Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެރަރިޒަމްގެ މައްސަލަތައް

ޓެރަރިޒަމްގެ ކަންކަމުގައި ރާއްޖެ އޮތީ ރަނގަޅު ހާލަތަށް ރުޖޫޢަ ނުވެވޭ ހިސާބަކު ނޫން: ޒަކަރިއްޔާ މަންސޫރު

ޓެރަރިޒަމް ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 5 އޮކްޓޯބަރު 2021 | އަންގާރަ 03:26
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވާހަކަދައްކަވަނީ،

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވާހަކަދައްކަވަނީ،

ޓެރަރިޒަމްގެ ކަންކަމުގައި ރާއްޖެ އޮތީ ރަނގަޅު ހާލަތަށް ރުޖޫއަނުވެވޭ ހިސާބަކު ނޫން ކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ޑީޖީ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ބްރިގޭޑިއަރ ޖެނަރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ތަފާތު އެކިއެކި ނަންނަމުގައި މުޖުތަމައު ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ވެސް ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

"ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޮރ ކޮމްބެޓިންގ އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް"ގެ ނަމުގައި ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުމަށް އިޝާރާތް ކުރައްވައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ޓެރަރިޒަމްއާއި ހަރުކަށިފިކުރު ހުއްޓުވައި, ތަހައްމަލުކުރުމުގެ ސިފަތައް ލިބިފައިވާ އަމާން ބަދަހި މުޖުތަމައެއް ގާއިމުކުރުމުގައި ދީނީ އިލްމުވެރިންނާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބޭފުޅުންގެ ދައުރާގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވި ސަރުކާރުގެ މުއައްސަސާތަކާއި މަދަނީ ޖަމުޢިއްޔާތަކުގެ އިންސާނީ ވަސީލަތް ތަރައްގީކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވާ ކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ބިރު މުޅި ދުނިޔެއަށް ފޯރާފައިވާކަން ފާހަގަކުރައްވައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ރާއްޖެއަށް އަމާޒުކޮށްގެން މަސައްކަތް ކުރުމުން ނަތީޖާ ފެންނަ ކަމަށެވެ. މީގެ ކުރިން ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ވާހަކަ ދައްކަން ގިނަ ރައްޔިތުންނަށް ނުކެރޭ ކަމަށާއި، ދީނާ ގުޅުވާފައި ކިޔާތީ ބައެއް މީހުން އެކަން ގަބޫލުކުރަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއަދު އެހާލަތު ބަދަލުވެ މިކަމާއި ދެކޮޅަށް ގިނަ ރައްޔިތުން ފާޅުގައި ތެދުވާ ކަމަށް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

އަނިޔާވެރި އަމަލުތަކަށް އޮތް އެންމެ ބޮޑު ހައްލަކީ ތައުލީމު ކަމަށާއި، މައުލޫމާތުތައް ފޯރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އަނިޔާވެރި އަމަލުތައް ހުއްޓުވައި، ހަރުކަށި ފިކުރު ނައްތާލުމަށް މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޓެރަރިޒަމް

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި

06 ޑިސެމްބަރު 2025
ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ކެނެޑާ އިން ވެސް އުވާލައިފި
28 ނޮވެމްބަރު 2025

ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް

28 ނޮވެމްބަރު 2025
ތަކުރާރުކޮށް ރައީސް ނަޝީދަށް މަރުގެ އިންޒާރު ދިން މީހަކަށް، 10 އަހަރުގެ ޖަލު ހުކުމެއް
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް

25 ނޮވެމްބަރު 2025
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް އިސްލާހެއް
11 ނޮވެމްބަރު 2025

އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި

11 ނޮވެމްބަރު 2025
އިސްލާމްއާބާދު ގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ ގެ ބޮލުގައި ޕާކިސްތާނުން އަޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު