Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯއިން ކުނި ނެގުން

ވެމްކޯގެ ޚިދުމަތަށް އަލަށް ރަޖިސްޓްރީކުރީ އެންމެ 2،000 ގޭބިސީން

3 އޮކްޓޯބަރު 2021 | އާދީއްތަ 13:18

މާޅެ ސަރަހައްދުގައި 45،000އަށްވުރެ ގިނަ ގޭބީސީ އެބަހުރި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 3 އޮކްޓޯބަރު 2021 | އާދީއްތަ 13:18
ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތުގައި

ވެމްކޯގެ މުވައްޒަފުން ކުނި އުކާލުމުގެ މަސައްކަތުގައި

ވެމްކޯގެ ޚިދުމަތް ހޯދުމަށް ރަޖިސްޓްރީކުރުމަށް އެންމެ ފަހުން ހުޅުވާލި ފުރުސަތުގައި މިހާތަނަށް ރަޖިސްޓްރީކޮށްފައިވަނީ އެންމެ 2،000 މީހުން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެޓީވީގެ ޚަބަރުފީތާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވެމްކޯގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރ އަޙުމަދު ޢާޒިމް ވިދާޅުވީ މާލެ އަދި ވިލިމާލޭގައި އެކަނިވެސް 45،000 އަށްވުރެ ގިނަ ގޭބީސީ އެބަހުރި ކަމަށް ރެކޯޑުތަކުން ދައްކާ ކަމަށެވެ. އެއީ ހުޅުމާލޭގެ ގޭބީސީތައް ނުލައި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޢާޒިމް ވިދާޅުވީ ވެމްކޯއިން, މާލެ ސަރަހައްދުން ކުނި ނެގުމުގެ ޚިދުމަތް ދޭ ގޮތަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާކަމަށެވެ. ސެޕްޓެމްބަރު 7 ވަނަ ދުވަހުން ފެށިގެން ގޭގެއަށް ގޮސްގެން ކުނި ނެގުމަށް ވެމްކޯއިން ނިންމި ނިންމުމާ ގުޅިގެން ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކުރާ ގޭބީސީތަކަށް ރަޖިސްޓްރީކުރުމަށް 2 ހަފުތާގެ މުއްދަތެއް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ އޮކްޓޯބަރު 1އާ ހަމައަށް ކަމަށާއި، އެ މުއްދަތުގައި މަގުމަތީގައި ހުރި ކުނިވެސް ނަގާފައިވާކަމަށް ވިދާޅުވިއެވެ.

ޢާޒިމް ވިދާޅުވީ އޭރު ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްފައިވަނީ އެންމެ 9،000 ގޭބީސީން ކަމަށެވެ. 20 އިންސައްތަވެސް ޚިދުމަތާ ގުޅިފައިނުވާތީ ޚިދުމަތާ ގުޅުމަށް އިތުރުކޮށްދިން މުއްދަތުގައި ވެމްކޯގެ ޚިދުމަތް ހޯދުމަށް އެދި އަލަށް ރަޖިސްޓްރީކޮށްފައިވަނީ އެންމެ 2،000 ގޭބީސީން ކަމަށް ޢާޒިމް ވިދާޅުވިއެވެ. އަދި މިހާތަނަށް ވެމްކޯގެ ޚިދުމަތާ ގުޅިފައިވަނީ އެންމެ 12،000 ގޭބީސީން ކަމަށް އޭނާ ބުނެފައިވެއެވެ.

ހުކުރު ދުވަހުން ފެށިގެން ވެމްކޯއިން ކުނި ނަގަމުންދަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ގޭގެއިންނެވެ. މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނި ނެގުމުގެ މަސައްކަތް މިހާރު ވެމްކޯއިންނެއް ނުކުރެއެވެ.

ވެމްކޯއިން މަގުމަތިން ކުނި ނެގުމުގެ ޚިދުމަތް ދިނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެންނެވެ. އެއީ އެ ދުވަސްވަރު ގޭގެއަށް ގޮސް ކުނި ނެގުމަކީ ރައްކާތެރި ކަމެއް ކަމުގައި ނުވާތީއެވެ.

ވެމްކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
30 އޮކްޓޯބަރު 2025

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް
02 އޮކްޓޯބަރު 2025

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!
28 ސެޕްޓެމްބަރު 2025

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު
23 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި

23 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒު ނިލަންދޫގައި ކުނިކޮށްޓެއް ހުޅުވައިދެއްވައިފި
21 ސެޕްޓެމްބަރު 2025

ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި

21 ސެޕްޓެމްބަރު 2025
ކުނި މެނޭޖްކުރާ ވެމްކޯ އަށް ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަަށް ހަވާލުކޮށްފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
26 ޖޫން 2025

މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު

26 ޖޫން 2025
މިދިއަ ސަރުކާރުން އައްޑޫގައި ކުނި ނައްތާލުމަށް ގާއިމްކޮށްފަ ހުރި އިންސިނިރޭޓަރގެ މަސައްކަތް މި ސަރުކާރަކަށް ނުފެށުނު
30 އެޕްރީލު 2025

މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން

30 އެޕްރީލު 2025
މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް