Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދގެ އާއްމު މަޖިލީހުގެ ރައީސް ރާއްޖޭގައި

އދ.ގެ ބައެއް ކަންކަން އިސްލާހުކޮށް އިތުރަށް ހަރުދަނާކުރުމަށް ރައީސް އެދިވަޑައިގެންފި

އދގެ ގުނަވަންތަކުން ރާއްޖެއަށް ދީފައިވާ ހިލޭއެހީއަށް ޝުކުރު އަދާކުރެއްވި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 6 އޮކްޓޯބަރު 2021 | ބުދަ 07:05
ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެން، ރައީސްއާ ބައްދަލު ކުރެއްވުމަށްފަހު ގުޅިފައިވާ ބަޔާނެއް ދެއްވި

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގެން، ރައީސްއާ ބައްދަލު ކުރެއްވުމަށްފަހު ގުޅިފައިވާ ބަޔާނެއް ދެއްވި

އދ. ގެ ބައެއް ކަންކަން އިސްލާހުކޮށް އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދުގެ އަރިހުން އެދިވަޑައިގެންފިއެވެ.

އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބުދަދުވަހު ރައީސުލްޖުމްހޫރިއްޔާއާ ވަނީ ބައްދަލުކުރައްވާފައެވެ. ބައްދަލުކުރެއްވުމަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސްވަނީ ދެބޭފުޅުން މަޝްރާކުރެއްވި ކަންކަން ތަފްސީލް ކޮށްދެއްވާފައެވެ.

ރައީސް ވިދާޅުވީ، 76ވަނަ ސެޝަންގައި ދުނިޔޭގެ މަސްރަހުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި އެކުލެވޭ ބައިލްއަގުވާމީ މުޖުތަމައާ ގުޅުން ބަދަހިކުރުމާއި، މޫސުމީ ބަދަލުތަކާއި، ޑިމޮކްރެސީގެ ހަމަތަކަށް އިހުތިރާމްކޮށް އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އިސްކަން ދޭނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ. އަދި އދގެ ބައެއް ކަންކަން އިސްލާހުކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި، އާއްމު މަޖިލިސް އަދި ސަލާމަތީ މަޖިލީހުގެވެސް ބައެއް ކަންކަން އިސްލާހުކުރުން މުހިއްމު ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުށް އދގެ ދައުރު މުހިއްމު ކަމުގައި ދަންްނަވާފައިވާނެ ކަަމަށާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެފަދަ ޖަޒީރާ ގައުމުތަކަށް ދިމާވާ ނުރައްކަތަކުން ސަލާމަތް ވުމަށް އދގެ ދައުރު މުހިއްމު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާއެކު ކުދި ޖަޒީރާ ގައުމުތަކުގެ ދަރަނިތައް ބޮޑުވެފައިވާއިރު، އެކަމަށް ލުއި ހޯދައިދިނުމާ ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސްް ވިދާޅުވިއެވެ. މި ދައުރުގައި އުއްމީދީ މަސައްކަތްތަކެއް ކުރެވުމަށް އެދިވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އދގެ ގުނަވަން ތަކުން ރާއްޖެއަށް ދީފައިވާ ހިލޭއެހީ އަށް ޝުކުރު އަދާކުރައްވާ ކަމަށާއި، އަންހެނުން ތަހައްމަލްކުރާ އަނިޔާއާއި ނާއިންސާފުން އަރައިގަތުމަށް އަންހެނުންނާއި އަންހެންކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރެއްވުމަށް ރައީސްވަނީ އެދިވަޑައިގެންފައެވެ.

މި ދައުރުގައި ރާއްޖޭގެ ޒުވާނުންނަށް ފުރުސަތު ހުޅިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، ފޮރިން ސަރވިސްއަށް ޒުވާނުނަށް ފުރުސަތު ހުޅުވުމަކީ އުއްމީދެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އދގެ މެމްބަރަށް ވީ ދުވަހުން ފެށިގެން ކުދި ގައުމުތަކުގެ ހައްގުގައި ރާއްޖެއިން އަންނަނީ ވަކާލާތު ކުރަމުން ކަމަށާއި، މިކަން ދެމެހެއްޓުމަށް އެއްބާރުލުން ދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޢަބްދުﷲ ޝާހިދުޔޫއެންޖީއޭ 76

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
25 ނޮވެމްބަރު 2024

2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު

25 ނޮވެމްބަރު 2024
2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު