރުއަރީ 2023

މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު 26ގައި ހަމަވާނެ

23 ފެބުރުއަރީ 2023
މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު 26ގައި ހަމަވާނެ
19 ޑިސެމްބަރު 2022

ފައިސަލް މަރުވި މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ: ހޯމް މިނިސްޓްރީ

19 ޑިސެމްބަރު 2022
ފައިސަލް މަރުވި މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ: ހޯމް މިނިސްޓްރީ
05 ޑިސެމްބަރު 2022

އެމްއެމްސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރި ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

05 ޑިސެމްބަރު 2022
އެމްއެމްސީ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރި ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި
20 ނޮވެމްބަރު 2022

ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ އެބަފެނޭ – ނަޒީރު

20 ނޮވެމްބަރު 2022
ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ އެބަފެނޭ – ނަޒީރު
05 އޮކްޓޯބަރު 2022

ނޭކުރެންދޫ ޖަލަށް ލިބުނު ބަޖެޓުން ނިމޭނީ ޖަލުގެ ވަށާފާރާއި ކޮންސެޕްޓު އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް – އިމްރާން

05 އޮކްޓޯބަރު 2022
ނޭކުރެންދޫ ޖަލަށް ލިބުނު ބަޖެޓުން ނިމޭނީ ޖަލުގެ ވަށާފާރާއި ކޮންސެޕްޓު އަދި ތަފްސީލީ ކުރެހުމުގެ މަސައްކަތް – އިމްރާން
31 އޯގަސްޓު 2022

ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ 2 ދިރާސާއެއް ލޯންޗުކޮށްފި

31 އޯގަސްޓު 2022
ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ 2 ދިރާސާއެއް ލޯންޗުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް